06 ނޮވެމްބަރ 2016
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިންތިހާބުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިންތިހާބުކޮށްފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ރިޔާޒް އެ މަގާމަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި ބައިވެރިވެޑައިގެންނެވި 16 މެމްމަބަރުންގެ ތެރެއިން 13 މެމްބަރުންގެ ވޯޓުންނެވެ. ރިޔާޒާ ވާދަކުރެއްވި އައިޝަތު ޝެރީނަށް ލިބުނީ ތިން ވޯޓެވެ.
ރިޔާޒް ވިދާޅުވީ ނައިބު ލީޑަރު ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ޕާޓީ ހިންގުމަށް އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ހިންގައި ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ޖޭޕީ އަކީ އިދިކޮޅު ޕާޓީއަކަށްވެފައި، ސަރުކާރު ޒިންމާދާރުކުރަން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން މިހާރު މަގާމުގައި ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ކުރީގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މީގެ ކުރިން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އެޗުއާރުސީއެމްގެ ނައިބު ރައީސް ޝިފާގު މުފީދު އިސްތިއުފާ ދެއްވުމުން ދެ މަގާމު އޮތީ ހުހަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބަށް ތައްޔާރުވާން ޖޭޕީގެ ހިންގުން ހަރުދަނާކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށަން ވަނީ ނިންމައިފަ އެވެ. އަދި މީގެ ދެ އަހަރު ފަހުން 2018 ގައި އޮންނަ ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރެން ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ނާޒިމާއި ރިޔާޒް ކުރަނީ ވަރަށް ހަޑިހުތުރު ކަމެއް:ގާސިމް
ޔާމީން އާއި ޖޭޕީ ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
ގާސިމާއި ރިޔާޒްގެ ދައުވާ އަނބުރާ ގެންދަން ގޮވާލައިފި
ގާސިމް ހުރީ "ރަހީނުކޮށްފައި": މެމްބަރުން
"ޕާޓީތަކުގެ މެދުގައި ކޯޅުން ހުއްޓުވޭނީ ގާސިމަށް"
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟
ގާސިމް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި
ރިޔާސީރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުރީ ގާސިމް އެކަނި
ޖޭޕީގެ ޓިކެޓަށް އެއްވެސް މީހަކު އަދި ކުރިމައްޗެއް ނުލާ