05 ޖުލައި 2021
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައިި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައިި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު މިހާތަނަށް އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އޭނާ އެނބުރި ވަޑައިގަންނަންޖެހޭ މުއްދަތު ހަމަވެފައި ވިޔަސް، ކްރިމިނަލް ކޯޓުން ނިންމީ ރާއްޖެއިން ބޭރުގައި އަލީ ވަހީދު ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުުމުގެ ފުރުސަތު ދިނުމަށެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާތީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަަލާގެ ޝަރީއަތް މާދަމާ މެންދުރުފަހު ފަށަން ހައި ކޯޓުން ވަނީި ހަމަޖައްސައިފަ އެވެ.
އަލީ ވަހީދު ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ މާދަމާ ހައި ކޯޓުގައި ފަށާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ވެސް ދައުލަތުން ކުރިން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަން އޭރު ބެލިއިރު، އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅުއްވާ ތަނެއް ނޭނގުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އޭނާގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
އަލީގެ މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް
އަލީ ވަހީދުގެ ޕާސްޕޯޓް އެއްވެސް އިރަކު ނުހިފަހައްޓާ!
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލައިގެ ޝަރީއަތް ފަށަނީ
ޔޫކޭއިން އަލީގެ ވިސާ އާކޮށްދިނުމުގެ ފުރުސަތު ކުޑަ
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރުގައި ހުރުމުން ޝަރީއަތް ނުބޭއްވުނު
އަލީގެ ޕާސްޕޯޓު މައްސަލަ ވެސް ހައި ކޯޓުން ބޭރު
އަލީގެ ޝަރީއަތުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ