24 ޖެނުއަރީ 2021
ކ. ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ ތަހުގީގު ކުރަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ކ. ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ ތަހުގީގު ކުރަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
އެ ފިނޮޅުގެ ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރި ކަމަށް ބެލެވެނީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެކެވެ. މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް އީޕީއޭ އާއި ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފަ އެވެ.
"ފެންނަ ފެނުމަށް ވަރަށް ބޮޑު ކަމެއް އެ އޮތީ ކޮށްފައި. އެހެންވީމާ ތަހުގީގުން ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާނަން،" - ނައީމް
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް މިއަދު ވިދާޅުވީ، މައްސަލަ ތަހުގީގު ކުރަން ފުލުހުންނާ އެކު މަސައްކަތްކަތް ކުރަމުން އަންނަ ކަމަށާއި އެ އެޖެންސީގެ ޓީމެއް ފޮނުވޭތޯ ބަލަމުން އަންނަ ކަމަށެވެ.
"ފެންނަ ފެނުމަށް ވަރަށް ބޮޑު ކަމެއް އެ އޮތީ ކޮށްފައި. އެހެންވީމާ ތަހުގީގުން ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަކުރެވިއްޖެ ނަމަ، ފިޔަވަޅު އަޅާނަން،" ނައީމް ވިދާޅުވި އެވެ.
މި މައްސަލައިގައި އީޕީއޭ އަށް ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި، އެ ފިނޮޅު ކުރިން އޮތް ގޮތަށް ހަދަން އެންގުމުގެ ބާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން 100 މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެ އިދާރާ އަށް ލިބިފައި ވެ އެވެ.
ފިނޮޅު ހަލާކުކޮށްލަން މަސައްކަތް ކުރުމުން، ތިމާވެށި ހިމާޔަތްކުރާ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިލިލަންކަންފުށި ރިސޯޓު ކައިރީގައި މިއަދު މުޒާހަރާކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ޕޯސްޓެއް ދައުރުވި އެވެ.
ނަމަވެސް ހިންމަފުށީ ކައުންސިލް މެމްބަރު ހަސަން ފާއިޒު ވިދާޅުވީ އެފަދަ މުޒާހަރާއެއް އަދި ކުރިއަށް ނުދާ ކަމަށެވެ. އެ ކަހަލަ ކަމެއްގައި އެ ރަށުގެ ބަޔަކު ބައިވެރިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
ހިލަ ބާޖަކާއި ޓަގުބޯޓެއް ހުޅުމާލެ ފަރަށް އަރައިފި
ކުޅުދުއްފުށީ ފަރުގައި ބާޖު އޮންނަތާ 6 މަސް!
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
މުރަކަ އިންދާ މަޝްރޫއަށް އަލުން ހުޅުވާލަނީ
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ދިއްދޫ ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
ވެލާތައް ހިފައި ކެއްކީ ކެންދޫ ބައެއް: އީޕީއޭ