22 އޯގަސްޓް 2017
މެޑްރިޑް (އޮގަސްޓް 22) - ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ކެރިއަރުގައި މިހާތަނަށް 23 ރަތް ކާޑު ދައްކާފައިވާއިރު، މިއީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ކަންބޮޑުވާން ޖެހޭ ކަމެއް ކަަމަށް ސްކައިސްޕޯޓްސްގެ ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ހުއިލެމް ބަލަގޫ ބުނެފި އެވެ.
މެޑްރިޑް (އޮގަސްޓް 22) - ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ކެރިއަރުގައި މިހާތަނަށް 23 ރަތް ކާޑު ދައްކާފައިވާއިރު، މިއީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ކަންބޮޑުވާން ޖެހޭ ކަމެއް ކަަމަށް ސްކައިސްޕޯޓްސްގެ ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ހުއިލެމް ބަލަގޫ ބުނެފި އެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 3-0 އިން މޮޅުވި މެޗުގައި ރާމޯސް އަށް ރަތް ކާޑު ދެއްކިއިރު، މިއީ ލީގުގައި އޭނާ އަށް ދެއްކި 18 ވަނަ ރަތް ކާޑެވެ. އޭނާ އަށް ދެން ރަތް ކާޑު ދައްކާފައިވަނީ ޗެމްޕިއަންސް ލީގުގައި ތިން ފަހަރު އަދި ކިންގްސް ކަޕްގައި ދެ ފަހަރު އެވެ.
ސްޕެއިން ގައުމީ ޓީމަށް ރާމޯސް މިހާތަނަށް ކުޅުނު 143 މެޗުގެ ތެރެއިން މިހާތަނަށް އޭނާ އަށް ރަތް ކާޑެއް ދައްކާފައިނުވެ އެވެ. ބަގަލޫ ބުނީ ރެއާލުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި މުހިއްމު އަހަރަކަށް ކުރިމަތިލާއިރު، ރާމޯސްގެ ރަތް ކާޑު ރެކޯޑާ މެދު ޒިދާން ސަމާލުވާން ޖެހޭ ކަމަށެވެ.
"ރާމޯސް އަކީ މޮޅު ކުޅުންތެރިއެއް. އެ މަގާމުގައި މިހާރު ދުނިޔޭގައި ހުރި އެއް ވަނަ. ޒިދާން ކޮންމެ މެޗެއް ރާވަނީ ރާމޯސް އަށް ބަރޯސާ ވެގެން. މި ސީޒަނުގައި ނެތް ތަޖުރިބާ އަށް ބަލާއިރު ރާމޯސް ގެއްލިއްޖެނަމަ ރެއާލުގައި އެ މަގާމު އަދާކުރާނެ ކުޅުންތެރިއެއް. އެމީހުން ވަނީ ޕެޕޭ ވެސް ވިއްކާލާފައި. ރާމޯސްގެ ގޯސް އަމަލުތަކެއްގެ ސަބަބުން ރެއާލަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އެބައޮތް،" ސްޕެއިނު ފުޓްބޯޅައިގެ ފުރަތަމަ ހަފްތާގެ ސްކައިސްޕޯޓްސް ޝޯގައި ވާހަކަ ދައްކަމުން ބަަލަގޫ ބުންޏެވެ.
އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގާއި ހިލާފަށް ސްޕެނިޝް ލީގަކީ ރެފްރީންނަށް ވަރަށް ޕްރެޝަރު ބޮޑު ލީގެއް ކަމަށާއި އެކަން ސީޒަނަކަށް ފަހު ސީޒަނެއް ސްޕެއިނުގެ މެޗުތަކުގައި ކާޑު ދައްކާ ނިސްބަތުން އެނގޭ ކަމަށެވެ.
"އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީންނަށް އޮންނަ ބާރުތަކަށް ބަލާއިރު އެ މީހުންނަށް އޮންނަ ޕްރެޝަރު ކުޑަ. އެކަމަކު ސްޕެނިޝް ލީގުގައި ރެފްރީންގެ ބާރު އެހާ ވަރުގަަދައެއް ނޫން. މީޑިއާގެ ޕްރެޝަރު ބޮޑުވަނީ،" ބަލަގޫ ބުންޏެވެ.
މި ފަހަރުގެ ސީޒަނުގެ ސްޕެނިޝް ލީގުގެ ފުރަތަމަ ހަފްތާގައި ވެސް ފަސް ރަތް ކާޑު ވަނީ ދައްކައިފަ އެެވެ.
ރާމޯސްގެ ސުވާލު ތަކުރާރުކުރާތީ ޒިދާން ހިތްހަމަނުޖެހިއްޖެ
ޒިދާންގެ ދިފާއުގައި ރާމޯސް ވާހަކަދައްކައިފި
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ
ރޮނާލްޑޯގެ ހުށަހެޅުމަށް ރެއާލުން އިޖާބަ ނުދިން
ރާމޯސްގެ ވަކިވުން: 117 އަހަރުވީ ރެކޯޑެއް ނިމުން
ކްލަބު ދޫކޮށްލީ އިތުބާރުނެތްކަމަށް އިހްސާސްވާތީ: ޒިދާން
ނާކާމިޔާބު ސީޒަނަށް ފަހު ޒިދާން ވަކިވަނީ
އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން
ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން