21 ޖޫން 2021
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ދޭތެރޭގައި 4،784 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 35 މީހުންނެވެ. އެއީ، ބަލީގެ ހާލަތު އެންމެ ގޯސްކޮށް އުޅުނު މާލެ، ހުޅުމާލެ އަދި ވިލިމާލެއިން މި މަހު އެންމެ މަދުން ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
✳️ COVID-19 : Case Updates pic.twitter.com/w3Yf2MNge0
— Health Protection Agency (@HPA_MV) June 21, 2021
އެ ނަމްބަރުތަކަށް ބަލާއިރު ރަށްރަށުގެ ހާލަތު ފެންނަނީ ގޯސްކޮށެވެ. އެކި ރަށްރަށުން 164 މީހަކަށާއި ރިސޯޓުތަކުން ތިން މީހަކާއި ތަރައްގީކުރަމުން އަންނަ ރަށްރަށުން 43 އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން އަށް މީހަކަށް ބަލި ޖެހިފައި ވެ އެވެ. އެއާއެކު، އަލަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު އުޅެނީ 253 ގަ އެވެ.
އެ ބަލިން 769 މީހަކު ރަނގަޅުވެފައި ވެ އެވެ. އެހެންވެ، އެކްޓިވް ކޭސްތައް ވަނީ 4،784 އަށް ތިރިވެފަ އެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް 44 އަށް ވަނީ މަދުވެފަ އެވެ.
ކޮވިޑް ޓެސްޓު ހެދުން ތާޖުއްދީން ސްކޫލަށް
ހިލޭ ޓެސްޓް ހެދޭނެ ގޮތްތައް އިތުރު ކުރަނީ
50 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި
މާލެއިން ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކޮށްފި
2،000 ސާމްޕަލުން މާލެ އިން ޕޮޒިޓިވްވީ 36 މީހެއް
މާލެ އިން ކޮވިޑް ޖެހުނީ އެންމެ 15 މީހަކަށް
މާލެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 13 މީހުން
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
މާލޭގެ ކޮވިޑް ކޭސްތައް 1،000 އިން ދަށަށް