16 ޖެނުއަރީ 2021
އިންޑިއާގެ އެންމެ ދޮޅު އަހަރުގެ ކުއްޖަކު މަރުވި އިރު، އެހެން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭން އެ ކުއްޖާގެ ގުނަވަންތައް ހަދިޔާކޮށްފި އެވެ.
އިންޑިއާގެ އެންމެ ދޮޅު އަހަރުގެ ކުއްޖަކު މަރުވި އިރު، އެހެން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭން އެ ކުއްޖާގެ ގުނަވަންތައް ހަދިޔާކޮށްފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ އިންޑިއާގައި މިހާތަނަށް ގުނަވަންތައް ހަދިޔާކުރި އެންމެ ހަގު ކުއްޖާ އެވެ. ދަނިޝްތާ ކިޔާ ނިއު ދިއްލީ އަށް ނިސްބަތްވާ 20 މަހުގެ އެ ކުއްޖާ މަރުވީ މި މަހުގެ 8 ވަނަ ދުވަހު ގޭގެ ފުރަތަމަ ފަންގިލާގެ ބެލްކަނީގައި ކުޅެން އުޅެނިކޮށްވެއްޓި ބޮލަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 11 ވަނަ ދުވަހު އެވެ.
އެ ކުއްޖާ އަށް ފަރުވާދިން ދިއްލީގެ ސްރީ ގަންގާރާމް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ބުނީ ކުއްޖާގެ ފުރާނަ ސަލާމަތްނުކުރެވުނީ ސިކުނޑި އަށް ލޭ އެޅި ލިބުނު ގެއްލުންތައް ސީރިއަސްވެގެން ކަމަށެވެ. އެ ވާހަކަ ޑޮކްޓަރުންގެ ޓީމުން އާއިލާއާ ހިއްސާކޮށް ދަނިޝްތާގެ މައިންބަފައިންގެ ކިބައިން އެދުނީ އެހެން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭން ގުނަވަންތައް ހަދިޔާކުރުމަށެވެ.
"ދަރިފުޅުގެ ކުއްލި ވަކިވުމުގެ ހިތާމައާ އެކު އަހަރެންނަށް ދެން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ޑޮކްޓަރުންގެ ޓީމުން ދެއްކި ވާހަކަތަކުން،" ކުއްޖާގެ ބައްޕަ އަޝިޝް ކުމާރު މީޑިއާތަކަށް ބުންޏެވެ. "އެހެންވެ އެހެން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭން ދަރިފުޅުގެ ގުނަވަންތައް ހަދިޔާކުރަން ނިންމީ."
ދަނިޝްތާގެ ގުނަވަން ހަދިޔާކުރީ ފަސް މީހަކަށެވެ. ކުއްޖާގެ ހިތާއި ކިޑްނީ އާއި ފުރަމޭ އާއި ލޯ ހަދިޔާކޮށްފައިވެ އެވެ.
"ދަރިފުޅުގެ ގުނަވަންތައް ހަދިޔާކޮށް ބަޔަކަށް އެހީވެވުން ވެގެން ދިޔައީ ލިބުނު ވަރަށް ބޮޑު ތަސައްލީއަކަށް." އަޝިޝް ބުންޏެވެ.
ދަނިޝްތާ މައިންބަފައިންނާ އެކު.
ދަނިޝްތާގެ މައިންބަފައިން ދެއްކި ހިތްވަރާއި އެ ނަމޫނާ އަށް އެ ކުއްޖާ އަށް ފަރުވާދިން ހޮސްޕިޓަލްގެ ޗެއާމަން ޑރ. ޑީއެސް ރާނާ ތައުރީފުކޮށް ޝުކުރު އަދާކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަޝިޝްގެ ދެމަފިރިންގެ އެ ހަދިޔާ އަކީ އިންޑިއާގެ ގިނަ ބަޔަކު ނަމޫނާއަކަށް ބަލަން ޖެހޭ ވަރުގެ ކަމެކެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ގުނަވަންތައް ހަދިޔާކުރުމުގެ ނިސްބަތް ވަރަށް ދަށް ގައުމެކެވެ.
"މިކަމުގެ ސަބަބުން ގުނަވަންތައް ނުލިބިގެން އެވްރެޖްކޮށް އިންޑިއާ އިން އަހަރަކު ލައްކައެއްހާ މީހުން މަރުވޭ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އާއިލާއެއް ފެންގަނޑަކަށް ދަމައިގަނެ މަރު
ކޮޗިންގައި އެކްސިޑެންޓެއްވެ 3 ދިވެހިންނަށް އަނިޔާވެއްޖެ
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
40 ދުވަސް ފަހުން އެކުދިން ފެނުމަކީ އަޖައިބެއް
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
އިންޑިއާގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 280 މަރު
ގައިމައްޗަށް ގޯލެއް ވެއްޓި ކުއްޖަކު މަރުވެއްޖެ
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
ގުޖުރާތުގައި ބްރިޖެއް ވެއްޓި 120 މީހަކު މަރުވެއްޖެ
ކުޑަކުދިންނާ ގުޅޭ މަޖާ ބިރުވެރި ފިލްމެއް ނޮވެމްބަރުގައި