Roadha Mihaaru
ދެ ޓޫރިސްޓެއްގެ ސުފުރާ އަށް ދިވެހި ކެއުން

ދެ ޓޫރިސްޓެއްގެ ސުފުރާ އަށް ދިވެހި ކެއުން

01 ޖެނުއަރީ 2022

ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ވަރަށް މަޝްހޫރެވެ. އެހެންވެ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެ އަށް އެތައް ބަޔަކު އާދެ އެވެ. އޭގެ ތެރެއިން މި ފަހަރު މި ދެމަފިރިންގެ ވާހަކަ ހާއްސަ އެވެ. މިއީ އެމެރިކާ އަށް އުފަން ސްޓީވް އާއި އޭނާގެ ތުރުކީ އަންހެނުން ގޮކީގެ ރާއްޖެ ދަތުރުގެ ތެރެއިން ބައެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ވަރަށް މަޝްހޫރެވެ. އެހެންވެ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެ އަށް އެތައް ބަޔަކު އާދެ އެވެ. އޭގެ ތެރެއިން މި ފަހަރު މި ދެމަފިރިންގެ ވާހަކަ ހާއްސަ އެވެ. މިއީ އެމެރިކާ އަށް އުފަން ސްޓީވް އާއި އޭނާގެ ތުރުކީ އަންހެނުން ގޮކީގެ ރާއްޖެ ދަތުރުގެ ތެރެއިން ބައެކެވެ.

ދެމަފިރިން "ޓްރެވެލް އިންޓަސޭންޓް: ގޯކީ އެންޑް ސްޓީވް" ގެ ނަމުގައި ހަދާފައިވާ ޔޫޓިއުބް ޗެނެލްގައި މި ވަނީ އެ މީހުން ތަޖުރިބާކިރި ދިވެހި ކެއުންތަކާ ބެހޭ ވާހަކަތަކެއް ކިޔައި ދީފަ އެވެ. ދެމަފިރިންގެ ޗެނެލުގައި ގެނެސްދިން ދުވެހި ކާނާގެ އެޕިސޯޑް "8 ލޯކަލް ފުޑްސް: މޯލްޑިވިއަން ފުޑް ޓުއާ" ގެ ތެރެއިން އެ މީހުން ތިބި ކޮންރެޑް މޯލްޑިވްސް ރިސޯޓުން ކެއި ދިވެހި 8 ކާނާއެއްގެ ވާހަކަ މީގައި ގެނެސް ދީފައިވެ އެވެ.

ސްޓީވް އާއި ގޯކީގެ ކަރުބުޑުގައި ލައްވައިލި ދިވެހި ރަހަތަކުގެ ތެރޭގައި ރޮއްޓާއި ދޮންރިހަ އާއި ބަތާއި އާދައިގެ ރޮއްޓާއި ހުނިރޮއްޓާއި ތަރުކާރީ ރިހަ މާސި ސަމްބާލާއި ކުކުޅު ރިހަ އަދި ލުއި ކާނާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކުޅިރޮށި ފަދަ އެއްޗެހި ހިމެނެ އެވެ.

ދެ މީހުން ވެސް ބުނި ގޮތުގައި ދިވެހި ކެއުން ސާދާވެފައި ރަހަ ވެސް ވަރަށް މީރެވެ. އަދި ދިވެހި ކެއުމުގެ ހާއްސަ ރަހައަކަށް އެ މީހުންނަށް ފާހަގަކުރެވުނީ ދިވެހިންނަކީ އާންމުކޮށް ކުޅިކޮށްކާ ބައެއްކަމެވެ. އެހެންވެ މިރުހަކީ ދިވެހި ކެއުމާ އެންމެ ރައްޓެހި އެކައްޗެވެ.

ނިއު ޔޯކްގެ ބިޒީ ލައިފާ ދުރަށް ޖެހިލައި ސްޓީވް އާއި ގޯކީ މިހާރު ކުރާ ކަމަކީ ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމެވެ. ރާއްޖޭގެ ތަޖުރިބާ އެ މީހުންނަށް ވަރަށް ސަޅި އެވެ. އެހެންވެ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ވެސް ޒިޔާރަތްކޮށް، ދިރިއުޅުމުގެ ވައްޓަފާޅި ބަލާލައި، އިތުރަށް ދިވެހި ކެއުންތަކުގެ ރަހަ ބަލައިލަން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ.

ދެމަފިރިންގެ ޔޫޓިއުބް ޗެނެލްގައި އަންނަނީ އެކި ގައުމުތަކަށް އެ މީހުން ކުރާ ދަތުރުގެ ތަޖުރިބާތަކާއި ހަރަދު ކުޑަކޮށް ދަތުރުކޮށްލެވޭނެ ގޮތްގޮތުގެ ވާހަކަ ވެސް ކިޔައިދެމުންނެވެ.