09 އެޕްރީލް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ "ރަހީނުކޮށްފައި" ކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ "ރަހީނުކޮށްފައި" ކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހައިފަ އެވެ. ގާސިމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވީ ގާސިމް ހައްޔަރުކުރީ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ، ގާސިމް ވަގުތުން މިނިވަންކުރަން މުއައްސަސާތަކުގެ މައްޗަށް ލާޒިމްވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
"ގާސިމް ހައްޔަރުކުރީ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ހ.ގައި ބުނާ ގޮތާ މުޅިން ހިލާފަށް. ކުށުގެ ވެއްޓަކުން ނޫން ހައްޔަރުކުރީ، ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ގާނޫނާ ހިލާފު ކޯޓު އަމުރަކުން އިޖުރާއަތުތަކާ ހިލާފަށް ހައްޔަރުކުރީ. ފުލުހުންނަށް އޮޅިގެން ކުރެވުނަސް، ގާސިމް މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ،" ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒާއި އެހެން މެމްބަރުން ހަވާލާ ދެއްވާ މާއްދާގައި ވަނީ "ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް" ކަމަށެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ "އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލް އަށް ހުށަހެޅުމުން ޕްރޮސިކިއުޓަ ޖެެނެރަލް އަށް ފެނިއްޖެ ނަމަ އޭނާ "ކަމަށް ވެސް ގާނޫނުގައިވެ އެވެ.
ގާނޫނުގައި މިހެން ކަނޑައަޅާފައި އޮއްވައި، ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓަށް ހުށަހެށީ ސީދާ ފުލުހުންނެވެ. ޕީޖީގެ ދައުރެއް ނެތި އެގޮތަށް ފުލުހުން އަމަލްކުރީ ކީއްވެގެންތޯ އެހުމުން، ފުލުހުން އެއަށް ޖަވާބެއް ނުދިނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ތަހުގީގު ހިނގަމުންދާ މައްސަލާގައި ފުލުހުން މިވަގުތު އެ މައްސަލާގައި ވަކި އެއްޗެއް ނުބުނާނެ" ކަމަށެވެ.
Membaraku jinaaee kushegge thahgeegah hayyarukuran court order ah edhenjeheynee PG. Gasim hayyarukuree Imthiyaz Qaanoonge 13(H)aa khilaafah pic.twitter.com/RQlMsSbz4e
— Abdulla Shahid (@abdulla_shahid) April 8, 2017
ގާސިމް ހައްޔަރުކުރުން ކުށްވެރިކުރައްވައި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއް.
ގާސިމް ހައްޔަރުކުރުމުގެ އަމުރު ފުލުހުން ހޯދީ ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ފަހު އެވެ.
ރައްޔިތުންގެ މަޖިލީހގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ވަނީ ގާސިމް "ރަހީނުކޮށްފައި" ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާނުކުރެއްވޭ ގޮތަކަށް ހުރަސްއެޅުމަކީ މިހާރު އޮތް ގާނޫނުއަސާސީ އާއި ގާނޫނީ އިމުން ބޭރު ކަމެއް،" ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
ލ. ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ގާނޫނުތަކާއި އިޖުރާއަތުތަކުން ބޭރުން ގާސިމް ހައްޔަރުކުރުމުގައި ބައިވެރިވި ފަރާތްތަކަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ އެވެ. އޭގެ އަދަބަކީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، 10 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
Qasim kidnap Kurumuge is koh harakaitherivi hurihaa fuluhunnaa Raees Yameen ge mahchah precedent ge usoolun terrorism ge dhauvaa kureveyne
— Fayyaz Ismail (@faya_i) April 8, 2017
ފައްޔާޒްގެ ޓުވީޓެއް.
ރިޔާޒް ވިދާޅުވީ ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ، އެކަން ބަލައި ވަގުތުން ރަނގަޅުކުރުމަކީ އަދުލު އިންސާފު ގާއިމްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުއައްސަސާތަކުގެ ގާނޫނީ ވާޖިބެއް ކަމަށެވެ. އެއާއެކު، ގާނޫނާ ހިލާފަށް ނެރޭ ކޯޓު އަމުރުތަކަށް ފުލުހުން ތަބާވާން ނުޖެހޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. ކޯޓުގެ އެ އަމުރަކީ، ގައުމުގެ މަސްލަހަތާއި ރައްޔިތެއްގެ ހައްގު ގެއްލިގެންދާ އަމުރެއް ކަމަށް ކިރިޔާ ވެސް ޝައްކެއް ވާ ނަމަ، އަމިއްލަ އަށް އިސްތިއުނާފްކުރުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ފުލުހުންނަކީ ހަމައެކަނި ސަރުކާރަށް ހިދުމަތް ކުރަން ތިބޭ ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ގާސިމް ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތްކޮށް ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ގާސިމް ހައްޔަރުކުރަނީ މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ނާޒިމާއި ރިޔާޒް ކުރަނީ ވަރަށް ހަޑިހުތުރު ކަމެއް:ގާސިމް
ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި
ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް:ރިޔާޒް
ޔާމީން އާއި ޖޭޕީ ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް
މިއީ ރިޔާސީ ނިޒާމެއް، އެކަން ދަމަހައްޓަންޖެހޭ: ޖަމީލް
އެމްޑީއޭގެ މެމްބަރު އުމަރު ހުސައިން ޖޭޕީ އަށް
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
ކަރެކްޝަންގެ ޑޮކްޓަރު ވެސް ބުނަނީ ގާސިމް ބޭރަށްފޮނުވަން
ޖޭޕީގެ މެމްބަރުން އެނބުރި އައުމަށް އަންގަނީ
ގާސިމާއި ރިޔާޒްގެ ދައުވާ އަނބުރާ ގެންދަން ގޮވާލައިފި