ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފި އެވެ.
28 ފެބުރުއަރީ 2021
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހު މަގާމުން ވަކިކޮށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އެ މައްސަލަ އެމްޑީޕީން ފާސް ކުރުމަށް ފަހު 14 މެމްބަރުންގެ ސޮޔާއެކު އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އަދި މި މަހު 16 ގައި މަޖިލީހުން ވަނީ މަލީހު ޖަވާބުދާރީވުމަށް ނޯޓިސް ވެސް ފޮނުވައިފަ އެވެ. މަލީހު ވަނީ އެ ނޯޓިސްގައި ގާނޫނީ މައްސަލަ އުޅޭ ކަމަށާއި އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ އެ މައްސަލަ ފަށައިގެން ކުރިޔަށް ގެންދިޔުމެވެ.
މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާ ކަންކަމުގެ ތެރޭގައި މަގާމުގައި ހުންނަވާތާ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައިނުވުން ހިމެނެ އެވެ. އެކަމަކު މަލީހު ވިދާޅުވަނީ އެ އޮތޯރިޓީއަކީ މިނިވަން ވަކި ޝަހުސެއް ކަމަށެވެ.
މަލީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅުއްވިއިރު، ބައެއް އެމްޑީޕީ މެންބަރުންނާއި ބަރުލަމާނީ ނިޒާމް ފަދަ ކަންކަމަށް ފާޑު ކިޔާ އޭނާ ވަނީ ޓުވީޓް ކުރައްވައިފަ އެވެ. އެ މައްސަލާގައި އެ ޕާޓީގެ މެންބަރުންގެ ފާޑު ކިޔުން މަލީހަށް އަމާޒުވެ އެވެ.
ވޯޓުން ވަކިކުރިޔަސް، ކޯޓު ހުކުމުން ވަތްކެއް ނުވޭ!
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި
މަލީހުގެ ތުހުމަތުތަކާ އެކު މައްސަަލަ ކޮމިޓީ އަށް
މަލީހު: ދެކޮޅަށް އުޅެނީ ވަކި ފެކްޝަނަކުން
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަމިއްލަ ސަންދޯކަށް ތިޖައްސަވަނީ މޮހޮރު: މަލީހު
އިމްރާން ސަލާމަތްވެއްޖެ، މަލީހަކަށް އިތުބާރެއް ނެތް
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: މަލީހު
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ