ބެންކޮކް (އޮގަސްޓް 2) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޮންތަކެއް ގޮއްވާލައި ހަތަރު މީހުން މިއަދު ޒަޚަމްކޮށްލައިފި އެވެ.
02 އޯގަސްޓް 2019
ބެންކޮކް (އޮގަސްޓް 2) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޮންތަކެއް ގޮއްވާލައި ހަތަރު މީހުން މިއަދު ޒަޚަމްކޮށްލައިފި އެވެ.
ބެންކޮކުގެ އެކި ހިސާބުތަކުގައި ބޮންތަކެއް ގޮއްވާލާފައި މި ވަނީ އާސިއާންގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ކުރިއަށް ދަނިކޮށެވެ. އާާސިއާންގެ ސަމިޓަަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް އުޅުއްވަނީ ބެންކޮކަށް ވަޑައިގެންނެވެ.
ބެންކޮކުގައި ބޮން ގޮއްވާލި ތަނެއްގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ތައިލެންޑުގެ ބޮޑު ވަޒީރު ޕްރަޔުތު ޗަން-އޮ-ޗާ ވިދަޅުވީ ބޮމުގެ ހަމަލާ ދިނީ ހަމަނުޖެހުން ހިންގާ، ގައުމުގެ ހައިބަތު ނަގާލަން ބޭނުންވާ ބައެއް ކަމަށެވެ. އަދި ރައްޔިތުން ބިރު ނުގަތުމަށާއި ގައުމުގެ ހުރިހާ ހިސާބެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޭބަލް ޓެނިސް ބޯޅައެއްގެ ސައިޒުގެ ބޮންތައް ގޮއްވާލި ނަމަވެސް ސަމިޓް ބާއްވާ ސަރަހައްދާ ކައިރީގައި އެއްވެސް ހަމަލާއެއް ދީފައެއް ނުވެ އެވެ.
ތައިލެންޑުގައި އެންމެ ފަހުން އާސިއާން ސަމިޓް ބޭއްވި 2009 ވަނަ އަހަރު ވެސް ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.
ބެންކޮކުގައި ބޮން ގޮއްވާލި ތަނެއްގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ބެންކޮކް ހޮސްޕިޓަލެއްގައި ބޮމުގެ ހަމަލާއެއް ދީފި
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 150 މަރު
ދިވެހިންގެ ހާލު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް!
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
ވައިރަސް ފެތުރުން ހުއްޓުވަން ބެންކޮކް ލޮކްޑައުނަށް!
އުރަމަތީ ކެންސަރުގެ ވޭނާ ދެކޮޅަށް ކުރަނީ ސްކޭޓް
ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވައިދެނީ
ކޮވިޑް-19: ބެންކޮކުގެ ހުރިހާ މޯލްތަކެއް ބަންދުކޮށްފި