Roadha Mihaaru
މީހެއްގެ ސިކުނޑިތެރޭ ފަންޏެއް ބިސް އެޅުމުން މަރުވެއްޖެ

މީހެއްގެ ސިކުނޑިތެރޭ ފަންޏެއް ބިސް އެޅުމުން މަރުވެއްޖެ

01 އެޕްރީލް 2019

އިންޑިއާ ޒުވާނެއްގެ ސިކުނޑި ތެރޭގައި ފަންޏެއް ބިސް އަޅައި ހާލި ހެދުމުން އެ މީހާ މަރުވެއްޖެ އެވެ.

އިންޑިއާ ޒުވާނެއްގެ ސިކުނޑި ތެރޭގައި ފަންޏެއް ބިސް އަޅައި ހާލި ހެދުމުން އެ މީހާ މަރުވެއްޖެ އެވެ.

އުމުރުން 18 އަހަރުގެ ޒުވާނާ އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ހަފުތާއެއް ވަންދެން ދަށްބަނޑުގައި ވަރަށް ގަދަޔަށް ރިއްސައި ފިޓް ޖެހިގެންނެވެ. އޭރު އޭނާގެ ކަނާތްފަރާތު ލޯ ދުޅަވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި ޓެސްޓްތަކުން އެނގުނު ގޮތުގައި ލޮލާއި އުރަވަޅީގެ ތެރޭގައި ސިސްޓްތަކެއް ވެސް ހުއްޓެވެ.

އޭނާގެ އެމްއާރްއައި ސްކޭނެއް ހެދުމުން، ސިކުނޑީގައި ފާރު ހެދިފައި ހުރިކަން އެނގުނެވެ. އިތުރު ޓެސްޓްތައް ހެދުމުން، އެ ޒުވާނާ އަށް ޖެހިފައިވަނީ "ސިސްޓިސަކޯސިސް" ކަން އެނގުނެވެ. މިއީ ޓޭޕްވޯމްގެ "ޕެރަސައިޓިކް ލާވަލް ސިސްޓް" އިން ޖެހޭ އިންފެކްޝަނެކެވެ. މި ލާވާއިން ސިކުނޑި އާއި މަސްގަނޑާއި އެހެން ޓިޝޫތައް އިންފެކްޓްވެ އެވެ. އެއާ އެކު، ފިޓް ޖެހުން ފަދަ ކަންކަން ދިމާވެ އެވެ.

ޓޭޕްވޯމްގެ ބިސް އަނގައިން ހަށިގަނޑު ތެރެއަށް ގޮސްގެން ސިސްޓިސަކޯސިސް ޖެހިދާނެ އެވެ. ފުރަގަސްފަރާތުގައި ޓޭޕްވޯމް އަށަގަނެ ނަޖިހުގައި އެ ހުންނަ ހާލަތެއްގައި އެ ނަޖިހުގެ އަސަރު އަނގައިގެ ޒަރިއްޔާއިން ހަށިގަނޑަށް ވާސިލްވެއްޖެ ނަމަ މި ބަލި ޖެހިދާނެ އެވެ. މި ބަލި ޖެހޭ މީހުން އެންމެ ގިނައީ ލެޓިން އެމެރިކާ، އޭޝިއާ އަދި އެފްރިކާގެ ފަގީރު ހިސާބުތަކުގަ އެވެ. މިއީ ސާފުތާހިރުކަން ކުޑަ، ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ހިސާބުތަކުގައި އާންމު ކަމެކެވެ.

އިންޑިއާގެ މި ޒުވާނާ އަށް ފަރުވާ ނުދެވި ގިނަ ދުވަސް ވުމުން ސިކުނޑި އަށް ޓޭޕްވޯމް ވާސިލްގެ ހަލާކުވީ އެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ބުނަނީ މި ޒުވާނާ އަށް އެންޓި-ޕެރަސައިޓިކް ބޭސް ދިން ނަމަ ރަނގަޅު ކުރެވޭނެ ކަމަށެވެ. އެކަމަކު މި ބޭސް ނުދިނީ ބަލި އިތުރަށް ގޯސްވެދާނެ ކަމަށް ބަލައިފަ އެވެ. ބަދަލުގައި ފަރުވާ ދިނީ، ފިޓް ޖެހޭތީ އެވެ.