އިންޑިއާގައި ކެމިކަލް ފެކްޓަރީއެއް ގޮވައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
އިންޑިއާގައި ކެމިކަލް ފެކްޓަރީއެއް ގޮވައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ދެކުނުގެ ތެލަންގާނާ ސްޓޭޓްގައި ހުންނަ ސަންގަރެޑީގައި ހޯމަ ދުވަހު ހިނގި މި ހާދިސާގައި އެ އިމާރާތް ވަނީ އެއްކޮށް ކުދިކުދި ވެފަ އެވެ.
އިންޑިއާގައި އިންޑަސްޓްރިއަލް އެކްސިޑެންޓުތައް ވަރަށް ގިނައިން ހިނގަމުން އަންނައިރު ތަޖުރިބާކާރުން ބުނަނީ މިކަމުގެ ސަބަބަކީ އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމާއި ރައްކާތެރިކަމުގެ ގަވައިދުތައް ތަންފީޒު ނުކުރެވުން ކަމަށެވެ.
ސްޓޭޓް ޗީފް މިނިސްޓަރު ރެވަންތު ރެޑީ، ހާދިސާ ހިނގި ތަނަށް ވަޑައިގެން އާންމުކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ގޮވުމުގެ ބާރު ގަދަކަމުން މުޅި ތަން އެއްކޮށް ހަލާކުވެފައި ވާއިރު ދަގަނޑު ފަދަ ތަކެތި ވެސް ހުރީ އެނބުރި ހަލާކުވެފަ އެވެ.
ރެޑީ ވިދާޅުވި ގޮތުގައި ފެކްޓަރީ ގޮވި އިރު އެތަނުގައި 143 މީހަކު ތިއްބެވެ.
މަރުވި މީހުން ހޯދުމުގެ މަސައްކަތްކުރާތާ ދެ ދުވަސް ވެފައި ވާއިރު މިހާތަނަށް 36 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.
"ފެކްޓަރީގެ ބައިތަކުގެ ދަށުގައި އަދިވެސް އެތައް ބަޔަކު ވާނެ ކަމުގެ ބިރު އެބަ އޮތް. އަދި ހާދިސާ ހިނގުމާ އެކު ބައެއް މީހުން ފިލައިގެން ދިޔަ ކަމަށް ވެސް ބެލެވޭ،" ރެޑީ ވިދާޅުވި އެވެ.
ރެޑީގެ އޮފީހުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ.
ފެކްޓަރީގެ ވެރިފަރާތް ކަމަށްވާ ސިގާޗީ އިންޑަސްޓްރީޒް އިން ވެސް ބަޔާނެއް ނެރެ، މި ހާދިސާގައި ބަޔަކު މަރުވެފައި ވާތީ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ.
މިއީ ފާމަޝޫޓިކަލް، ކާނާ، ކޮސްމެޓިކްސް އަދި ކެމިކަލް އިންޑަސްޓްރީތަކަށް ސަޕްލައިކުރާ ކުންފުންޏެކެވެ. ގުޅަ ބޭސް އުފެއްދުމަށް ބޭނުންކުރާ ކޮމްޕޮނެންޓް މި ފެކްޓަރީގައި ހަދަ އެވެ. -- އޭއެފްޕީ
އިންޑިއާގެ އާއިލާއެއް ފެންގަނޑަކަށް ދަމައިގަނެ މަރު
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
ގުޖުރާތުގައި ބްރިޖެއް ވެއްޓި 120 މީހަކު މަރުވެއްޖެ
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 11 މީހުން މަރުވެއްޖެ
އެމްއާރުއައި މެޝިނަކަށް ދަމައިގަތް މީހަކު މަރުވެއްޖެ
އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު 146،000 މަރު
ލެޕްޓޮޕުން ކަރަންޓުގައި ޖެހި މީހަކު މަރުވެއްޖެ
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
އެންމެދުވަސްވީ ދުވުންތެރިޔާ އެކްސިޑެންޓުވެ މަރުވެއްޖެ
އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވައިފި