Roadha Mihaaru
ހިލޭ ކާން ދީފައި އިނާމު ވެސް ދޭ ރެސްޓޯރަންޓެއް

ހިލޭ ކާން ދީފައި އިނާމު ވެސް ދޭ ރެސްޓޯރަންޓެއް

24 ޑިސެމްބަރ 2020

ހިލޭ ކެއުންތައް ކައިގެން އަގުބޮޑު އިނާމު ވެސް ލިބޭ ފާސްޓް ފުޑް ރެސްޓޯރަންޓެއް އެމެރިކާގެ ޒުވާނެއްގެ އިސްވެ ހުރެ ހިންގަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިލޭ ކެއުންތައް ކައިގެން އަގުބޮޑު އިނާމު ވެސް ލިބޭ ފާސްޓް ފުޑް ރެސްޓޯރަންޓެއް އެމެރިކާގެ ޒުވާނެއްގެ އިސްވެ ހުރެ ހިންގަން ފަށައިފި އެވެ.

"މިސްޓަ ބީސްޓް" ގެ ނަމުން މަޝްހޫރު ޔޫޓިއުބާ ޖިމީ ޑޮނަލްޑްސަން މި ވާހަކަ ހިއްސާކުރަމުން ބުނީ އެމެރިކާގައި އޭނާގެ 300 ރެސްޓޯރަންޓެއް ލޯންޗްކޮށްފައިވާ ކަމަށެވެ. އެމެރިކާގެ ކޮންމެ ހިސާބަކުން ވެސް މިހާރު މިސްޓަ ބީސްޓް ބާގާ އަށް އޯޑަރުކުރެވޭނެ އެވެ. މިކަން ދާއިމީކޮށް ކުރިއަށް ދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ޑެލިވަރީ އެޕްތައް މެދުވެރިކޮށް އޯޑަރު ކުރާ ބާގާ ހިލޭ ކާން ލިބޭ އިރު އިނާމުގެ ގޮތުގައި ލިބޭ ތަކެތީގެ ތެރޭގައި ފައިސާ އާއި އައިޕެޑާއި އެއާޕޮޑްސް އާއި ކާރު ވެސް ހިމެނެ އެވެ.

މިސްޓަ ބިސްޓް ބުނީ މިހާރު ވެސް "މިސްޓަ ބީސްޓް ބާގާ" ގެ އައުޓްލެޓްތަކުގައި ކަސްޓަމަރުން ކިއުތައް ހަދަމުން އަންނަ ކަމަށާއި އެއްވެސް މީހަކު ހުސްއަތާ ގެއަށް ދާން ނުޖެހޭނެ ކަމެވެ.

"ކުރާ ކޮންމެ އޯޑަރަކާ އެކު ޑެލިވަރިކޮށްދޭ އިރު ސަތޭކަ ޑޮލަރު ވެސް ލިބޭނެ،" މިސްޓަ ބީސްޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަސްޓަމަރުން އޮންލައިކޮށް ކުރާ ކޮންމެ އޯޑަރުތަކުން ލިބޭ ފައިދާއިން ވަކި ޕަސެންޓޭޖެއް ދާނީ ބަނޑުހައިހޫނުކަމާ ދެކޮޅަށް އެމެރިކާގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށެވެ.

މި ވަގުތު ""މިސްޓަ ބީސްޓް ބާގާ" ގެ ހިދުމަތް ލިބެނީ އެމެރިކާގައި އެކަނި ކަމަށް ވިޔަސް، އުންމީދަކީ މާ ދުރު ނޫން މުސްތަގުބަލެއްގައި ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް ހިދުމަތް ތައާރަފުކުރުން ކަމަށް މިސްޓަ ބީސްޓް ބުންޏެވެ.

އުމުރުން 22 އަހަރުގެ މިސްޓަ ބީސްޓް އާންމުންގެ ތެރޭގައި މަޝްހޫރުވީ ޔޫޓިއުބްގައި އާންމުކުރާ ނުރައްކާތެރި އަދު އަގު ބޮޑު ސްޓަންޓްތައް ދައްކުވައިދޭ އާދަޔާހިލާފު ވީޑިއޯތަކާ އެކީގަ އެވެ. ޔޫޓިއުބްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު ބައި މިލިއަނާ ގާތްކުރެ އެވެ.

މިސްޓަ ބީސްޓް ޔޫޓިއުބް ވީޑިއޯތައް ހަދަން ފެށީ އުމުރުން 13 އަހަރުގައި 2011 ގަ އެވެ.