Roadha Mihaaru
2،000 ސާމްޕަލުން މާލެ އިން ޕޮޒިޓިވްވީ 36 މީހެއް

2،000 ސާމްޕަލުން މާލެ އިން ކޮވިޑަށް ޕޮޒިޓިވްވީ 36 މީހެއް

21 ޖުލައި 2021

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ އިން ޓެސްޓުކުރި 2،096 ސާމްޕަލުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 36 މީހަކު ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ އިން ޓެސްޓުކުރި 2،096 ސާމްޕަލުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 36 މީހަކު ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މުޅި ރާއްޖެ އިން ނެގި 6،138 ސާމްޕަލުން 144 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ އިން 36 މީހަކާއި ރަށްރަށުން 72 މީހެކެވެ. އަދި ރިސޯޓުތަކުން 36 މީހަކު ވެސް ޕޮޒިޓިވްވި އެވެ.

މިއާ އެކު ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 76،332 އަކަށް އަރައިފަ އެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 73،531 މީހަކު ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތައް ވެސް 2،571 އަށް ވަނީ ދަށްވެފަ އެވެ.

ކޮވިޑް ޖެހިގެން މިވަގުތު 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަލީގައި މިހާތަނަށް 218 މީހަކު މަރުވެފައިވެ އެވެ.

މާލެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަށްވެ.ޗޮވިދ މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓަކީ 1.8 އެވެ. ޕޮޒިޓިވިޓީ ރޭޓް ފަހަކުން މައްޗަށް ނާރާ ނަމަ، ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި ދަތުރުކުރެވޭނެ އެވެ.