ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޔޮޓް މެރީނާ ތަރައްގީކުރަން ބަޔަކު ޝައުގުވެރިކަން ފާޅުކުރުމުން، އެހެން ފަރާތްތަކަށް ވެސް އެ ފުރުސަތު ދޭން އެޗްޑީސީން ކަނޑައެޅި މުއްދަތު އިތުރުކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޔޮޓް މެރީނާ ތަރައްގީކުރަން ބަޔަކު ޝައުގުވެރިކަން ފާޅުކުރުމުން، އެހެން ފަރާތްތަކަށް ވެސް އެ ފުރުސަތު ދޭން އެޗްޑީސީން ކަނޑައެޅި މުއްދަތު އިތުރުކޮށްފި އެވެ.
އެޗްޑީސީން ފުރަތަމަ ކުރި އިއުލާނުގައި ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލްއެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކަން ހުށައަޅަން ފުރުސަތު ދިނީ ޑިސެމްބަރު 16 އަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު އަންނަ ހޯމަ ދުވަހަށް އިތުރުކޮށްފަ އެވެ.
އެޗްޑީސީން ބުނީ ޔޮޓް މެރީނާއެއް ތަރައްގީކުރަން ބޭނުންވާ ފަރާތަކުން އެ ކުންފުންޏަށް އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު އަށް ޝައުގުވެރިވާ އިތުރު ބަޔަކު ތިބިތޯ ބަލަން، ފުރުސަތު ހުޅުވާލީ ކަމަށް، ފުރަތަމަ ކުރި އިއުލާންގައި ބުނެފައިވެ އެވެ.
ޔޮޓް މެރީނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިި ވިޔަފާރީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާ ގޮތަށް ޕްލޭންކޮށްގެން ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ބައެކެވެ.
ކުރީ ސަރުކާރުން 2016 ގައި ވެސް އެ މަޝްރޫއު ހުޅުވާލި އެވެ. އެކަމަކު އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބޭ ކަމަށް ބުނެ، އެ އިއުލާން ކެންސަލްކުރި އެވެ.
ރާއްޖެ އަންނަ ބޮޑެތި ކްރޫޒް ލައިނާތަކަށް އެކަށީގެންވާ ޓާމިނަލެއް ނެތުމުގެ ޝަކުވާ ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ޖައްސަ އެވެ.
މާލެ ސަރަހައްދުގައި ޔޮޓް ބަނދަރު ހެދޭނީ ދެ ތަނެއްގައި
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ހުއްޓުވީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅުމުން