01 ސެޕްޓެމްބަރ 2021
ޖިންސީ ކުށުގެ ދައުވާތަކަށް ކޯޓަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅުއްވަމުން، ނޫސްވެރިންގެ ބައްދަލުވުމަކަށް ތައްޔާރުވަނިކޮށް އަލީ ވަހީދު ހައްޔަރުކުރީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމުންނެވެ. ވިސާ ހަމަވާ ފަހުން އިނގިރޭސިވިލާތުގައި މަޑުކުރުމަކީ އެ ގައުމުގައި ގާނޫނީ ކުށެކެވެ. އަލީ ވަހީދު ހައްޔަރުކޮށްގެން ގެންދިޔައީ އިނގިރޭސިވިލާތުގެ ގެޓްވިކްގައި އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން މައްސަލަތައް ޖެހޭ މީހުން ބަންދުކުރާ ޖަލަކަށެވެ.
ޖިންސީ ކުށުގެ ދައުވާތަކަށް ކޯޓަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅުއްވަމުން، ނޫސްވެރިންގެ ބައްދަލުވުމަކަށް ތައްޔާރުވަނިކޮށް އަލީ ވަހީދު ހައްޔަރުކުރީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމުންނެވެ. ވިސާ ހަމަވާ ފަހުން އިނގިރޭސިވިލާތުގައި މަޑުކުރުމަކީ އެ ގައުމުގައި ގާނޫނީ ކުށެކެވެ. އަލީ ވަހީދު ހައްޔަރުކޮށްގެން ގެންދިޔައީ އިނގިރޭސިވިލާތުގެ ގެޓްވިކްގައި އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން މައްސަލަތައް ޖެހޭ މީހުން ބަންދުކުރާ ޖަލަކަށެވެ.
ވިސާ ހަމަވާތާ 30 ދުވަހުގެ ތެރޭގައި އަމިއްލައަށް ގައުމުން ފުރައިގެން ދިއުމުގެ ފުރުސަތު އެ މީހަކަށް އޮވެ އެވެ. އެ 30 ދުވަހުގެ މުއްދަތު ވެސް ފަހަނަޅައި ދާ ފަހުން މަޑުކޮށްފި ނަމަ ޑިޕޯޓްކުރުން ފަދަ ފިޔަވަޅުތައް އަޅަ އެވެ. އަދަބުގެ ކުޑަބޮޑިމުން ކަނޑައެޅުމުގައި، އެ ގައުމުގައި ވިސާ ނެތި އުޅޭ މުއްދަތަށް ބަލަ އެވެ.
ވިސާ ހަމަވިޔަސް، ގަބޫލުކުރެވޭ ސަބަބުތަކާ އެކު 14 ދުވަހުގެ ތެރޭގައި ވިސާ އާކުރަން ވެސް ހުށަހެޅިދާނެ އެވެ. އަދި އެ ހުށަހެޅުމާ މެދު ގޮތެއް ނިންމަންދެން އެ ގައުމުގައި މަޑު ކުރެވިދާނެ އެވެ.
އަލީ ވަހީދުގެ ބޭސްފަރުވާގެ ކަންކަން ނިމެންދެން ވިސާގެ މުއްދަތު އިތުރުކުރަން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެދިފައިވާނެ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެ އެވެ. އެހެންވެ އަލީއަށް އެ ގައުމުގައި އިތުރަށް ހުރެވޭނީ އޭނާގެ ވިސާ އާ ކޮށްދީފި ނަމަ އެވެ. ނަމަވެސް، އިތުބާރު ހުރި ފަރާތަކުން ބުނި ގޮތުގައި އަލީގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވުމުންނާއި އެ ގައުމުގައި އޭނާ ހުންނަންޖެހޭ މަގުބޫލު ސަބަބެއް ނެތުމުން އޭނާގެ ވިސާ އާކޮށްދިނުމުގެ ފުރުސަތު ކުޑަ އެވެ.
އަލީ އިނގިރޭސިވިލާތުގައި ހުންނަން އެދެނީ އޮޕަރޭޝަނެއް ކުރަން ކަމަށް ބުނެ އެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކޯޓުން އެންމެ ފުރަތަމަ އޭނާގެ ޕާސްޕޯޓު ދޫކޮށްލި މުއްދަތު ހަމަވެފައިވާއިރު، އެ ފަހުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރުގައި ހުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށް އޭނާގެ ވަކީލުން ބުނެ އެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި، އަލީ ވަހީދަށް ޑޮކްޓަރުން ދީފައިވާ ލިޔުމުގައި ވަނީ ކަސްރަތުކޮށްގެން ފަރުވާ ހޯދޭނެ ކަމަށާއި އޮޕަރޭޝަންކުރަން ނުޖެހޭ ކަމަށެވެ.
އެހެންވެ އޭނާގެ ވިސާ އިނގިރޭސިވިިލާތުން އާނުކޮށްދީފި ނަމަ ރާއްޖެއަށް އަނބުރާ ފޮނުވާލާނީ އެވެ. އެ ހިސާބުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް އޭނާ ގެންދެވޭނެ އެވެ. އެއީ ކޯޓަށް ހާޒިރު ނުވެގެން މިހާރު ޖަލު ހުކުމެއް ވެސް އޮތުމާ އެކު އެވެ.
އަލީ ވަހީދު އޭނާގެ ވަކީލުންނާ އެކު ފުލުސް އޮފީސް ބޭރުގައި. -- ފައިލް ފޮޓޯ: އަވްޝަން އިލްޔާސް/މިހާރު
ނަމަވެސް، އަލީ ވަހީދުގެ ފަރާތުން އިނގިރޭސި ވިލާތުގެ ހިމާޔަތަށް އެދިފައިވާ ނަމަ އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ވިސާގެ މައްސަލާގައި އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ނޭނގެ އެވެ. ވަކީލުން ވިދާޅުވެފައި ވަނީ އަލީ ވަހީދު ހިމާޔަތަށް ނޭދޭ ކަމަށާއި ރާއްޖެއަށް ދާން ދެކޮޅު ވެސް ނުހަދާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަނިކޮށް، އަލީ ވަހީދު ހައްޔަރު ކުރުމުން އޭނާގެ ވަކީލުން ވަނީ އެކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ކަމާ ބެހޭ ލިޔެކިޔުން ހަމަކޮށް ވިސާ އެކްސްޓެންޝަނަށް ހުށަހަޅާފައިވަނިކޮށް ބަންދު ކުރުމަކީ އަޑި ނޭނގޭ ކަންތައްތަކެއް ހިނގާކަމަށް ގަބޫލު ކުރެވޭ ސަބަބެއް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެފައިވެ އެވެ.
އަދި އަލީ ވަހީދު މީގެ ކުރިން ވެސް އިމިގްރޭޝަންގެ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދަކާ ހިލާފުވެފައި ނުވާނެ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ފުރަން ކޯޓުން ހުއްދަ ދިނީ އޭނާގެ އެކުވެރިޔާ އައްސަދު އަލީ ޖާމިނު އެކަމަށް ޖާމިނުވެފަ އެވެ.
ނަމަވެސް، ޕާސްޕޯޓު ދޫކޮށްލި މުއްދަތު ހަމަވުމުން ވެސް އޭނާ އެނބުރި އައިސްފައި ނުވާތީ އޭނާގެ މައްސަލަތައް ޝަރީއަތުގައި ކުރިއަށް ނުގެންދެވި ލަސްވި އެވެ. އެގޮތުން އޭނާ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވުމުން ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ކަރެކްޝަންސްއިން އެދިފައި ވަނީ ފުލުހުންގެ ކިބައިންނެވެ. ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ރެޑް ނޯޓިސް ނެރެގެން އަދި އިނގިރޭސި ފުލުހުންނާ ގުޅިގެން އޭނާ ގެނެވޭނެ ގޮތެއް ބަލާނެ ކަމަށެވެ. ނަމަވެސް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރިފަހުން އެކަން އަންގާފައިވާ ކަމެއް ފުލުހުން ރަސްމީކޮށް ހާމަައެއް ނުކުރެ އެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން އޭނާގެ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް، ސުޕްރީމް ކޯޓުން މިހާރު ވަނީ އޭނާ ނެތީސް އެ މައްސަލަ ބެލޭނެ ކަމަށް އަންގައިފަ އެވެ.
އަލީ ވަހީދު ހައްޔަރު ކުރިފަހުން އޭނާ ދޫކޮށްލި ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި
އަލީގެ ޕާސްޕޯޓު މައްސަލަ ވެސް ހައި ކޯޓުން ބޭރު
އަލީގެ ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް
އަލީގެ ޝަރީއަތުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ
އަލީގެ މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް
އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރާ މައްސަލަ މާދަމާ
އަލީގެ ޝަރީއަތް އޮންލައިންކޮށް ހިންގާތީ ހައިކޯޓަށް
ޖާމިނުކޮށް، އަލީ ވަހީދު ފުރަން ހުއްދަ ދިނީ ރަނގަޅަށް
އަލީ ވަހީދު ސީރީޒްގެ "ޖާމިނު" އެޕިސޯޑް ޖޫންގެ ފަހުން