Roadha Mihaaru
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކޮށްގެން ޑިސްކައުންޓް ހޯދުމުގެ ފުރުސަތު

ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރި ކޮށްގެން ޑިސްކައުންޓު ހޯދުމުގެ ފުރުސަތު

07 ފެބުރުއަރީ 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޭޝް ކާޑުތަކުން ވިޔަފާރި ކޮށްގެން ޑިސްކައުންޓު ހޯދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޭޝް ކާޑުތަކުން ވިޔަފާރި ކޮށްގެން ޑިސްކައުންޓު ހޯދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ބޭންކުން ބުނީ، މާޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޑިސްކައުންޓު ލިބޭނީ ބީއެމްއެލްގެ "އޮފާސް" ޕޯޓަލްގައި ލިސްޓު ކޮށްފައިވާ ފިހާރަތަކުން ވިޔަފާރި ކުރުމުން ކަމަށް އެ ބޭންކުން ބުނެ އެވެ. ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި ރެސްޓޯރަންޓު، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތަކުގެ އިތުރުން އެހެން ގިނަ ފިހާރަތަކެއް ހިމެނެ އެވެ.

ބީއެމްއެލް ޓްވީޓް

ބީއެމްއެލްގެ ކާޑުތައް ބޭނުން ކޮށްގެން ޑިސްކައުންޓު ލިބޭ ބައެއް ވިޔަފާރިތަކުގެ ތެރޭގައި ޗެޕްސް ރިޒާވާއި ގްލޯރިއާ ޖީންސާއި ޕިޓާ ޕޭން ރެސްޓޯރެންޓާއި ޕިއްޒާ ބޯނާ އާއި މެޑްމެކްސް ހިމެނެ އެވެ.