24 ޑިސެމްބަރ 2022
ހއ. އުލިގަމުގައި ކުޑަކުއްޖެއްގެ ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި އެ ކުއްޖާ ދެންމެ މަރުވެއްޖެ އެވެ.
ހއ. އުލިގަމުގައި ކުޑަކުއްޖެއްގެ ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި އެ ކުއްޖާ ދެންމެ މަރުވެއްޖެ އެވެ.
އުލިގަމު ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު ރަޝީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ ކުޑަކުދިންތަކެއް ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގަ އެވެ.
އަހުމަދު ވިދާޅުވީ، އުމުރުން ނުވަ އަހަރުގެ އެ ފިރިހެން ކުއްޖާ އަށް ލިބުނު އަނިޔާ އަށް ފަހު ގެންދިޔައީ އުލިގަމު ހެލްތު ސެންޓަރަށް ކަމަށެވެ.
ކައުންސިލުގެ ނައިބު ރައީސް އައްސަދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން މާ ބޮޑު ޒަހަމެއް ފެންނަން ނެތް ކަމަށެވެ.
ފުދޭވަރެއްގެ ބަރު އެ ގޯލް ޕޯސްޓް ވެއްޓުމުން ސީރިއަސް އަނިޔާތަކެއް ވީ އެ ކުއްޖާގެ ކަނދުރާއަށެވެ.
އެ ކުއްޖާއާއެކު ފުޓުބޯޅަ ކުޅެން އުޅުނު މީހަކު "މިހާރު" އަށް ބުނީ ގޯލް ޕޯސްޓް ވެެއްޓުނީ ކުއްޖާގެ ބޮލަށް ކަމަށެވެ. އަދި އަނގައިންނާއި ނޭފަތުން ވަރަށް ބައިވަރު ލޭ ފޭބި ކަމަށް ބުންޏެވެ.
އެ ކުއްޖާގެ ގައި މައްޗަށް ގޯލު ޕޯސްޓް ވެއްޓުނު ގޮތެއް އަދި ނޭނގެ އެވެ.
އެ ކުއްޖާއާއެކު ކުޅެން ދިޔަ ކުދިންނާ ހަވާލާދީ، ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު ވިދާޅުވި ގޮތުގައި ވެއްޓުނީ ފުޓްސަލް ކުޅޭ ސައިޒުގެ ގޯލް ޕޯސްޓެކެވެ.
އެކްސިޑެންޓްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
އަރުޝާންގެ ކުއްލި މަރު، އައްޑޫ ބަލައިލުމުގެ ދަތުރުގައި
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް
ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
ހުޅުމާލެ އެކްސިޑެންޓް: އަނިޔާވި ފިރިމީހާ މަރުވެއްޖެ