Roadha Mihaaru

ހިތްދަތި މަންޒަރެއް: އާއިލާއެއް ފެނުގެތެރެއަށް ދަމައިގަނެ މަރު

02 ޖުލައި 2024

އިންޑިއާގެ މުމްބާއީ ކައިރީގައި އޮންނަ ލޮނަވާލާއަށް ޕިކްނިކް ގޮސް އެތަނުގައި އޮންނަ ވޯޓާފޯލްއަކަށް އެރި އުޅުނު އާއިލާއެއް އެއްކޮށް ފެނުގެ ތެރެއަށް ދަމައިގެން ބަޔަކު މަރުވެއްޖެ އެވެ.

އިންޑިއާގެ މުމްބާއީ ކައިރީގައި އޮންނަ ލޮނަވާލާއަށް ޕިކްނިކް ގޮސް އެތަނުގައި އޮންނަ ވޯޓާފޯލްއަކަށް އެރި އުޅުނު އާއިލާއެއް އެއްކޮށް ފެނުގެ ތެރެއަށް ދަމައިގެން ބަޔަކު މަރުވެއްޖެ އެވެ.

މި ހިތާމަވެރި މަންޒަރުގެ ވީޑިއޯ އާންމުވެފައި ވާއިރު ފެންނަނީ ހަތް މެންބަރުންގެ އާއިލާ، ގަދަ އޮއިގަނޑުގެ ތެރޭގައި ކޮޅަށް ތިބޭ ތަނެވެ. ފެންނަނީ އަންހެނަކާއި ފިރިހެނެއްގެ ގައިގައި ކުޑަކުދިންނަށް ހިފަހައްޓައިގެން ތިއްބަ އެވެ.

އެހެން ތިއްބާ އެތަނުން އެކަކަށް ކޮޅަށް ނުހުރެވި ވެއްޓުމާ އެކު، ގަދަޔަށް ދެމެމުން ދިޔަ ފެންގަނޑުތެރެއަށް ފަހަރަކު މީހަކު ދަމައިގަނެ އެވެ.

މީގެ ތެރެއިން ދެ މީހަކު ސަލާމަތްވެފައި ވާއިރު ތިން މީހަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ވީޑިއޯގައި ފެންނަ ގޮތުގައި އެ އާއިލާ މަސައްކަތްކުރަނީ އެކަކު ގައިގައި އަނެކަކު ހިފަހައްޓަމުން ގޮސް ފެންގަނޑު ހުރަސްކުރާށެވެ. އެކަމަކު މިނެޓެއްހާއިރު ވެސް އެ މީހުންނަށް ހިފަހައްޓާނުލެވި ފެނުގެ ތެރެއަށް ދަމައިގަތީ އެވެ.

ގިނަ ބަޔަކު ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ޕިކްނިކް ގޮސް އުޅޭ ސަރަހައްދަށް އިއްޔެ މެންދުރު ފަހު ދިޔަ މި އާއިލާ އެރި އުޅުނު ތަނުގައި އެހާ ބާރު ގަދަވެފައިވަނީ މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޑޭމްތައް ފުރި ބަންޑުންވަމުން ވާތީ އެވެ.