09 ޖުލައި 2018
ކްރޮސް ރޯޑްސްގެ ނަމުގައި ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓް ކުންފުނިން އެ ތަނުގައި ހަދާ ލަގްޒަރީ މެރީނާ ހިންގުމާއި ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް ދިނުން އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ ޖަލްބޫތު ހޯލްޑިންއާ ހަވާލުކޮށްފި އެވެ.
ކްރޮސް ރޯޑްސްގެ ނަމުގައި ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓް ކުންފުނިން އެ ތަނުގައި ހަދާ ލަގްޒަރީ މެރީނާ ހިންގުމާއި ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް ދިނުން އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ ޖަލްބޫތު ހޯލްޑިންއާ ހަވާލުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއުގެ ދަށުން ތަރައްގީކުރާ ކްރޮސް ރޯޑްސްގެ މެރީނާގެ އިތުރުން ދަތުރުފަތުރުގެ ހުރިހާ ހިދުމަތަކާއި އެއާ ގުޅޭ ހުރިހާ ހިދުމަތެއް ވެސް ދޭނީ އެ ކުންފުނިންނެވެ.
މިދިޔަ އަންގާރަ ދުވަހު ސޮއިކުރި ދިހަ އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ސިންގަ އެސްޓޭޓްގެ ސީއީއޯ ނަރިސް ޗޭކްލިން ވިދާޅުވީ ޖަލްބޫތު ކުންފުންޏަކީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ވަރަށް ގާބިލު ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން މެރީނާއާ ގުޅޭ މުޅިން އާ ކަންތައްތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ވެސް ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިންގަ އެސްޓޭޓުން ބުނީ ޖަލްބޫތުން ކްރޮސް ރޯޑްސްގެ ޓައުންޝިޕްގައި "ވަން ސްޓޮޕް ޝޮޕް" ރީޓެއިލް ވިޔަފާރިކުރާ ތަނެއް ވެސް ހުޅުވާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެ ތަނުގައި އެންމެ މަތީ ފެންވަރު ކްރޫސްގެ ހިދުމަތް ދިނުމަށް ހަ އުޅަނދު ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސިންގަ އެސްޓޭޓުން ބުނީ ކްރޮސް ރޯޑްސް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފެރީގެ ހިދުމަތާއި ޔޮޓް ޗާޓަރުގެ ހިދުމަތާއި އެ ފަޅުގައި އިލެކްޓްރިކް ދޯނީގެ ހިދުމަތް ޖަލްބޫތު ކުންފުނިން ދޭނެ ކަމަށެވެ. އަދި އެ ހިދުމަތް ދޭން ބޭނުންކުރާނީ އެ ތަނަށް ހާއްސަކޮށްގެން ބަންނަ އުޅަނދުތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސިންގަ އެސްޓޭޓުން ބުނީ ކްރޮސް ރޯޑްސް އާއި އެއާޕޯޓާ ދެމެދު ދުވާލަކު 4،000 އެއްހާ މީހުން އުފުލަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާކޯން ކޮށްފައިވާ ޒަމާނީ ފެންވަރުގެ އުޅަނދުތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަބޫދާބީ ގައި 2013 ވަނަ އަހަރު އުފެއްދި ޖަލްބޫތު ކުންފުންޏަކީ އުޅަނދުފަހަރު ޑިޒައިންކުރުމާއި ބަނުމުގެ ހިދުމަތް އެންމެ ފުޅާ ދާއިރާގައި ދެމުން އަންނަ ކުންފުންޏެކެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ "އެނބޫދޫ ލެގޫން" މަޝްރޫއު ބިނާކޮށްފައި ވަނީ އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށެވެ. މި މަޝްރޫއު ހިންގަނީ ތައިލެންޑްގެ ސިންގަ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދާ "ހާޑްރޮކް ބްރޭންޑް"ގެ ރިސޯޓު މި އަހަރުގެ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މާލެ ސަރަހައްދުގައި ޔޮޓް ބަނދަރު ހެދޭނީ ދެ ތަނެއްގައި
އުލިގަމުގައި ޔޮޓްމެރީނާ ގާއިމްކުރަން ސޮއިކޮށްފި
ބެއާބޯޓު ރަޖިސްޓްރީކޮށްދިނުމުގެ ގަވާއިދު ބަދަލުކޮށްފި
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ފެށުން ޑިސެމްބަރަށް
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
ފަސް އަހަރު ފަހުން ގަލްފް ކްރާފްޓްގެ ބޮޑު އުޅަނދު ހަގީގަތަކަށް
ޓޫރިޒަމް ޕްރޮމޯޝަނަށް އެއާލައިނެއް ޕޯކެމަން ތީމަށް
އެއާ އެސްޓާނާ އިން ރާއްޖެ އަށް ދަތުރު ފަށައިފި
ކޮންސްޓްރަކްޝަން ނޫން ހުރިހާ ދާއިރާއެއްދަނީ ކުރިއަރަމުން
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން