15 އެޕްރީލް 2021
މީގެ އެއް އަހަރު ކުރިން މިއަދަކީ މިއިން ޒަމާނަކު ވެސް ނުދެކޭ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް މުޅި މާލެ ސަރަހައްދު ވައްޓާލި ދުވަހެވެ؛ މުޅި ދުނިޔެ ނާމާންކުރަމުން ދިޔަ ކޮވިޑް-19 ބަލީގެ ފުރަތަމަ ކޭސް، ތޮއްޖެހިފައިވާ މާލެއިން ފެނުނެވެ. މެންދުރު ފަސްވެގެން ދިޔައިރު މާޔޫސްކަމުގެ މޫނަކާއެކު އެންމެން ކޮޅުކޮޅަށް ދުވެ ނެގީ ލޮކްޑައުންއަކަށް ކާބޯތަކެތި އެއްކުރާށެވެ. އަނެއް ބަޔަކު ފުރައިގެން ދިޔައިރު މާލޭގައި ތާށިވި މީހުން ވެސް މަދެއް ނޫނެވެ.
މީގެ އެއް އަހަރު ކުރިން މިއަދަކީ މިއިން ޒަމާނަކު ވެސް ނުދެކޭ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް މުޅި މާލެ ސަރަހައްދު ވައްޓާލި ދުވަހެވެ؛ މުޅި ދުނިޔެ ނާމާންކުރަމުން ދިޔަ ކޮވިޑް-19 ބަލީގެ ފުރަތަމަ ކޭސް، ތޮއްޖެހިފައިވާ މާލެއިން ފެނުނެވެ. މެންދުރު ފަސްވެގެން ދިޔައިރު މާޔޫސްކަމުގެ މޫނަކާއެކު އެންމެން ކޮޅުކޮޅަށް ދުވެ ނެގީ ލޮކްޑައުންއަކަށް ކާބޯތަކެތި އެއްކުރާށެވެ. އަނެއް ބަޔަކު ފުރައިގެން ދިޔައިރު މާލޭގައި ތާށިވި މީހުން ވެސް މަދެއް ނޫނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ބަލި މީހަކު ފެނުނީ މީގެ 404 ދުވަސްކުރިން ކުރެއްދޫ ރިސޯޓުންނެވެ. މާޗު 7، 2020 ގައި ޕޮޒިޓިވްވީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ ގައުމަށް ދިޔަ ޓޫރިސްޓަކާ ޑައިރެކްޓް ކޮންޓެކްޓުވި މީހެކެވެ.
އޭޕްރީލް 15، 2020 ގެ މެންދުރު ފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި ބުނީ މާލެ ހިޔާ ކައިރީގައި ގާއިމްކޮށްފައި ހުރި ފްލޫ ކްލިނިކަށް އޭގެ ކުރީ ދުވަހު ދިޔަ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ރޯގާގެ އަލާމާތެއް ފެނިގެންނެވެ. މިއީ ތޮއްޖެހިފައިވާ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާކަން އިޢުލާނު ކުރަން.
— Health Protection Agency (@HPA_MV) April 15, 2020
މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް. pic.twitter.com/Lhp9EJNDxA
މާލެ ލޮކްޑައުން ކުރަން ސަރުކާރުން ކުރި އިއުލާން
އެއާއެކު، އޭނާ ދިރިއުޅޭ މ. ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ. ކޮންޓެކްޓް ޓްރޭސިން ހަދަން ފެށިއިރު ޖަރީމާގެ ސަރަހައްދު އެއްކޮށް ބަންދުކޮށް ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެ ކްލަސްޓާއާ ގުޅޭ ޑައިރެކްޓް ކޮންޓެކްޓެއް ދަތުރުކުރުމުން ކ. ކާށިދޫ ވެސް ހަމަ އެ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސް މީހުން އަރައި ފޭބުން މަނާކުރި އެވެ.
މިއީ، ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުން މޮނިޓަރިންގެ ހާލަތަށް ގެނައި ފުރަތަމަ ގެ އާއި މާލެ ސަރަހައްދުން ބޭރުން މޮޮނިޓަރިންގެ ހާލަތަށް ގެނައި ފުރަތަމަ ރަށެވެ.
އޭގެ ފަހުން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ، ވަކިގޮތެއް އަންގަންދެން 24 ގަޑިއިރަށް ގެއިން ބޭރަށް ނުނިކުތުމަށާއި އާއްމު ދަތުރުފަތުރު ކުރުމުގެ ހިދުމަތް މެދުކަނޑާލުމާއެކު މާލެ ސަރަހައްދާއި ތިލަފުށީ އަދި ގުޅިފަޅަށް މީހުން އަރައި ފޭބުން މަނާކުރުމަށެވެ.
މާލެތެރެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ބަންދުކޮށްފައި އޮތްއިރު، މާރުކޭޓު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
އެ ދުވަހަށްފަހު، އަހަރެއް ވީ އެވެ. ދިރިއުޅުން އަދިވެސް މިއުޅެނީ ހަމައަކަށް ނޭޅިގެންނެވެ. ފާއިތުވި އެއް އަހަރުގެ ތެރޭގައި އެތައް ކަމެއް ބަދަލުވެއްޖެ އެވެ. އެތައް ބައެއްގެ ދިރިއުޅުމަށް، އުއްމީދު ވެސް ނުކޮށް ހުރި، އަދި އަންދާޒާ ވެސް ކޮށް ނުލެވޭ ވަރުގެ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. ކުލި ދެއްކޭނެ ގޮތެއް ނެތުމުން އެތައް ބަޔަކު މާލެ އިން ރަށަށް ބަދަލުވެއްޖެ އެވެ. އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެއްޖެ އެވެ.
Breaking: Male in 3 vana meehaku positive vejje
The most trusted news source in the Maldives
Mihaaru
މާލެއިން ކޮވިޑުގެ ބަލި މީހަކު ފުރަތަމަ ފެނުމާ ގުޅިގެން "މިހާރު"ން ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖް
ލޮކްޑައުންގެ ދެ މަހަށް ފަހު، އޮފީސްތައް ހުޅުވައި މަސައްކަތްކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ޖޫން 14 ގަ އެވެ. އެކަމަކު އޭރު ވެސް ވަކި ވަގުތެއް ފަހުން ދުއްވާ އެއްޗެހި ދުއްވުމާއި ބޭރުގައި އުޅުން އޮތީ މަނާކޮށެވެ. އެތައް މަހެއް ފަހުން މިއަދުގެ ހާލަތު ބަދަލެވެ. އެތައް ލުއިތަކެއް ވަނީ ދީފަ އެވެ.
ކާފިއު އުވާލައި ބޭނުން ވަގުތެއްގައި ބޭރުގައި އުޅުމުގެ ފުރުސަތު ދީ ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލައި އެ ތަންތަނުގައި ކެއުން/ބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވެ އެވެ. މި ދޭތެރެއިން، ހާލަތު ގޯސްވެފައި އޮއްވައި ވެސް ދިން ލުއިތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އޭގެ ތެރޭގައި، ކަރަންޓީން ނުވެ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ދެވޭގޮތް ހިމެނެ އެވެ. އެކަމަކު ފާޑުކިޔުންތަކާ އެކު އެޗްޕީއޭއިން އެ ނިންމުން ބާތިލްކުރީ އެވެ.
ފުރަތަމަ ކޭސްއާ ގުޅުންހުރި އިތުރު ދެ މީހަކު ހަމަ އެ ދުވަހު، [އޭޕްރިލް 15 ގައި] ޕޮޒިޓިވްވި އެވެ. ޖެހިގެން އައި ދުވަހު ދެ މީހުން، އެއާ ޖެހިގެން އައި ދުވަހު ހަ މީހަކު ޕޮޒިޓިވްވި އެވެ. މާލެއިން ބަލި ފެތުރުނު ފުރަތަމަ ހަފުތާގައި، އެއް ދުވަހަކާ އެންމެ ގިނައިން ޕޮޒިޓިވްވީ އޭޕްރީލް 19، 2020 ގަ އެވެ. އެ ދުވަހު 24 މީހަކު ޕޮޒިޓިވްވި އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އޭޕްރީލް 21، 2020 ގައި 16 މީހަކު ޕޮޒިޓިވްވި އެވެ.
ބަލި ފެތުރުނުތާ އެއް އަހަރުގެ ތެރޭގައި އިއްޔެގެ ހަވީރު 6:00 އާ ހަމައަށް 25،844 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ ދުވާލަކަށް 70 މީހުންނެވެ.
މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން އެ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް 3،625 ސާމްޕަލް ޓެސްޓުކުރި އެވެ. އޭގެ ތެރެއިން 300 މީހުންނަށް ބަލިޖެހިފައި ވެ އެވެ. މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހެވެ. އެ ދުވަހު 278 މީހުން ޕޮޒިޓިވްވި އެވެ.
ކުރިން ކޮވިޑުގެ ހާލަތު އެންމެ ގޯސްވަމުން ދިޔައީ މާލޭގަ އެވެ. އެކަމަކު މި ފަހުން ރަށްރަށުގައި ކޮވިޑު ފެތުރި، އެތައް ސަތޭކަ ބަޔަކު ކަރަންޓީނުގައި ބެހެއްޓި އެވެ. އެ ރަށްރަށުގެ ތެރޭގައި ޅ. ނައިފަރާއި އެ އަތޮޅު ފެލިވަރު އަދި ކ. ދިއްފުށި ހިމެނެ އެވެ.
މި މުއްދަތުގައި 24،141 މީހުން ބަލިން ރަނގަޅުވެފައި ވެ އެވެ. އެއީ ދުވާލަކަށް 63 މީހުންނެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ އެ ބަލި ފެތުރުނަތާ ބަރާބަރު ދެ ހަފުތާ ފަހުން އޭޕްރީލް 29، 2020 ގަ އެވެ. އެއީ އެމްއެޗްއޭ ކްލަސްޓާއިން ޕޮޒިޓިވްވި އައިމިނަތު އާދަމް، 83، އެވެ. ދެ ހަފުތާ ފަހުން އޭނާގެ ފިރިކަލުން، ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ށ. މަރޮށި، ހުސެއިން އަބްދުﷲ، 88، ވެސް ކޮވިޑުގައި އަވަހާރަވެފައި ވެ އެވެ.
އެއަށްފަހު، ވޭތުވެދިޔަ ދުވަސްތަކުގައި މުޅި ޖުމްލަ 67 މީހަކު ކޮވިޑުގައި މަރުވެފައި ވެ އެވެ.
ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއެކު ވެސް އެ ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ އަހަރު އިތުރުވި އެވެ. އެ ޓްރެންޑް މި އަހަރުގެ ކުރީކޮޅު ވެސް ފެނުނެވެ. ބައެއް ހަފުތާތަކުގައި 2-3 މީހުން ވެސް ބަލީގައި މަރުވެފައި ވެ އެވެ. އޭގެ ތެރޭގައި ގިނައީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ. ބައެއް މީހުންގެ ހަރަކާތެއް ނެތުމުން ހޮސްޕިޓަލަށް ގެންދިއުމުން ކޮވިޑުގައި މަރުވި ކަމަށް ވެސް ކަނޑައަޅާފައި ވެ އެވެ.
ބަލީގައި މަރުވާ މީހުންނާއެކު ކޮވިޑު ޖެހޭ އުމުރުން ދުވަސްވީ މީހުން ވެސް އިތުރުވެގެން ދިޔަ އެވެ. އެކަމުގެ ކަންބޮޑުވުންތައް އެޗްޕީއޭއިން ދިޔައީ ފާޅުކުރަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް ވެކްސިން ޖައްސަވަނީ.--
ހާސްކަމުގެ ބޮޑު އަހަރަކަށްފަހު ހަމަ ނޭވާއެއް ލެވުނީ ބައްޔަށް ހާއްސަކޮށްގެން ވެކްސިން އުފައްދެމުންނެވެ. ރާއްޖޭގައި ބަލިން ދިފާއުވުމަށް މިދިޔަ ފެބްރުއަރީ 1ގައި ވެކްސިން ޖަހަން ފަށާފައި ވެ އެވެ. ފުރަތަމަ ޑޯޒަށްފަހު 25،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފަ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް 273،660 މީހަކު ޖަހާފައި ވެ އެވެ. އަދި ދެ ވަނަ ޑޯޒް 25،369 މީހުންނަށް ދީފައި ވެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒަށްފަހު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ގޮތް ހެދުމާއެކު ލުއިތައް ދޭށެވެ. އެކަމަކު ދޭނެ ލުއިތަކެއް އަދި ހާމައެއް ނުކުރެ އެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު، ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލެ ލޮކްޑައުން ކުރިތާ މިއަދަށް އަހަރެއްވީ އެވެ؛ ލޮކްޑައުން ނެތަސް އަދިވެސް މިތިބީ ބަންދެއްގަ އެވެ. މާލޭގައި މިހާރު މިތިބި ގިނަ މީހުންނަކީ މާލެއިން އެހެން އެއްވެސް ތަނަކަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންނެވެ.
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތި: ޝީނާ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
ބާޒާރުމަތީގެ ތޮއްޖެހުމަކީ ކަންބޮޑުވާ މަންޒަރެއް: އަމީން
40،000 ކުއްޖަކަށް ވެކްސިން ޖަހާނެ: އެޑިއުކޭޝަން
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ 35 މީހުން