01 އޯގަސްޓް 2019
ލޮލަށް ލެންސް ލެއްވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އެކަމަކު ކެމެރާއަކުން ހިފޭ ބޭނުން ލެންސަކުން ހިފޭ ނަމަ އެއީ އަދި މާ ގަޔާވާނެ އެއްޗަކަށް ވާނެ އެވެ.
ލޮލަށް ލެންސް ލެއްވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އެކަމަކު ކެމެރާއަކުން ހިފޭ ބޭނުން ލެންސަކުން ހިފޭ ނަމަ އެއީ އަދި މާ ގަޔާވާނެ އެއްޗަކަށް ވާނެ އެވެ.
މިއީ ފޮޓޯ ނަގަން ކެމެރާ އާއި ސްމާޓް ފޯނު ފަދަ ވަސީލަތްތަކުގެ ބަދަލުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެކަށް ވާނެ އެވެ. އެމެރިކާގެ ކެލިފޯނިއާގެ ސެންޑިއޯގެ ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން މިހާރު މި ވަނީ ދެ ފަހަރަށް އެސްފިޔަ ޖަހައިލުމުން ޒޫމްކޮށްލެވޭ ރޮބޮޓިކް ލެންސެއް އީޖާދުކޮށްފަ އެވެ.
އެ ޓީމުން ބުނި ގޮތުގައި ޒޫމް-އިން/ޒޫމް-އައުޓް ކުރެވޭ މި ލެންސަކީ ލޮލުގެ ގުދުރަތީ އިލެކްޓްރިކް ސިގްނަލް ނުވަތަ އިލެކްޓްރޯ-އޮކިއުލޯގްރެފިކް ސިގްނަލްގެ އެހީގައި މަސައްކަތް ކުރާނެ އެއްޗެކެވެ.
"މިއީ ލޯ މަރާލާގެން އިންނަރު ވެސް ލޮލުގެ ހަރަކާތްތަކަށް އިޖާބަ ދޭނެ އުފެއްދުމެއް،" ލެންސް އުފެއްދި ޓީމްގައި ހިމެނިވަޑައިގަންނަވާ ޝެންގްކިއަންކް ކައި ވިދާޅުވި އެވެ. "މި އީޖާދަކީ ކޮންޓެންޓް ލެންސް ކުރިމަގު ބައްޓަންކޮށް ދޭނެ އެއްޗަކަށް ވާނެ."
ޕޮލިމާ އިން ތައްޔާރުކޮށްފައިވާ މި ލެންސް ކޮންޓްރޯލް ކުރަނީ ލޮލުގެ ވަށައިގެން ހުންނަ ފަސް އިލެކްޓްރޯޑް އެހީގަ އެވެ.
މި އުފެއްދި ޓީމުގެ އުންމީދަކީ މި މަސައްކަތުގެ ތެރެއިން ލިބުނު ތަޖުރިބާގެ އަލީގައި ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ވެސް ބޭނުން ހިފޭނެ ޕްރޮސްޓެތިކް އައި ތައްޔާރު ކުރުމުގެ އިތުރަށް ސީދާ ލޮލުން ކޮންޓްރޯލް ކުރެވޭ ކެމެރާ ވެސް އުފެއްދުމެވެ. އެހެންވެ މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ ކަމަކަށް ވާނެ އެވެ.
ބޯ ނުރަވުމާއި ހާސްކަމާ ގުޅުމެއްވޭތަ؟
ސްމާޓް ޑިވައިސްއަކަށް "ކަރަންޓް ހަންގަނޑެއް"
ކުޑަކުދިންގެ މެދުގައި ޓިކްޓޮކަށްވުރެ މަގުބޫލީ ޔޫޓިއުބް
ދުނިޔޭގެ ގަސްތަކުގައި 9،200 ވައްތަރު އަދި ނުފެނޭ
ކަޅު ކޮފީ ބޯ ހިތްވުން ގުޅެނީ މީހާ ޖީންއާ
ކޮވިޑާ އެކު ސައިންސްވެރިން ބިރުވެރިކަމެއްގައި
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
ހުރިހާ ކޮރޯނާވައިރަހަކަށް އެއް ވެކްސިނެއްގެ އުންމީދު
ވާޗުއަލް ވުމުން، ދުވަސްވީ މީހުންނަށް ގެއްލުން ބޮޑު
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ