ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ލައިސަންސް ދީފި އެވެ.
02 ޖޫން 2016
ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ލައިސަންސް ދީފި އެވެ.
މަރުކަޒީ ބޭންކުން އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް މިއަދު ލައިސަންސް ދިނީ ދިވެހި އިންޝުއަރެންސް ކިޔާ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށެވެ. އެ ކުންފުނީގެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އެލައިޑް އިންޝުއަރެންސްގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގެވެ. އޭގެ އިތުރުން އެންސިސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްއެމްއޭ އިން ބުނީ އެ ކުންފުންޏަށް ލައިސަންސް ދިނީ ރާއްޖޭގައި ޖެނެރަލް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ކަމަށެވެ. އަދި އެ ކުންފުންޏަށް ލައިސަންސް ދިނީ ހަ މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާ ގޮތަށް ކަމަށް ވެސް އެ އެ އޮތޯރިޓީން ބުންޏެވެ.
"މި އިންޝުއަރެންސް ކުންފުނި ގާއިމުކުރުމުން އިންޝުއަރެންސް ދާއިރާ ފުޅާވެ ތަރައްގީވުމަށް މަގުފަހިވެގެންދާނެ. އަދި އިންޝުއަރެންސް ދާއިރާގެ ވާދަވެރިކަން އިތުރުވެ ރައްޔިތުންނާ ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރެންސްގެ ހިދުމަތްތައް އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމަށް ވެސް ބާރުއެޅިގެންދާނެ،" އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް މިދިޔަ މާޗް މަހު ފަހުކޮޅު ސޮލަރެލް އިންޝުއަރެންސް އަށް ލައިސަންސް ދީފައިވެ އެވެ. އަދި އެއީ އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ދިން ފުރަތަމަ ދިވެހި ކުންފުންޏެވެ.
ރާއްޖޭގައި މި ވަގުތު އިންޝުއަރެންސްގެ ހިދުމަތް ދެނީ އެލައިޑް އިންޝުއަރެންސް އާއި ސޮލަރެލް އިންޝުއަރެންސް އަދި ލަންކާގެ ދެ ކުންފުންޏަކުންނެވެ.
ވާހިދުގެ ފިޔަވަޅުން ދިވެހި އިންޝުއަރެންސް ކުރިޔަށް!
އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ފައިދާއެއް!
ބަންދު ސަލީމް އިސްކޮށް، ސޮލަރެލްގެ ފުރަތަމަ ފިޔަވަޅު
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ބޭނުންކުރަނީ
ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު
2.1 ބިލިއަން އެމްއެމްއޭ އަށް ވައްދައިފި
ހުރިހާ ޑޮލަރެއް ބޭންކަށް މާރުނުކޮށް މިކަން ވާނެތަ؟
ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން
ދައުރުވާ ފައިސާއިން 100 މިލިއަން މަދުވެއްޖެ