Roadha Mihaaru
އުލިގަމުގައި ޔޮޓްމެރީނާ ގާއިމްކުރަން ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާ ގާއިމްކުރަން އެމްޕީއެލްއާ އެކު ސޮއިކޮށްފި

01 އޯގަސްޓް 2024

ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާގައި އެމްޕީއެލްއިން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާގައި އެމްޕީއެލްއިން މިއަދު ސޮއިކޮށްފި އެވެ.

އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ޔޮޓުތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމާއި އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު (ވ) އުލިގަމުގައި-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ ވަޖީހު (ވ) އުލިގަމުގައި-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްއިން ބުނީ އެތަނުގެ ކޮންސެޕްޓެއް ހަދައި، އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމް ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް އެމްޕީއެލްއިން ހަލުއި ދުވެއްޔެއްގައި ކުރަމުންދާ ކަމަށެވެ. އަދި އެކަމުން ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އުލިގަމަކީ ޒަމާނުއްސުރެ އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރަތްކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުކޮށް ނުދެވޭތީ." ވަޖީހު ވިދާޅުވި އެވެ.

އުލިގަމު ކައުންސިލްގެ ރައީސް މުއާޒު ވިދާޅުވީ އެ ރަށުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށެވެ.

"މި ރަށަށް ރާއްޖެއިން ބޭރުގެ އުޅަނދުފަހަރު ނާންނަ ދުވަސްވަރު ހަނދާންތައް ނުނެތޭ. ޔޮޓް ފަހަރަށް ހިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކާ ވާހަކަ ދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރުތަކުން އަޅުގަނޑުމެން ފާހަގަކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ." އޭނާ ވިދާޅުވި އެވެ.