Roadha Mihaaru
ދުނިޔޭގެ ގަސްތަކުގައި 9،200 ވައްތަރު އަދި ނުފެނޭ

ދުނިޔޭގެ ގަސްތަކުގައި 9،200 ވައްތަރު ސައިންސްވެރިނަށް އަދި ނުފެނޭ

03 ފެބުރުއަރީ 2022

ބޮޑު ދިރާސާއަކަށް ފަހު، މިދިޔަ ހޯމަ ދުވަހު އާންމުކުރި ދުނިޔޭގެ އެންމެ ބޮޑު ފޮރެސްޓް ޑާޓާ ބޭސް އިން އެނގުނު ގޮތުގައި ދުނިޔޭގައި ހުންނަ އެކި ވައްތަރުގެ ގަސްތަކުގެ ތެރެއިން އަދިވެސް 9،200 އަށް ވުރެ ގިނަ ވައްތަރުގެ ގަސްތައް ސައިންސްވެރިންނަށް ހޯދިފައެއް ނުވެ އެވެ. އެ ދިރާސާގެ ޓާޑާ ބޭސްގައިވާ ގޮތުން ދުނިޔޭގައި 73،300 އަށް ވުރެ ގިނަ އެކި ވައްތަރު ގަސްތައް ހުރެ އެވެ.

އެމެރިކާގެ ޖާނަލްއެއް ކަމަށްވާ ޕްރޮސީޑިންސް އޮފް ދަ ނޭޝަނަލް އެކަޑެމީ އޮފް ސައިންސްގައި ޝައިއު ކުރި ދިރާސާގައި ބުނެފައިވާ ގޮތުން، އެ ދިރާސާގެ ބައިވެރިން ވަނީ 90 އަށް ވުރެ ގިނަ ގައުމުގެ 100،000 ވުރެ ގިނަ ސައިޓުތަކުން 44 މިލިއަނަށް ވުރެ ގިނަ ގަސްތައް ބަލައިފަ އެވެ. ދުނިޔޭގައި 73،300 އަށް ވުރެ ގިނަ ވައްތަރު ގަސް ހުންނަ ކަމަށް ބުނެފައި ވަނީ އެ ޑާޓާ އަށް ބެލުމަށް ފަހު އެވެ.

އެއީ ދިރާސާގެ ކުރިން އެމީހުން އަންދާޒާ ކުރި ވަރަށް ވުރެ 14 ޕަސެންޓް އިތުރު އަދަދެކެވެ. ސައިންސްވެރިންނަށް އަދިވެސް 9،200 އަށް ވުރެ ގިނަ ވައްތަރުގެ ގަސް ފެނިފައި ނުވާ ކަމަށް ބުނީ، މި ޑާޓާތަކުން ހެދި "ސްޓެޓިސްޓިކަލް މޮޑެލިން" އަށް ބެލުމަށް ފަހު އެވެ. އަދި ނުފެންނަ ކަމަށް ބުނާ މި ގަސްތައް ވަނީ ދެކުނު އެމެރިކާގެ ސަރަހައްދުތަކުގައި ކަމަށް ބުނެއިވެ އެވެ.

އިތުރު ބައެއް ހޯދުންތައް

- ދުނިޔޭގެ އެކި ވައްތަރުގެ ގަސްތަކުގެ ތެރެއިން 43 ޕަސެންޓް ގަސްތައް ހުރީ އެމެޒަން ފޮރެސްޓުގައި.

- އެމަޒަން ފޮރެސްޓުގައި ވަރަށް މަދުން ނޫނީ ނުފެންނަ 8،200 ވައްތަރެއްގެ ގަސް އެބަހުރި.

- ދެކުނު އެމެރިކާގައި 27،000 އަށް ވުރެ ގިނަ ވައްތަރުގެ ގަސްތައް ހުރިއިރު، 4،000 އަށް ވުރެ ވައްތަރުތައް އަދި ނުފެނޭ.

- ޔޫރެޝިއާގައި 14،000 ވުރެ ގިނަ ވައްތަރުގެ ގަސް ހުރިއިރު، 2،000 ވުރެ ގިނަ ވައްތަރުތައް އަދި ނުފެނޭ.

ދުނިޔޭގައި ހުރީ ކިހާ އަދަދެއްގެ ގަހެއް ކަމެއް މި ދިރާސާގައި ބަލާފައެއް ނުވެ އެވެ. އެކަމަކު، މި ރިސާޗުގައި ވެސް ބައިވެރިވި ޕްރޮފެސަރަކު 2015 ގައި ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި ދުނިޔޭގައި ތިން ޓްރިލިއަނަށް ވުރެ ގިނަ ގަސް ހުރި ކަމަށް ލަފާކުރެވެ އެވެ.