Roadha Mihaaru
ލެޖެންޑްސް އަށް ފުރައްސާރަކުރުމަކީ ދެރަކަމެއް: އިމްރާން

ފުޓްބޯލް ލެޖެންޑްސް އަށް ފުރައްސާރަކުރުމަކީ ދެރަކަމެއް: އިމްރާން

13 ފެބުރުއަރީ 2021

ބައެއް ފުޓުބޯޅަކުޅުންތެރިންނަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބައެއް ފުޓުބޯޅަކުޅުންތެރިންނަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރަކީ ދިވެހިން އެންމެ ބޮޑަށް އެއްބައިވަންތަކުރުވާ އެއް ވަސީލަތް ކަމަށާއި ވަކިން ހާއްސަކޮށް ފުޓްބޯޅައަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމަށެވެ.

"ރާއްޖެއަށް ތަށި ހޯދައިދީފައިވާ އަދި އެބަޔަކަށް ޓަކައި ފަހުރުވެރިވާ ލެޖެންޑްސް އަށް ފުރައްސާރަކުރުމަކީ ދެރަކަމެއް. މިފަދަ ކަންކަން ތަކުރާރުނުކުރުން ވަރަށް އެދެން،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.

އިމްރާން ކުރެއްވިި ޓްވީޓްގައި ވިދާޅުވީ ލެޖެންޑްސްއަށް ފުރައްސާރަކުރުމަކީ ދެރަކަމެއް ކަމަށް.

ސޯޝަލް މިޑިޔާގައި ވަރަށް ހަރަކާތްތެރި ސޫޒަން އިބްރާހިމް އިއްޔެ ކުރި ޓްވީޓްގައި ބުނެފައިވަނީ "ރައްޓެއްސެއް އޭނާ ގާތުގައި ބުނީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބައެއް ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެތޯ. ޓީމު ބަލިވެއްޖިއްޔާ ދަނޑު ވެސް ގޮއްވާލަފާނެޔޯ، ކާކުހޯ ސިޑިބަރީގައި އިންނަން ދާނީ" މިހެންނެވެ. އަދި އެ ގޮތަށް ލިޔުމަށް ފަހު ދަގަނޑޭ އާއި އަކްރަމްގެ ފޮޓޯތަކެއް ހިމެނޭ ސޯޝަލް މީޑިއާގައި ފުޓްބޯޅަ ޕްރޮމޯޓްކުރާ "ސިޑިބަރީ"ގެ ޕޯސްޓެއް ވެސް ޓްވީޓްގައި ހިމެނި އެވެ. އޭނާ ހިމެނި ޕޯސްޓުން ފެންނަނީ ގައުމީ ޓީމްގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޣަނީ (އަކޫ) އެވެ. އެހެންވެ އާއްމުންނަށް އެކަން ދޭހަވީ އެ ދެކުޅުންތެރިންނަށް ކުރި މަލާމާތެއްގެ ގޮތުގަ އެވެ.

ދިވެހިންގެ އިހުތިރާމް އެތައް ގޮތަކުން ހޯދާފައިވާ ދަގަނޑޭ އާއި އަކްރަމްގެ ދިފާއުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން އަންނައިރު، އެ ކަމުގައި ނަން މަޝްހޫރު އެކި ފަރާތްތައް ވެސް ބައިވެރިވެ އެވެ. އެ ގޮތުން ކުޅިވަރުގެ އިސް މުއައްސަސާތަކުގެ ވެރިން ވެސް ހިމެނެ އެވެ.