ބެންކޮކް (ޖެނުއަރީ 3) - ތައިލެންޑުގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބެންކޮކުގެ ބޮޑު ބައެއް "ލޮކްޑައުން"ކޮށްފި އެވެ.
03 ޖެނުއަރީ 2021
ބެންކޮކް (ޖެނުއަރީ 3) - ތައިލެންޑުގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބެންކޮކުގެ ބޮޑު ބައެއް "ލޮކްޑައުން"ކޮށްފި އެވެ.
ރެސްޓޯރެންޓްތަކާއި ބާތައް އަދި ކްލަބުތައް ބަންދުކުރުމުން ބެންކޮކުގެ ރޭގަނޑުގެ ހަލަބޮލިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ.
ޑިސެމްބަރު 19، 2019 ގައި ޗައިނާގެ ވޫހާން އިން ކޮރޯނާވައިރަސް ފެނުނު ފަހުން، ޗައިނާ ނޫން ގައުމަކުން އެ ބަލި އެންމެ ފުރަތަމަ ފެނުނީ ތައިލެންޑުން ކަމަށް ވިޔަސް އެ ގައުމުން ވަނީ ކުރީކޮޅު ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނޮވެމްބަރު މަހާ ހަމައަށް ރިޕޯޓްކޮށްފައި ވަނީ 4،000 ކޭސް ނަމަވެސް، ބެންކޮކުގެ ސީފުޑް މާކެޓެއްގެ ކްލަސްޓާއަކާ ގުޅިގެން ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. ތައިލެންޑުގެ 77 ޕްރޮވިންސްގެ ތެރޭން 53 ޕްރޮވިންސަށް ވައިރަސް ވަނީ ފެތުރިފަ އެވެ. ތައިލެންޑުން މިހާތަނަށް ވަނީ 7,694 މީހުން ޕޮޒިޓިވްވެ 64 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 315 މީހުން ޕޮޒިޓިވްވެފަ އެވެ.
ވެރިރަށް ބެންކޮކުން އެކަނި 2،600 ކޭސް ފެނުމާ ގުޅިގެން ހޮނިހިރު ދުވަހުން ފެށިގެން ވަނީ ބައެއް ތަންތަން ބަންދުކޮށްފަ އެވެ. ބާތަކާއި ނައިޓްކްލަބްތައް، ބޮކްސިން ސްޓޭޑިއަމްތައް، މަސާޖް ޕާލާތަކާއި ޖިމް އަދި ސެލޫންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ބެންކޮކުގެ ސަރުކާރު ސްކޫލްތައް ވެސް މިހާރު ވަނީ ދެ ހަފުތާ އަށް ބަންދުކޮށްފަ އެވެ.
"ފުލް ލޮކްޑައުނަކަށް ނުގޮސް އަދި ކާފިއު ވެސް ނުހިންގާ ބަލި ކޮންޓްރޯލް ކުރެވޭތޯ ފުރަތަމަ މި މަސައްކަތް ކުރަނީ،" ތައިލެންޑުގެ ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމަށް ފަހު ޖެނުއަރީ 4 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 1އާ ދެމެދު މުޅި ގައުމުގައި ވެސް ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށެވެ.
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 150 މަރު
ދިވެހިންގެ ހާލު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް!
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
އުރަމަތީ ކެންސަރުގެ ވޭނާ ދެކޮޅަށް ކުރަނީ ސްކޭޓް
ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވައިދެނީ
ކޮވިޑް-19: ބެންކޮކުގެ ހުރިހާ މޯލްތަކެއް ބަންދުކޮށްފި
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް
ބެންކޮކުގައި ބޮންތަކެއް ގޮއްވާލައި، 4 މީހުން ޒަޚަމް