05 ސެޕްޓެމްބަރ 2021
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދިން މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށަން ހަމަޖައްސައިފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދިން މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށަން ހަމަޖައްސައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އޭނާ އެނބުރި ވަޑައިގަންނަވަންޖެހޭ މުއްދަތު ހަމަވެފައި ވާތީ ޕާސްޕޯޓް ހިފަހައްޓަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ވިސާގެ މައްސަލައެއްގައި އޭނާ މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފަ އެވެ.
ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދިން މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފަށަން ހަމަޖައްސާފައިވަނީ މިއަދު މެންދުރު އެވެ. އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދަނީ ދައުވާ ލިބޭ ފަރާތެއް ނެތް އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގަ އެވެ.
ދައުލަތުން ކުރިން ހުށަހެޅުމުން ހަައި ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނުބެލޭނެތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެކަމަކު އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ އަލީ ވަހީދު ހާޒިރު ނުކުރެވުނަސް، އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސިއިރު، އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން މިހާރު އޮތީ އިއްވައިފަ އެވެ. އެ ހުކުމް އިއްވީ އޭނާ ރާއްޖެއިން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް އޭނާ ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް އެއްވެސް އިރަކު ނުހިފަހައްޓާ!
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރުގައި ހުރުމުން ޝަރީއަތް ނުބޭއްވުނު
އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް ފަސްކޮށްފި
އަލީގެ މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް
އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރާ މައްސަލަ މާދަމާ
އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަނީ
ރެޑް ނޯޓިސް ނެރެގެން ވިޔަސް އަލީގެ މައްސަލަ ކުރިއަށް