Roadha Mihaaru
އެމްއާރުއައި މެޝިނަކަށް ދަމައިގަތް މީހަކު މަރުވެއްޖެ

އެމްއާރުއައި މެޝިނަކަށް ދަމައިގަތް މީހަކު މަރުވެއްޖެ

30 ޖެނުއަރީ 2018

އިންޑިޔާގެ މުމްބައިގެ ހޮސްޕިޓަލެއްގައި ހިނގި އެކްސިޑެންޓެއްގައި އެމްއާރުއައި މެޝިނެއްގެ ތެރެއަށް މީހަކު ދަމައިގަތުމުގެ ސަބަބުން އެ މީހާ މަރުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިޔާގެ މުމްބައިގެ ހޮސްޕިޓަލެއްގައި ހިނގި އެކްސިޑެންޓެއްގައި އެމްއާރުއައި މެޝިނެއްގެ ތެރެއަށް މީހަކު ދަމައިގަތުމުގެ ސަބަބުން އެ މީހާ މަރުވެއްޖެ އެވެ.

ރާޖޭޝް މާރޫ، 32، އެމްއާރުއައި މެޝިނު ތެރެއަށް ދަމައިގަތީ އެމްއާރުއައި ހަދާ ކޮޓަރިއަށް އޮކްސިޖަން ސިލިންޑަރެއް ހިފައިގެން ވަނުމުންނެވެ އެވެ. އެއާ އެކު ސިލިންޑަރާ އެކު، މެޝިނުގެ ދަގަތްފާނުގެ ބާރަށް މެޝިނު ތެރެއަށް ދަމައިގަތީ އެވެ. އާއިލާއިން ބުނަނީ ސިލިންޑަރު ހިފައިގެން ކޮޓަރިއަށް ވަނީ ހޮސްޕިޓަލުގެ މުވައްޒަފަކު އެކަން ކޮށްދޭން އެދުމުން ކަމަށެވެ.

ދަގަނޑު އެއްޗެއް އެމްއާރުއައި ކޮޓަރިއަށް ވެއްދުމަކީ މަނާ ކަމެކެވެ.

އޭއެންއައި ގެ ޓުވީޓް

މެޝިން ތެރެއަށް މާރޫ ދަމައިގަތުމުން ވަރަށް ބޮޑެތި އަނިޔާތައް ލިބުނެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ.

ރާޖޭޝް އެ ކޮޓަރިއަށް ވަނީ ޑޮކްޓަރުގެ އިންތިޒާރުގައި އެ ތަނުގައި ތިބި އާއިލާގެ ބަޔަކާ ބައްދަލުކޮށްލާށެވެ.

އެމްއާރުއައި ހަދާ ކޮޓަރިއަށް މާރޫ ވަންއިރު އެމްއާރުއައި މެޝިން ހުރީ ޖައްސައިފަ އެވެ.