03 ޖޫން 2023
އޮޑިޝާ (ޖޫން 3) - އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައި އިއްޔެ ދެ ރޭލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި 280 މީހުން މަރުވެ އަދި 900 އެއްހާ މީހުން ޒަހަމްވެއްޖެ އެވެ.
އޮޑިޝާ (ޖޫން 3) - އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައި އިއްޔެ ދެ ރޭލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި 280 މީހުން މަރުވެ އަދި 900 އެއްހާ މީހުން ޒަހަމްވެއްޖެ އެވެ.
އިއްޔެ އިރުއޮއްސުނު ފަހުން އިންޑިއާގެ ވެސްޓް ބެންގާލްގެ ކޮލްކަތާ އިން ޓެމިލް ނާޑޫގެ ޗެންނާއީއަށް ދަތުރުކުރި ރޭލް އެކްސިޑެންޓްވާން ދިމާވީ މުދާ އުފުލާ އެހެން ރޭލެއް ޖެހިގެންނެވެ.
ގާތްގަނޑަކަށް 80 ކިލޯމީޓަރުގެ ބާރުމިނުގައި ދިޔަ ރޭލުން މުދާ އުފުލާ ރޭލުގައި ޖެހުނީ އެއް ވަގުތެއްގައި ދެ ރޭލް ދެކޮޅަށް ދާން އުޅުމުގެ ތެރޭގަ އެވެ.
ރޭލް އެކްސިޑެންޓްގައި މަރުވި މީހުންގެ ހަށިގަނޑުތައް ނަގައި ހާދިސާ ހިނގި ސަރަހައްދާ ދުރުގައި ބަހައްޓާފައި --- ފޮޓޯ: އޭއެފްޕީ
އޮޑިޝާގެ ސަރަހައްދީ ސަރުކާރުގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖެނާ ވިދާޅުވީ އިތުރު ހަށިގަނޑުތައް ފެންނަމުން ދާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޮޑިޝާގެ ބަލަސޯ ޑިސްޓްރިކްޓް ސަރަހައްދުގައި ހިނގި މި ހާދިސާގައި ޒަހަމްވެފައިވާ މީހުން އުފުލުމަށް 200 އަށް ވުރެ ގިނަ އެމްބިއުލާންސް ދަނީ ހަރަކާތްތެރި ވަމުންނެވެ. މިހާތަނަށް ގާތްގަނޑަކަށް 850 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް 100 ޑޮކްޓަރުންގެ ޓީމެއް ވަނީ އެކުލަވައިލައިފަ އެވެ.
މި ހާދިސާ އަކީ މިދިޔަ 20 އަހަރު ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލް އެކްސިޑެންޓެވެ.
އިންޑިއާގެ އާއިލާއެއް ފެންގަނޑަކަށް ދަމައިގަނެ މަރު
ކޮޗިންގައި އެކްސިޑެންޓެއްވެ 3 ދިވެހިންނަށް އަނިޔާވެއްޖެ
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
ގުޖުރާތުގައި ބްރިޖެއް ވެއްޓި 120 މީހަކު މަރުވެއްޖެ
އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
އެކްސިޑެންޓުގައި އަނިޔާވި އެކަކު ރާއްޖެއިން ބޭރަށް
އެކްސިޑެންޓެއްގައި އިންޑިއާގެ ތަރިއަކު މަރުވެއްޖެ
ކޮޗިންގައި ހިނގި އެކްސިޑެންޓުގައި ދިވެއްސަކަށް އަނިޔާ
ކައިވެނީގެ ރަސްމިއްޔާތެއްގައި ވަޅަކަށް ވެއްޓި 13 މަރު