Roadha Mihaaru
ކުޑަކުދިންގެ މެދުގައި ޓިކްޓޮކަށްވުރެ މަގުބޫލީ ޔޫޓިއުބް

ކުޑަކުދިންގެ މެދުގައި ޓިކްޓޮކަށްވުރެ މަގުބޫލީ ޔޫޓިއުބް

12 ޖޫން 2023

މުނިފޫހިފިލުވުމުގެ ތަފާތު ޑިޖިޓަލް ކޮންޓެންޓުތައް ފޯރުކޮށްދޭ ޕްލެޓްފޯމް ޔޫޓިއުބަކީ މީގެ އެތައް އަހަރުތަކެއް ކުރިން ގިނަބައެއްގެ މަގްބޫލުކަން ހޯދި ޕްލެޓްފޯމެކެވެ. ނަމަވެސް، މީގެ ދެތިން އަހަރު ކުރިން މަގްބޫލުކަން ހޯދި، ކުރު ވީޑިއޯތައް ގެނެސްދޭ ޕްލެޓްފޯމް، ޓިކްޓޮކުން ވަނީ ޔޫޓިއުބް ސިއްސުވާލައިފަ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މުނިފޫހިފިލުވުމުގެ ތަފާތު ޑިޖިޓަލް ކޮންޓެންޓުތައް ފޯރުކޮށްދޭ ޕްލެޓްފޯމް ޔޫޓިއުބަކީ މީގެ އެތައް އަހަރުތަކެއް ކުރިން ގިނަބައެއްގެ މަގްބޫލުކަން ހޯދި ޕްލެޓްފޯމެކެވެ. ނަމަވެސް، މީގެ ދެތިން އަހަރު ކުރިން މަގްބޫލުކަން ހޯދި، ކުރު ވީޑިއޯތައް ގެނެސްދޭ ޕްލެޓްފޯމް، ޓިކްޓޮކުން ވަނީ ޔޫޓިއުބް ސިއްސުވާލައިފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު، ޓިކްޓޮކް ބޭނުންކުރާ ބޮޑެތި މީހުންގެ އަދަދު ވަނީ ޔޫޓިއުބަށްވުރެ ގާތްގަނޑަކަށް 60 ޕަސެންޓު އިތުރުވެފަ އެވެ. ޓިކްޓޮކާ ވާދަކުރަން ޔޫޓިއުބުން ވަނީ "ޔޫޓިއުބް ޝޯޓްސް" ކިޔާ ކުރުވީޑިއޯ ކޮންޓެންޓު ޝެއާ ކުރެވޭ ފީޗާއެއް ވެސް ތައާރަފްކޮށްފަ އެވެ.

ބޮޑެތިމީހުންނާއި ފުރާވަރު ކުދިންގެ މެދުގައި ޓިކްޓޮކް މަގްބޫލުވަމުން އައި ނަމަވެސް، 2-12 އަހަރާ ދެމެދުގެ ގިނަ ކުދިންގެ މެދުގައި މަގްބޫލީ އަދިވެސް ޔޫޓިއުބެވެ.

"ޕްރިސައިސް ޓީވީ" އިން ކުރި ސާވޭގެ ނަތީޖާ ---ފޮޓޯ: ޕްރިސައިސް ޓީވީ/ ޖިރާފް އިންސައިޓް

"ޕްރިސައިސް ޓީވީ" އިން ކުރި ސާވޭގެ ނަތީޖާ ---ފޮޓޯ: ޕްރިސައިސް ޓީވީ/ ޖިރާފް އިންސައިޓް

އެމެރިކާގެ "ޕްރިސައިސް ޓީވީ" އިން ދާދިފަހުން ކުރި ދިރާސާއާ ހަވާލާދީ "ވެރައިޓީ" ނޫހުން ބުނި ގޮތުގައި، އެވްރެޖްކޮށް ކޮންމެ 10 ކުއްޖަކުގެ ތެރެއިން ނުވަ ކުދިން ޔޫޓިއުބް ބޭނުންކުރާއިރު، ޓިކްޓޮކް ބޭނުން ކުރަނީ 10 ކުދިންގެ ތެރެއިން ހަތަރު ކުއްޖެކެވެ.

އެ ދިރާސާ ކޮށްފައި ވަނީ އެމެރިކާގެ 2-12 އަހަރާ ދެމެދު 2000 ކުދިންގެ މެދުގައި ހެދި ސާވޭއަކަށް ބިނާކޮށެވެ.

އޭގެ ތެރެއިން ތެރެއިން 86 ޕަސެންޓު ކުދިން ޔޫޓިއުބުން ކޮންޓެންޓު ބަލާ ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހަތުން "ވީޑިއޯ އޮން ޑިމާންޑް" 63 ޕަސެންޓު ކުދިން ބޭނުންކުރާއިރު، 50 ޕަސެންޓު ކުދިން ގިނަ ވަގުތު ގޭމު ކުޅުމުގައި ހޭދަކުރެ އެވެ. ޓިކްޓޮކް ބަލާ ކުދިންގެ ނިސްބަތަކީ 38 ޕަސެންޓެވެ.

"ޕްރިސައިސް ޓީވީ" އިން ކުރި ސާވޭގެ ނަތީޖާ؛ ކުދިންގެ ފެވަރިޓް އެޕް ---ފޮޓޯ: ޕްރިސައިސް ޓީވީ/ ޖިރާފް އިންސައިޓް

"ޕްރިސައިސް ޓީވީ" އިން ކުރި ސާވޭގެ ނަތީޖާ؛ ކުދިންގެ ފެވަރިޓް އެޕް ---ފޮޓޯ: ޕްރިސައިސް ޓީވީ/ ޖިރާފް އިންސައިޓް

އެ ކުދިންގެ "ފެވަރިޓް" އެޕަކީ ކޮބައިތޯ ސުވާލުކުރުމުން 43 ޕަސެންޓު ކުދިން އެއީ ޔޫޓިއުބު ކަމަށް ބުނިއިރު، ޓިކްޓޮކް ހިޔާރު ކުރީ އެންމެ 21 ޕަސެންޓު ކުދިންނެވެ.

އެ އުމުރުގެ ކުދިންގެ ބެލެނިވެރިން ވެސް ޔޫޓިއުބަށްވުރެ ޓިކްޓޮކް ބަލާފާނެތީ ކަންބޮޑުވެ އެވެ.

ކުޑަކުދިން މުނިފޫހިފިލުވައިދޭން ތަފާތު ކޮންޓެންޓުތައް ޔޫޓިއުބް އަދި ޓިކްޓޮކްގައި ވެސް ގެނެސްދެ އެވެ. ބައެއް މީހުން ބުނާގޮތުގައި ޓިކްޓޮކާއި ޔޫޓިއުބް އަޅާބަލާއިރު، ކުޑަކުދިންނަށް އެންމެ ރަނގަޅީ ޔޫޓިއުބެވެ. ނަމަވެސް، އެއްވެސް ކަހަލަ ހުރަހެއް ނެތި، ބެލެނިވެރިއެއްގެ ސުޕަވައިޒްކުރުމަކާ ނުލާ އެއިން އެއްވެސް ޕްލެޓްފޯމެއް ބޭނުން ކުރުން ކުޑަކުއްޖަކަށް ރައްކާތެރިއެއް ނުވާނެ އެވެ.