Roadha Mihaaru
އިޓަލީގެ 'ސަލާމީ' ބޭނުން ނުކުރަން އަންގައިފި

އިޓަލީން އެތެރެ ކޮށްފައިވާ 'ސަލާމީ' ބޭނުން ނުކުރަން އަންގައިފި

17 ޖެނުއަރީ 2021

އިޓަލީން އެތެރެކުރާ، ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ ސަލާމީ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އަންގައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިޓަލީން އެތެރެކުރާ، ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ ސަލާމީ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އަންގައިފި އެވެ.

އެ އޮތޯރިޓީން ބުނީ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީ ވިލާތުގެ 'ސަލާމީ' ރާއްޖެ އަށް އެތެރެ ވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން 'ސަލާމީ' ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އިލްތިމާސް ކުރެ އެވެ.

އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކާ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމަށް އެދެ އެވެ.