Roadha Mihaaru
ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ފަށަނީ

ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ފަށަނީ

08 ސެޕްޓެމްބަރ 2022

ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިއުލާނު ކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިއުލާނު ކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، ހަތަރުވަނަ ޑޯޒު ޖަހާނީ ބޫސްޓާ (ތިންވަނަ ޑޯޒް) ޖެހި ފަހުން ހަތަރު މަސް ވެފައިވާ މީހުންނަށް ކަމަށެވެ. އެ ފަދަ މީހުންނަށް މިއަދުން ފަށައިގެން ފައިޒާ ވެކްސިން ޖަހައިދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

ހަތަރުވަނަ ޑޯޒް ޖަހާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށާއި އަތޮޅުތެރޭގައި ނަމަ ސިއްހީ މަރުކަޒުތަކުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އުމުރުން 12 އަަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒު މިހާތަނަށް ފުރިހަމަ ނުކޮށް ތިބި މީހުންނަށް ވެސް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭނީ އެޗްޕީއޭ އިން ބުނިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަވެށިންނެވެ.