Roadha Mihaaru
ކޮވިޑް ޓެސްޓު ހެދުން ތާޖުއްދީން ސްކޫލަށް

މާލޭގައި ކޮވިޑް ޓެސްޓު ހެއްދުން ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފި

10 ޖެނުއަރީ 2022

މާލޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުން ސޯޝަލް ސެންޓަރުން ތާޖުއްދީން ސްކޫލަށް މިއަދު ބަދަލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުން ސޯޝަލް ސެންޓަރުން ތާޖުއްދީން ސްކޫލަށް މިއަދު ބަދަލުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑަށް ޓެސްޓުކުރެވޭނެ އިތުރު ސެންޓަރެއް ވެސް ހުޅުވައި، ސޯޝަލް ސެންޓަރުގައި މިހާރު ހުރި ޓެސްޓުކުރާ ސާމްޕަލްތައް ނަގާ ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޮވިޑް ފެތުރުން އަނެއްކާ ވެސް އިތުރުވެ، ސިއްހީ ނިޒާމަށް ބާރު ބޮޑުވާން ފެށުމުން އެ ބައްޔަށް ޓެސްޓް ކުރާނެ އާ މަރުކަޒެއް ހުޅުވީ އެފްއޭއެމްގެ އިމާރާތުގަ އެވެ. އެ މަރުކަޒުން ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން އިރުއޮއްސި 6:30 އަށެވެ.

ތާޖުއްދީން ސްކޫލްގައި ސާމްޕަލް ނަގާނީ ކޮންމެ ހޮނިހިރަކުން ބުދަ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރު ފަހު ތިނަކުން ހަވީރު ހަޔަކަށެވެ. ބުރާސްފަތި ދުވަހު ސާމްޕަލް ނަގާނީ ހެނދުނު 9 އިން މެންދުރު 12 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު ތިނަކުން ހަޔަކަށެވެ.

ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ކުޑަކުދިންނާއި ދުވަސްވީ މީހުން ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ކުޑަކުދިންނާއި ދުވަސްވީ މީހުން ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮވިޑަށް ޓެސްޓް ކުރުމުގެ އިންތިޒާމުތަކަށް އެޗްޕީއޭއިން ބަދަލު މި ގެނައީ، ކޮވިޑްގެ ކޭސްތައް ގިނަވެ ފިޔަވަޅުތައް ވަރުގަދަކޮށް، ކޮވިޑަށް ޓެސްޓުނުކޮށް ރަށްރަށަށް ނުދެވޭ ގޮތަށް ހެދުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ސޯޝަލް ސެންޓަރުގައި ޓެސްޓު ހަދަން ގިނަ ބަޔަކު ވަނީ ރެ އާއި މިއަދު ކިއުގައި ޖެހިފަ އެވެ. އެތަނުގައި އެ އިދާރާގެ އިންތިޒާމުތައް ދޯދިޔާ ކަމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

މިހާރު މާލެއިން ރަށަށް ދެވެނީ 74 ގަޑިއިރު ނުވާ ކޮވިޑްގެ ނެގެޓީވް ނަތީޖާއަކާ އެކު އެވެ. އެޗްޕީއޭއިން ދީފައި އިތުރު ގޮތްތަކަކީ މާލެއިން ސާމްޕަލް ނަގައިގެން، ރަށަށް ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން ނުވަތަ ރަށުން ސާމްޕަލް ނަގައިގެން، ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުމެވެ.