ޖިންސީ ގޯނާ އާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާ އަށް ބޭރަށް ދާން ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އިސްތިއުނާފްކޮށްފި އެވެ.
14 ފެބުރުއަރީ 2021
ޖިންސީ ގޯނާ އާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާ އަށް ބޭރަށް ދާން ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އިސްތިއުނާފްކޮށްފި އެވެ.
އަލީ ވަހީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގެންފައިވާ ކަމަށް ކޯޓަށް ލިއުން ހުށަހެޅުމުން ދައުލަތުން ކޯޓުގައި އެދުނީ ޓްރެވަލް ޑޮކިއުމެންޓެއް އޭނާ ފުރާވަޑައިގަތުމުގެ ހުއްދަ ދޭށެވެ. އެކަމަކު އަލީ ވަހީދުގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޒިންމާވާގޮތަށް ޕާސްޕޯޓް ދޫކޮށްލުމަކީ ކޯޓުގެ ނިންމުމެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު ވިދާޅުވީ މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފްކުރީ އެ އަމުރު ނެރުމުގައި އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.
ޕީޖީން ހުށަހެޅި ގޮތަށް ހައި ކޯޓުގެ ނިންމުން އަޔަސް އަމުރު ތަންފީޒެއް ނުކުރެވޭނެ އެވެ. އަލީ ވަހީދު ފުރާ ހިސާބުން އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ދާން އެދި ހުށަހެޅުއްވުމުންނެވެ. ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ކަމަށް ދައުލަތުން ކޯޓުގައި ބުނުމުން ވެސް އެހާ ބޮޑު މިނިވަންކަމެއް އޭނާއަށް ދިން ސަބަބާ މެދު ދަނީ ކޯޓަށް ފާޑުކިޔަމުންނެވެ.
ކޯޓުން އަމަލުކުރީ ގޯސްކޮށް ކަމަށް ޕީޖީން ވެސް ގަބޫލުކުރާއިރު އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ މިހާތަނަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައެއްނާޅަ އެވެ.
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
ޔޫކޭއިން އަލީގެ ވިސާ އާކޮށްދިނުމުގެ ފުރުސަތު ކުޑަ
އަލީގެ ޕާސްޕޯޓު މައްސަލަ ވެސް ހައި ކޯޓުން ބޭރު
އަލީގެ ޝަރީއަތުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ
އަލީގެ މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް
އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރާ މައްސަލަ މާދަމާ
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި
އަލީގެ ޝަރީއަތް އޮންލައިންކޮށް ހިންގާތީ ހައިކޯޓަށް
ގާނޫނު ނުހިނގާ ތަނެއްގައި ޝަރީއަތް ކުރެވިދާނެތަ؟
އަލީ ވަހީދުގެ މައްސަލައިގައި ލިޔުންތައް ނުދޭ: ޕީޖީ