19 ފެބުރުއަރީ 2021
ކޮވިޑު-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒު ދީ، ބަލިޖެހޭ މީހުންގެ އަދަދު ދަށްވުމުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ބުނެފި އެވެ.
ކޮވިޑު-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒު ދީ، ބަލިޖެހޭ މީހުންގެ އަދަދު ދަށްވުމުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ބުނެފި އެވެ.
އެ ބައްޔާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ޕްރޮގްރާމެއްގައި ޓެގްގެ މެމްބަރު، ރާއްޖޭގައި މި ވަގުތު ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަންސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުން ވަރަށް މުހިއްމު ކަމަށެވެ. ހާއްސަކޮށް ކޮވިޑު ބަލީގެ ނުރައްކާ އޮތް މީހުން ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް އޭނާ އެދިވަޑައިގަތެވެ.
މި ވަގުތު ކޮވިޑު ވެކްސިން ޖަހަން ހުޅުވާލާފައިވަނީ އުމުރުން 35 އަހަރުން މަތީގެ މީހުންނާއި 18-35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށެވެ. މާލެ ސަރަހައްދުގެ ނުވަ ސެންޓަރަކާއި ރަށްރަށުގައި ގާއިމު ކޮށްފައިވާ 69 ސެންޓަރަކުން 64،048 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ރެއާ ހަމައަށް ދީފައި ވެ އެވެ.
ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަނީ، ފުރަތަމަ ޑޯޒަށް ފަހު އަށް ހަފުތާ ފަހުންނެވެ.
އެޗުއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ އެސްޓްރާޒެނެކާގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ދެ ހަފުތާ ފަހުން އެ މީހަކަށް 60 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށެވެ. އެއާއެކު، އެ މީހެއްގެ ގައިން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު 60 ޕަސެންޓު ދަށްކޮށްލަ އެވެ. ބަލި ޖެހުމުން ހާލު ސީރިއަސްވުމުގެ ފުރުސަތު 100 ޕަސެންޓް ދަށްކޮށްދޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދެ ވަނަ ޑޯޒު ޖަހާތާ ދެ ހަފުތާ ފަހުން ލިބޭ ރައްކާތެރިކަން 70 ޕަސެންޓަށް އަރާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެހެންވުމުން، ވެކްސިން ދިނަސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކާއި ގައިދުރުކަން ބެހެއްޓުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، ވައިރަސްގެ އެހެން ވޭރިއެންޓުތައް ފެތުރުމާއެކު އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ. މިދިޔަ މަހުގެ 24 އިން ފެށިގެން މިހާތަނަށް ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާއިރު، މި މަހުގެ ފުރަތަމަ ދެ ހަފުތާގައި އެކަނި ވެސް ހަތް މީހަކު މަރުވެފައި ވެ އެވެ. އެއާއެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަކުރި އެވެ.
މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޗްއީއޯސީ
މިދިޔަ ހުކުރު ދުވަހުން ފެށިގެން، ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލެ ސަރަހައްދުގައިަ ވެހިކަލް ދުއްވުން މަނާކޮށްފައި ވެ އެވެ. އެއްފަހަރާ ބޭރުގައި އުޅެވޭ މީހުންގެ އަދަދު ވެސް 10 އަށް މަދުކޮށްފައި ވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ދީ ހާއްސަކޮށް، ދެ ވަނަ ޑޯޒު ދިނުމަށްފަހު ނަމްބަރުތައް ދަށްވުމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި، ވެކްސިން ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލި ކޮންޓްރޯލްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.
"އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުން މުހިއްމު. ދެ ވަނަ ޑޯޒް ޖެހީމަ 70 ޕަސެންޓް ރައްކާތެރިކަން ލިބެނީ. ހޮސްޕިޓަލް އެޑްމިޝަނަށް ބަދަލެއް އަންނާނީ ހައި ރިސްކް ނޫނީ ދުވަސްވީ މީހުންނަށް ގިނައިން ވެކްސިން ދީގެން. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ހާއްސަކޮށް ދެ ވަނަ ޑޯޒު ދިނުމަށްފަހު ނަމްބަރުތައް ދަށްވީމަ މިހާރު ހުރި މެޝާސްތައް ރިލީޒްކުރެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ދީ ހާއްސަކޮށް، ދެ ވަނަ ޑޯޒު ދިނުމަށްފަހު ނަމްބަރުތައް ދަށްވުމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި، ވެކްސިން ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލި ކޮންޓްރޯލްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.
އޭނާ ވިދާޅުވީ ވައިރަސްގެ ވޭރިއެންޓާއި ވެކްސިން މަސައްކަތްކުރާ އަބަދު ވެސް ބަލަންޖެހޭނެ ކަމަށެވެ.
"ވެކްސިން ޖެހިއަސް ފުލީ ރިލެކްސް އެއް ނުކުރެވޭނެ އެކަމަކު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހީމަ،"
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރި މައުލޫމާތުތަކަށް ބަލައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް 130 ގައުމަކަށް އަދި ވެކްސިނެއް ނުލިބެ އެވެ. އެގޮތަށް ބަލައި ރާއްޖެއަކީ ނަސީބު ގަދަ ގައުމެއް ކަމަށާއި ވެކްސިން ދިނުމަށް ގިނަ ކެޓަގަރީތަކަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓަށް ވެކްސިން ޖެހިއްޖެނަމަ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވި އެވެ.
އެސްޓްރާޒެނެކާއިން އަންނަނީ 6-17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ދިރާސާކުރަމުންނެވެ. މި އަހަރު ފަހުކޮޅު އެ ކުދިންނަށް ވެކްސިން ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓެގުން ބުނެ އެވެ. ސްކޫލަށް ދާތީ އެ ކުދިންނަށް ވެކްސިން ދިނުން ވަރަށް މުހިއްމު ކަމަށް ޑރ. ނަޒްލާ ވެސް ފާހަގަކުރައްވަ އެވެ.
ކޮވިޑަށް ނެގި ސާމްޕަލް އިން ޕޮޒިޓިވް ރޭޓު މިދިޔަ މަހުގެ މެދުތެރޭގައި ދެ ޕަސެންޓުގައި ހުރުމަށްފަހު މި މަހުގެ މެދުތެރޭގައި އެ އަދަދު ހަ ޕަސެންޓަށް އިތުރުވެފައި ވެ އެވެ. ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވް ރޭޓު މިދިޔަ މަހުގެ މެދުތެރޭގައި ދެ ޕަސެންޓުގައި ހުރުމަށްފަހު މި މަހުގެ މެދުތެރޭގައި 6-7 ޕަސެންޓަށް އަރާފައި ވެ އެވެ. ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވުން ވެސް ތިން ޕަސެންޓުން ހަތް ޕަސެންޓަށް އަރާފައިވެ އެވެ.
"ރިލެކްސް ކޮށްލެވުނު ވަގުތު ވޭރިއެންޓް ވެސް އައީ. އެއާއެކު ހެން ބޮޑަށް ލަފާކުރެވެނީ ކޭސަސް އިތުރުވީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން ފެނުނު ކޮވިޑުގެ އާ ވޭރިއެންޓުގައި އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ބަލި އެރުން 70 ޕަސެންޓް ފަސޭހަވެ ބަލިވެއްޖެނަމަ ހާލު ދެރަވުން 30 ޕަސެންޓު އިތުރުކޮށްދެ އެވެ. މި ފަހުން ކޮވިޑުގައި ގިނަ މީހުން މަރުވި އެއް ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟
މިހާތަނަށް 39 މަރު، 64 ޕަސެންޓް ވެކްސިން ނުޖަހާ
ލޮކްޑައުނަށް އަހަރެއް: އަދިވެސް ބަންދެއްގައި!
ވެކްސިން ޖަހާ ސެންޓަރުތައް ހުހަށް!
ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ކޮވިޑް ވެކްސިން ދީފި
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ
ވެކްސިން ޖަހަން 20،000 މީހުން ރަޖިސްޓަރީކޮށްފި
މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވޭ:ޓެގު
ކަރަންޓީނަށް 24 ދުވަސް ދެނީ އެންޓިބޮޑީ ޓެސްޓު ހަދާތީ
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި