11 އޯގަސްޓް 2020
ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށް ފަހު، ރާއްޖެއިން ފުރާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ އިންތިޒާމް ހުޅުމާލޭގައި ހަމަޖައްސައިފި އެވެ.
ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށް ފަހު، ރާއްޖެއިން ފުރާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ އިންތިޒާމް ހުޅުމާލޭގައި ހަމަޖައްސައިފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ހަތަރު މަހެއްހާ ދުވަހު ބޭއްވުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15އިގަ އެވެ. އެއާއެކު، ސަފާރީތަކަށް ވެސް ޓޫރިސްޓުން އަންނަން ވަނީ ފަށައިފަ އެވެ.
ރާއްޖޭގެ ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ޖެޓީ ސަރަހައްދުން، ޓޫރިސްޓުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ފުރަތަމަ ސާމްޕަލްތައް މިއަދު ނަގާފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނިގޮތުގައި ސާމްޕަލް ނެގުމަށް ބޭނުންވާ ޓޫރިސްޓުންގެ މައުލޫމާތު ކުރިން އެތަނަށް ފޮނުވަން ޖެހޭނެ އެވެ. އަދި ޓޫރިސްޓުން ފުރުމުގެ ކުރިން ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު އޮއްވައި ސާމްޕަލް ނެގުމަށް އެތަނުން އެދެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާއެއްގައި ބުނީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން، ސަފާރީތަކުގައި ނުގެންގުޅެވޭނެ ކަމަށެވެ. އަދި ސަފާރީގައި ޗުއްޓީ ހޭދަ ކުރެވޭނީ އެ އުޅަނދެއްގައި ޗުއްޓީ ހޭދަ ކުރުމަށް ބުކިން ހައްދައިގެން އަންނަ މީހުންނަށް އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު އަލުން ޓޫރިޒަމް ހުޅުވާލި ނަމަވެސް، އެ ދާއިރާގައި ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނީ ޗުއްޓީ އަށް ފަހު އެނބުރި ގައުމަށްދާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އަވަސް އިންތިޒާމެއް ހަމަޖެހިފައި ނެތުމުންނެވެ. އޭގެ ސަބަބުން ބައެއް ޓޫރިސްޓުންގެ ފުރުން ލަސްވެ، ރާއްޖޭގައި ތާށިވި ކަމުގެ ޝަކުވާ ވެސް ކުރެ އެވެ.
ޓޫރިސްޓުންނަށް ބޮޑު ޑިސްކައުންޓް ދޭ މަންޒިލަކަށް ރާއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
އެޗްޕީއޭގެ އުސޫލަށް ގެސްޓްހައުސްތަކުން ތަބާވާން އެދިއްޖެ
އޮޅުވާލައިގެން ހިދުމަތް ދޭ ތިން ގެސްޓްހައުސްއެއް ބަންދު
މާލޭގެ ގެސްޓު ހައުސްތައް ނޮވެމްބަރަށް ހުޅުވޭތޯ ބަލަނީ
ސަފާރީތަކުން ރަށްރަށަށް ނުފައިބަން އެދެފި
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ހުޅުމާލޭގެ ހަމަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު
ހުޅުމާލޭގެ ހަމަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު
ސާވިސް ޗާޖަށް ވަކި ވަރެއް ނަގާކަށް ނޯވޭ: އެންބީއޭއެމް