Roadha Mihaaru
ފްލެޓްތަކުގެ ޖޫރިމަނާ ދެއްކުމުގައި ލުޔެއް ދީފި

ފްލެޓްތަކުގެ ޖޫރިމަނާ ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމެއް

10 ޖެނުއަރީ 2021

"ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާ ވެފައިވާ މީހުން، ދިގު މުއްދަތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ ގޮތް ސަރުކާރުން މިއަދު ހަމަޖައްސައިދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

"ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާ ވެފައިވާ މީހުން، ދިގު މުއްދަތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ ގޮތް ސަރުކާރުން މިއަދު ހަމަޖައްސައިދީފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ 704 ފްލެޓަށް، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން އުޒުރުވެރިވެފައިވާ މީހުން ލުއި ގޮތެއް ހަމަޖައްސައިދޭން އެދެމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދައިދީ މިނިސްޓްރީއާ އެކު ކުރާ ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެކަމަށް އެދޭ މީހުން މި މަހުގެ 31 ގެ މެންދުރު 2:00 ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.

މި ކަމަށް އެދި ހުށަހަޅަން ޖެހޭނީ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އީމެއިލް beneficiary@planning.gov.mv އަށެވެ.

ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހަދައިދޭން އެދި ހުށަހަޅާއިރު، އެ މީހެއްގެ އައިޑީ ކާޑު ކޮޕީ އާއި ފްލެޓް ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ހިމަނަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި، މިހާތަނަށް ފްލެޓުތަކަށް ފައިސާ ނުދައްކާ މީހުންގެ ތެރެއިން، އެއްބަސްވުމުގެ ދަށުން ލުޔަށް ނޭދޭ މީހުންނާ މެދު ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ އެވެ. ސަރުކާރުން ކަނޑައަޅައި ދޭ ޚާއްސަ އިންތިޒާމުތަކުގެ ތެރެއިން ވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.