18 ފެބުރުއަރީ 2021
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރު މުއްދަތެއް ނެތް ގޮތަށް ބަންދުކުރި އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ މައްސަލާގައި އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) އިން އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރު މުއްދަތެއް ނެތް ގޮތަށް ބަންދުކުރި އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ މައްސަލާގައި އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) އިން އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގައި ހިންގާ އެންމެ މަތީފަންތީގެ ރިސޯޓަތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކޮށް ހުޅުވޭނެ ދުވަހެއް އަދިވެސް ނޭނގޭތީ އޭޑީސީން ކުރި ޓްވީޓްތަކެއްގައި ބުނީ މިކަމާ ހެދި އައްޑޫގެ އެތައް ޒުވާނަކު ވަޒީފާގެ ފުރުސަތުން ވެސް މަހުރޫމުވެފައިވާ ކަމަށެވެ.
"އެތަކެއް ޒުވާނުންގެ ވަޒީފާ ގެއްލި، އެތަކެއް ކުދި/މެދުފަންތީގެ ވިޔަފާރިތައް ވަނީ ބަންދުކުރަން ޖެހިފައި." އޭޑީސީން ބުންޏެވެ.
އައްޑޫގައި އިގުތިސޯދީ ހަރަކާތްތައް އިތުރުކުރުމާ ގުޅޭ އޭޑީސީގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ މިދިޔަ އަހަރު ބައްދަލުކުރަނީ: އައްޑޫގެ ތަރައްގީގެ ކަންކަން ލަސްވާތީ އޭޑީސީން އަންނަނީ ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނަމުން.
އެތަނުން ބުނީ އެ ރިސޯޓްގައި ސަރުކާރުން 30 ޕަސެންޓް ހިއްސާވި ނަމަވެސް އެތަން ބަންދުކޮށް، އައްޑޫގެ އިގުތިސާދަށް ވެސް އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ އިރު މި މައްސަލާގައި ޒިންމާވާނެ މިނިސްޓަރެއް ނޭނގޭ ކަމަށެވެ. އޭޑީސީން ބުނީ މިފަދަ ސަބަބުތަކާ ހެދި ޝަންގްރިއްލާގައި ސަރުކާރުގެ ހިއްސާ އޮތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
Shangri-La resort muhdhatheh nehgothah bandhu kohfai othumuge sababun AdduCity ge ethakeh zuvaanunge vazeefaa gehli, ethakeh kudi medhu fantheege viyafaari thah vanee bandukuran jehifai. Sarkar 30% hihsavairu mikamah zihmavane Minister eh vanee neygifai. https://t.co/xY5Dt7NNr1
— Addu Development Committee (ADC) (@AdcAdduCity) February 17, 2021
"ސަރުކާރާއި ޝަންގްރިއްލާއާ ދެމެދުކުރެވޭ މުއާމަލާތް އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާދާރު މެމްބަރުންނަކަށް ވެސް ނޭނގޭ،" އޭޑީސީން ބުންޏެވެ. "ސަރުކާރުން އެބަޖެހޭ މިކަމުގައި ޓްރާންސްޕޭރަންޓްވެ ރައްޔިތުންނަށް ވާނުވާ ބުނެދޭން."
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ މަހު އައްޑު އަށް ކުރެއްވި ދަތުރެއްގައި ވިދާޅުވީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ އިތުރުން އައްޑޫގައި ބަންދުކޮށްފައި އޮތް ކެނަރީފް (ހެރަތެރަ) ރިސޯޓް މި އަހަރު އަލުން ހުޅުވާނެ ކަމަށެވެ. އެކަމަކު އެއީ ކިހާ ހިސާބެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.
Shangri-La ge 30%hihsaa sarkarugai beyhvumuge ehves beynumeh neh. Shangri-La aai sarkar aai dhemedhu kurevey muaamalaah @AdduCityCouncil ge zihmaadhaaru memberunnah neygey. Sarkar in ebajehey mikamugai transparent ve Rayyithunnah vaanuvaa bunedeyn. @faya_i https://t.co/xY5Dt7NNr1
— Addu Development Committee (ADC) (@AdcAdduCity) February 17, 2021
"މި އަތޮޅުގެ ދެ ރިސޯޓެއް މިހާރު ބަންދުކުރެވިފައި އޮތަތީވެ، އަޅުގަނޑުމެން މިދަނީ އެ ތަންތަން ހުޅުވުމަށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓްތައް އަލުން ހުޅުވާ އިރު ގަން އިންޓަނޭޝަން އެއާޕޯޓަށް ބޯޓްތައް ޖެއްސޭނެ އިންތިޒާމު ވެސް ހަމަޖައްސަން މަސައްކަތްކުރެވެމުން ދެ އެވެ.
"މި ދެ ކަންތަކަކީ ތިޔާއިގެން ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރިއަށް ގެންދެވޭނީ. އިރާދަފުޅާ އެކު އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އިރާދަފުޅު ކުރެއްވިއްޔާ ޓޫރިޒަމްގެ ރަން އަހަރަށް އަޅުގަނޑުމެން މަރުހަބާ ކިޔާ އިރު އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިާ ބޭފުޅުންގެ މޫނަށް ހިނިތުންވުމުގެ ކުލަވަރު އަޅުގަނޑުމެން ގެނެސްދޭނަން،" ވިދާޅުވި އެވެ.
އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ކެނަރީފް ކޮވިޑާ ހެދި ދެ އަހަރެއްހާ ދުވަހަށް ބަންދުކުރިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ މެދުތެރޭގަ އެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ނިންމިކަން މުވައްޒަފުންނަށް އެންގީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނަރީފްގެ އިތުރުން އައްޑޫގައި ދެން އޮންނަ ރިސޯޓަކީ ސައުތު ޕާމް ރިސޯޓެވެ. އެތަނުގެ އޮޕަރޭޝަނަށް މިދިޔަ އަހަރުން ފެށިގެން ވެސް މާ ބޮޑު ބަދަލެއް ނުގެނެސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.
އައްޑޫގެ ޓޫރިޒަމްގެ ކަންބޮޑުންތައް ޓޫރިޒަމް މިނިސްޓަރަށް
އައްޑޫގެ ރިސޯޓްތައް ހުޅުވަން ބާރުއަޅުއްވާ: މައުސޫމް
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި
ގެއްލުންވާތީ ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކޮށްލަނީ
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ
އައްޑޫ ކެނަރީފް ޑިސެމްބަރުގައި އަލުން ހުޅުވަނީ
ޝަންގްރިއްލާ ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން