14 އެޕްރީލް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައި ވަނީ އެއްވެސް އަސްލެއް ނެތް، ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓަ ޖެނެރަލް އަށް އެ ޕާޓީން އިއްޔެ ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައި ވަނީ އެއްވެސް އަސްލެއް ނެތް، ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓަ ޖެނެރަލް އަށް އެ ޕާޓީން އިއްޔެ ގޮވާލައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ މައްޗަށް ދައުވާކުރަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ފިތުނަ އުފެއްދުމުގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަދޭން ފުލުހުން އެދުމުން އެކަން ނުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
މި މައްސަލަތަކުގައި ގާސިމާއި ރިޔާޒްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ ފަށައިފަ އެވެ.
ޖުމްހޫރީ ޕާޓީން އިނގިރޭސިބަހުން ނެރުނު ނޫސް ބަޔާނުގައި ބުނީ ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކުރުމާއި ރިޔާޒުގެ މައްޗަށް އުފުލާފައިވާ އަސްލެއް ނެތް ދައުވާ ކުށްވެރިކުރާ ކަމަށެވެ. ގާސިމް ހައްޔަރުކޮށް ބަންދުގެ މުއްދަތު ހަ ދުވަސް އިތުރުކުރި މައްސަލައިގެ އިސްތިއުނާފުގައި، އޭނާ ހައްޔަރުކުރީ ގާނޫނާހިލާފަށް ކަން ކަނޑައަޅައި ދޫކޮށްލަން އަމުރުކޮށްފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ގާސިމް އިއްޔެ ކޯޓަށް ހާޒިރު ވަނީ -- ފައިލް ފޮޓޯ/ މިހާރު
ޖުމްހޫރީ ޕާޓީން ބުނީ، ގާސިމް މައްޗަށް އުފުލި ތިން ދައުވާގެ ޝަރީއަތް ޝެޑިއުލްކުރީ އޭނާ ދޫކޮށްލަން ހައި ކޯޓުން އަމުރު ނެރުމާ އެކުގައި ކަމަށެވެ. ގާސިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައޅާފައިވަނިކޮށް މި ތިންދައުވާ އަކީ ވެސް ބާތިލް އިޖުރާއަތުތަކެއްގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
ރިޔާޒާއި ގާސިމްގެ ޝަރީއަތުގައި، އެ ދެ ބޭފުޅުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް އެގޮތަށް ބަންދުގައި ބެހެއްޓޭނެ ފަދަ ހެއްކެއް ނެތް ކަމަށް ކަނޑައަޅާފައިވާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިނިވަން މުއައްސަސާތައް، މިނިވަންކަމާއި ޒިންމާދާރުކަމާ އެކު ހަރަކާތްތެރިވުމުގެ ޖާގަ ދިނުމަށް ވެސް އެ ބަޔާނުގައި ޖޭޕީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ނާޒިމާއި ރިޔާޒް ކުރަނީ ވަރަށް ހަޑިހުތުރު ކަމެއް:ގާސިމް
ޔާމީން އާއި ޖޭޕީ ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
ގާސިމް ހުރީ "ރަހީނުކޮށްފައި": މެމްބަރުން
ޖޭޕީގެ ޑެޕިއުޓީ ލީޑަރަކަށް ރިޔާޒް އިންތިހާބުކޮށްފި
"ޕާޓީތަކުގެ މެދުގައި ކޯޅުން ހުއްޓުވޭނީ ގާސިމަށް"
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟
ގާސިމް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި
ރިޔާސީރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުރީ ގާސިމް އެކަނި
ޖޭޕީގެ ޓިކެޓަށް އެއްވެސް މީހަކު އަދި ކުރިމައްޗެއް ނުލާ