Roadha Mihaaru
ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ކޮވިޑް ވެކްސިން ދީފި

ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ކޮވިޑް ވެކްސިން ދީފި

12 ފެބުރުއަރީ 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ވެކްސިން ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ވެކްސިން ދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ އެކަނި ވެސް 5،166 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ. އެއީ މި މަހުގެ 1 ގައި ވެކްސިން ދޭން ފެށި ފަހުން، އެއް ދުވަހެއްގައި އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ދުވަހެވެ.

މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ހަތް ސެންޓަރުން މިއަދު 4،257 މީހުންނަށް އަދި ރަށްރަށުގެ 55 ސެންޓަރަކުން 909 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ.

ބިދޭސީން ވެސް ހިމަނައިގެން ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާއިރު، ވެކްސިން ދިން 25،327 މީހުންނަކީ ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ މާލެ ސަރަހައްދުން މިހާތަނަށް 20،960 މީހަކަށް ވެކްސިން ދީފައި ވެ އެވެ. ރަށްރަށުގައި ވެކްސިން ދީފައިވަނީ 4،367 މީހަކަށެވެ. އެއީ ޖުމްލަ 25،327 މީހުންނެވެ.

ބިދޭސީން ވެސް ހިމަނައިގެން ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާއިރު، ވެކްސިން ދިން 25،327 މީހުންނަކީ ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓެވެ.

ރާއްޖޭގައި މި ވަގުތު ޖަހަމުން އަންނަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިން "ކޮވިޝީލްޑް" އެވެ. އެ ގައުމުން ވަނީ ކޮވިޝީލްޑްގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

އެ ވެކްސިން މި ވަގުތު ޖަހަމުން އަންނަނީ 55 އަހަރުން މަތީގެ މީހުންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އޭގެ އިތުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް ވެސް ވެކްސިން ދެ އެވެ.