31 ޑިސެމްބަރ 2020
މާ ބޮޑަށް ކަންކަމާ ހާސްވެ، ފިކުރު ބޮޑުވާ ނަމަ މާ އަވަހަށް މުސްކުޅިވެދާނޭ މީހުން ބުނެ އުޅެ އެވެ. އަދި މީގެ އެންމެ އާންމު އަލާމަތެއްގެ ގޮތުގައި ފާހަގަކުރަނީ ބޮލުގެ އިސްތަށިގަނޑު ނުރަވާން ފެށުމުވެ.
މާ ބޮޑަށް ކަންކަމާ ހާސްވެ، ފިކުރު ބޮޑުވާ ނަމަ މާ އަވަހަށް މުސްކުޅިވެދާނޭ މީހުން ބުނެ އުޅެ އެވެ. އަދި މީގެ އެންމެ އާންމު އަލާމަތެއްގެ ގޮތުގައި ފާހަގަކުރަނީ ބޮލުގެ އިސްތަށިގަނޑު ނުރަވާން ފެށުމުވެ.
ސުވާލަކީ ގިނަ ބަޔަކު ބުނާހެން ހާސްކަމާއި ފިކުރުތައް ގިނަވުމުން ހަމަ ހަގީގަތުގައި ވެސް އިސްތަށިގަނޑު ނުރަވާން ދިމާވޭތޯ އެވެ؟ މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން މިކަމަށް ބާރު ލިބިފައި ވެސް ހުއްޓެވެ. އެކަމަކު ދެ ޖިންސްގެ މީހުން ވެސް އުމުރުން 30 އަހަރުން މަތިވާ ފަހުން ގުދުރަތީ ގޮތުން އިސްތަށިގަނޑު ނުރަވާން ފަށާނެކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ. އަދި މިކަމަކީ މީހާގެ ޖީން އާއި ނަފުސާނީ ދުޅަހެޔޮކަމާ ވެސް ގުޅިފައިވާ ކަމެއްގެ ގޮތުގައި ބެލެވިފައިވެ އެވެ.
ސައިންސްވެރިންތަކެއް މިހާރު ތިލަކޮށްފައި ވަނީ އެހެން ދިމާވާން ޖެހޭ ކަމަށް ބެލެވޭ "އަސްލު" ސަބަބެވެ. އެމެރިކާގެ ހާވަޑް ޔުނިވަސިޓީ އާއި ބްރެޒިލްގެ ސައޮ ޕޯލޯގެ ރިސާޗަރުން ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައިވާ ގޮތުން ހާސްކަމާއި ފިކުރުތައް ބޮޑުވުމުން ބޮލުގެ އިސްތަށިގަނޑު ނުރަވާން މަގުފަހިވާ މުހިއްމު ސަބަބަކީ ބޮލުގެ ހަންގަނޑާއި އިސްތަށީގެ ކުލަ ކޮންޓްރޯލްކުރާ [މެލޮނަސައިޓް] ސްޓެމް ސެލް ހަލާކުވުމެވެ. އަދި އެކަމަށް މަގުފަހިކޮށްދެނީ ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ޕްރޮޓީނަކުންނެވެ. އެއަށް ކިޔަނީ ސައިލިން-ޑިޕެންޑެންޓް ކިނޭޒް (ސީޑީކޭ) އެވެ.
ނުރަވަމުންދާ ބޮލެއް ކޮށަނީ.
މި ނަތީޖާ އަށް ބަލައި ރިސާޗަރުންގެ ޓީމުން ބުނާ ގޮތުގައި މިއީ ނުރަވުމާއި މުސްކުޅިވުން ހުއްޓުވައިދޭނެ ބޭހެއް އުފައްދަން ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެކަމަކު އަދިވެސް މިކަމާ ގުޅޭ ގޮތުން އިތުރަށް ހޯދުންތަކެއް ހޯދަން ޖެހޭ ކަމަށް ރިސާޗަރުން ފާހަގަކޮށްފައިވެ އެވެ.
އިސްތަށި ނުރަވާން ދިމާވާ އަސްލު ސަބަބު ދެނެގަނެވިފައި މި ވަނީ މީދާތަކެއް ބޭނުންކޮށްގެން ހެދި ދިރާސާއަކުންނެވެ. އެއިން ފާހަގަކުރެވުނު ގޮތުގައި ނަފުސާނީ ގޮތުން ކުރާ އަސަރުތަކުގެ ސަބަބުން ސްޓެމް ސެލް އަށް އަސަރުކޮށްފައިވާ މީދާތަކުގެ ކެހެރި އަށް ބަދަލު އައިސްފައިވެ އެވެ. އެގޮތުން ހަތަރު ހަފުތާއަކަށް މިކަން މޮނިޓަކޮށްގެން ބެލި ބެލުމުން "އިންޓެންސް ސްޓްރެސް" ކުރިމަތިވެފައިވާ ކަޅު ކެހެރި މީދާތަކުގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއްގެ ކުލަ ހުދަށް ބަދަލުވެފައިވެ އެވެ. މިކަމަށް މަގުފަހިވުމުގައި ސްޓްރެސްގެ ސަބަބުން ކުރިމަތިވި ހިތުގެ ވިންދު އަވަސްވުމާއި ލޭގެ ޕްރެޝަރު އިތުރުވުމާ އެކު ހަށިގަނޑުގެ ނާރުތަކަށް އަސަރުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
"މިހާތަނަށް ކަށަވަރު ކުރެވޭ ކަމަކީ މެލޮނަސައިޓް ސްޓެމް ސެލް އާއި އިސްތަށިގަނޑު ނުރަވާން ދިމާވުމާ ގުޅުން ހުރިކަން. އަދި މިކަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ސްޓްރެސް،" ދިރާސާ ޓީމްގައި ހިމެނޭ ހާވަޑް ޔުނިވަސިޓީގެ ޕްރޮފެސަރު ޔާ-ސިއޫ ސޫ ވިދާޅުވި އެވެ. "އަދި މިއީ ދާއި ކަމެއް ވެސް މެ."
އޭނާ ވިދާޅުވި ގޮތުގައި ދިސާރާ އިން ފާހަގަކުރެވުނު މުހިއްމު އަނެއް ކަމަކީ އިންސާނާގެ ހަށިގަނޑަށް ހާސްކަމާއި ފިކުރުތަކުން ކުރާ ނޭދެވޭ އަސަރު ތަަސައްވަރުކޮށްލަން މިހާރު ފަސޭހަވުމެވެ.
"އެކަމަކު އަދި ސްޓްރެސް އާއި ބޯ ނުރުވުމާ ގުޅުން ހުރި މައްސަލާގައި އެބަޖެހޭ އިތުރަށް ދިރާސާތަކެއް ހަދަން،" ސޫ ވިދާޅުވި އެވެ. "މީދާތަކުގެ ދިރާސާ އިން އަހަރެމެންނަށް މިހާރު ވަރަށް އަސާސީ ގިނަ މައުލޫމާތަކެއް ތިލަކުރެވިއްޖެ. ދެން އޮތީ އިންސާނުންނާއި މިކަމާ އޮތް ސީދާ ގުޅުމަށް އިތުރަށް ފީނުން."
ސްމާޓް ޑިވައިސްއަކަށް "ކަރަންޓް ހަންގަނޑެއް"
ދުނިޔޭގެ ގަސްތަކުގައި 9،200 ވައްތަރު އަދި ނުފެނޭ
މިނެޓަކީ 59 ސިކުންތު ކަމަށް ނިންމަފާނެ!
ޗާގާ މަޝްރޫމް ކޮވިޑާ ދެކޮޅަށް ބޭނުންކުރެވޭތޯ ބަލަނީ
ކޮވިޑަށް ދެވިދާނެ ފަރުވާއެއް ކުޑަކުކުއްޖެއްގެ ފަރާތުން
ފޯނަށް އާޓިފިޝަލް ހަން ކަވަރެއް
އެސްފިޔަ ޖެހުމުން ޒޫމް ކުރެވޭ ލެންސެއް އިޖާދުކޮށްފި
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ކުޑަކުދިންގެ މެދުގައި ޓިކްޓޮކަށްވުރެ މަގުބޫލީ ޔޫޓިއުބް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ