20 ޑިސެމްބަރ 2017
ހުޅުމާލޭގައި ހަދާ ޔޮޓް ބަނދަރާއި އެނބޫދޫފިނޮޅުގައި މިހާރު ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓްގައި ތަރައްގީކުރާ ޔޮޓް ބަނދަރު ނޫން އެހެން ޔޮޓް ބަނދަރެއް ހުޅުމާލެއިން ފެށިގެން 50 މޭލު ސަރަހައްދެއްގައި ނުހެދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހުޅުމާލޭގައި ހަދާ ޔޮޓް ބަނދަރާއި އެނބޫދޫފިނޮޅުގައި މިހާރު ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓްގައި ތަރައްގީކުރާ ޔޮޓް ބަނދަރު ނޫން އެހެން ޔޮޓް ބަނދަރެއް ހުޅުމާލެއިން ފެށިގެން 50 މޭލު ސަރަހައްދެއްގައި ނުހެދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޔޮޓް ބަނދަރު ހަދައި ހިންގުމާ ބެހޭ ގަވާއިދަށް އެ މިނިސްޓްރީން ގެނައި އިސްލާހުގައި އެގޮތަށް އޮތުމުން މާލެ އަތޮޅުގެ ހުޅަނގާއި ދެކުނު ސަރަހައްދުގައި އެއްވެސް ޔޮޓް ބަނދަރެއް ނުހެދޭނެ އެވެ. އުތުރުން ހުޅުމާލެއާ 50 މޭލު ދުރުން މާލެ އަތޮޅުގައި އޮންނަނީ ކާށިދޫ އެކަންޏެވެ. ދެކުނުން ނަމަ 50 މޭލު ހަމަވަނީ ވ. އަތޮޅަށެވެ.
އާ އިސްލާހުގައިވާ ގޮތުން ޔޮޓް ބަނދަރުތައް ހުންނަން ވާނީ މަދުވެގެން 20 ޔޮޓް ބަނދަރުކުރެވޭ ގޮތަށެވެ. އަދި ބުނެފައި ވަނީ އެފަދަ ޔޮޓް ބަނދަރު ބޭނުންކުރެވޭނީ ޓޫރިޒަމަށް ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓެއްގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އެކަނި ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔޮޓް ބަނދަރެއް ތަރައްގީކުރަން ޕްލޭންގައި ހިމަނާފައިވެ އެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީގެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ކުރިމަގުގެ ޕްލޭންގައި ހިމެނޭ ޔޮޓް ބަނދަރާއި ތައިލެންޑްގެ ސިންގާ އެސްޓޭޓުން އެނބޫދޫފަޅުގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓްގައި ހަދާ ޔޮޓް ބަނދަރަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ބެލެވެ އެވެ.
ކ. އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި ޔޮޓް މެރީނާއެއް ހަދައި ހިންގާނެ ބަޔަކު ހޯދަން 2013 ގައި ޓްރާންސްޕޯޓް އޮތޯރިޓީން ބިޑަށް ހުޅުވައިލި އެވެ. ނަމަވެސް ފަހުން އެކަން ކެންސަލްކުރީ އެވެ.
ޓޫރިސްޓުންނަށް ބޮޑު ޑިސްކައުންޓް ދޭ މަންޒިލަކަށް ރާއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
އޮޅުވާލައިގެން ހިދުމަތް ދޭ ތިން ގެސްޓްހައުސްއެއް ބަންދު
ރާއްޖޭގެ އެންމެ އުސް ޓަވަރު ހުޅުމާލޭގައި ހަދަނީ
ހުޅުމާލޭ ޔޮޓް މެރީނާގެ މަޝްރޫއުއަށް އިތުރު ފުރުސަތެއް
މާލޭގެ ގެސްޓު ހައުސްތައް ނޮވެމްބަރަށް ހުޅުވޭތޯ ބަލަނީ
ސަފާރީތަކުން ފުރާ ޓޫރިސްޓުން ސާމްޕަލް ނެގުން ހުޅުމާލޭން
ސާވިސް ޗާޖަށް ވަކި ވަރެއް ނަގާކަށް ނޯވޭ: އެންބީއޭއެމް
"ވޯޓާ ސޭފްޓީ" ބޯޑުތައް ހުޅުމާލޭގައި ބަހައްޓައިފި
އެނބޫދޫ ފަޅުގެ މެރީނާ އަބޫދާބީ ކުންފުންޏަކަށް