Roadha Mihaaru
"ޕާޓީތަކުގެ މެދުގައި ކޯޅުން ހުއްޓުވޭނީ ގާސިމަށް"

ސިޔާސީ ޕާޓީތަކުގެ މެދުގައި ކޯޅުން ހުއްޓުވޭނީ ގާސިމަށް: އަލީ ވަހީދު

07 އޯގަސްޓް 2023

ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ޕާޓީތަކުގެ މެދުގައި ކޯޅުމުގެ ނުރަނގަޅު ސަގާފަތެއް މިހާރު އުފެދިފައިވާ ކަމަށާއި އެކަމަށް ނިމުމެއް އަންނާނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް އޭނާގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖޭޕީން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަލީ ވަހީދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ވެރިކަމެއް ވެސް އުފެދުނީ އިންތިހާބުތަކުގެ ދެވަނަ ބުރުގައި ގާސިމް ތާއީދު ލިބިގެން ކަމަށެވެ. ރައީސަކަށް ގާސިމް ހޮވަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ މީހަކު ވެރިކަމަށް އަޔަސް، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ކޯޅުންތަކުގެ ސަބަބުން މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެއްވެސް ހަމަޖެހުމެއް ލިބިފައި ނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެސް އުޅެނީ ކުރިން ވެރިކަމުގައި ތިބި ޕާޓީގެ މީހުން ޖަލަށް ލައި، ހަމަނުޖެހުން ހިންގާށެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިއަދު މިސާލަކަށް ދަންނަވަންޏާ ވެރިކަމުގައި މި އޮތީ އެމްޑީޕީ. އިދިކޮޅުގައި އޮތް ޕާޓީއަކީ ޕީޕީއެމް. ޕީޕީއެމްގެ އާންމު މެމްބަރުން އެ ތިބީ ހިތާމާގައި، ހިތްދަތިކަމުގައި. ދެހާސް ތޭރަ ވަނަ އަހަރު އަޅުގަނޑު ހުރީ އެމްޑީޕީގައި. އެމްޑީޕީގެ އާންމު މެމްބަރުން އޭރު ތިބީ މަގުމަތިވެފައި، ހިތާމައިގައި. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބު މި ޕާޓީގެ ބުރަ މަސައްކަތުން ކާމިޔާބު ކުރެވުނީ،" ގާސިމްގެ އެޑްވައިޒަރުކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ.

"އެކަމަކު މިކަން ބަދަލެއް ނުވޭ، ހަމަނުޖެހުން. އަބަދުވެސް ކޮންމެވެސް ކުރީގެ ރައީސެއް ޖަލުގައި. ނުވަތަ އެގޮތް މިގޮތް."

އެކަމާ މެދު ރަނގަޅަށް ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށް ވެސް، އެ ސަގާފަތް ނިމުމަކަށް ގެނެވޭނެ ގާބިލު ކެންޑިޑޭޓެއްގެ ގޮތުގައި ފެންނާނީ ގާސިމް އެކަނި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އެވެ.

ގާސިމް މިއަދު ވަނީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އީސީއަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފަ އެވެ.