17 ޑިސެމްބަރ 2020
ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން ވަޅުލުމުގެ ބަދަލުގައި އަންދަން ސްރީ ލަންކާ ސަރުކާރުން ގެންގުޅޭ އުސޫލުގެ ތެރެއިން އެ ގައުމުގެ މުސްލިމުންނަށް އިހާނެތިކޮށް ހިތާ މައްސަލަ ބައިނަލްއަގުވާމީ ބައެއް ބޮޑެތި މީޑިއާތަކުން ދުނިޔޭގެ ސަމާލުކަމަށް ގެނެސްފި އެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން ވަޅުލުމުގެ ބަދަލުގައި އަންދަން ސްރީ ލަންކާ ސަރުކާރުން ގެންގުޅޭ އުސޫލުގެ ތެރެއިން އެ ގައުމުގެ މުސްލިމުންނަށް އިހާނެތިކޮށް ހިތާ މައްސަލަ ބައިނަލްއަގުވާމީ ބައެއް ބޮޑެތި މީޑިއާތަކުން ދުނިޔޭގެ ސަމާލުކަމަށް ގެނެސްފި އެވެ.
ޔޫއެން ހިއުމަން ރައިޓްސް ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެކަމުގައި ދެއްކެވި ވާހަކަ އަލްޖަޒީރާއިން އިއްޔެ ދިގު ރިޕޯޓެއްގައި ގެނެސްދީ ލަންކާގެ މުސްލިމުންގެ ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ގެނެސްދިނެވެ. މުސްލިމުންގެ އުސޫލުތަކާ އެއްގޮތަށް ޖަނާޒާ ބޭއްވުމުގެ ފުރުސަތު ލަންކާގެ މުސްލިމުންނަށް ނުދޭ މައްސަލަ އެ އެޖެންސީން ކަވަކުރީ ރާއްޖޭގައި ލަންކާގެ މުސްލިމުން ވަޅުލުމުގެ ބަހުސުގައި ޑރ. ޝަހީދު ހިޔާލު ފާޅުކުރެއްވުމާ އެކީގަ އެވެ.
Distressed that no one in the gov of Maldives, including former colleagues @MohamedNasheed @KerafaNaseem @ibusolih @aghafoormohamed see how this “request” undermines equal citizenship & fundamental rights of a whole community in Sri Lanka! @marc_limon @francesharris0n @pagossman https://t.co/2RJUvb8dFn
— Ahmed Shaheed (@ahmedshaheed) December 15, 2020
ޝަހީދު ވިދާޅުވީ ސްރީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑްގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދޭން އެއްބަސްވެއްޖެ ނަމަ އެ ގައުމުގެ މުސްލިމުން އިތުރަށް އެކަހެރިވާނެ ކަަމަށެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އަލްޖަޒީރާ އަށް ފޮނުއްވި ބަޔާނެއްގައި ޝަހީދު ވިދާޅުވީ ކޮވިޑްގައި މަރުވާ މީހުން އެންދުމާއި ވަޅުލުމަކީ ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއެޗްއޯގެ ގައިޑްލައިނުން ޖާގަ ދޭ ދެ ގޮތް ކަމަށެވެ.
އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުގެ އިތުރުން ޝަހީދު ގެންދަވަނީ ސޯޝަލް މީޑިއާގައި ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ލަންކާގެ މުސްލިމުންގެ އެކި ލީޑަރުންނާއި އެކްޓިވިސްޓުން އެކަމުގައި ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތައް އޭނާ ގެންދަވަނީ ސޯޝަލް މީޑިއާގައި ފަތުރުއްވަމުންނެވެ.
ސްރީ ލަންކާގެ މުސްލިމުންގެ ތެރެއިން ގިނަ މީހުންނަކީ ތަމަޅައިން ކަމަށް ވާތީ ސިންގަޅަ ނެޝަނަލިސްޓުންގެ އޮންނަ ދެކޮޅުވެރިކަމުގެ އިތުރުން ދީނީ ގޮތުން އޮންނަ ދެކޮޅުވެރިކަން ބޮޑެވެ. އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ބުދިސްޓުން ދޭތެރެދޭރެއިން ހަމަނުޖެހުންތައް ހިންގަ އެވެ. ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ވެސް ވަޅުލުމުގެ ފުރުސަތު ނުދީ އަންދާ ގޮތަށް އެ ގައުމުގެ ސަރުކާރުން ކަނޑައެޅި އުސޫލު ބަދަލުނުކުރަން ފައިވިއްދަނީ މުސްލިމުން ގަބޫލުކުރާ ގޮތުގައި އެކަން މިހާރު ސިޔާސީ ކަމަކަށް ހަދައިގެންނެވެ.
"ސަރުކާރުން އުޅެނީ މިކަން ސިޔާސީ މައްސަލައަކަށް ހަދައިގެން. އެހެންވެ ސިންގަޅައިން ދެކޭ ގޮތުގައި [ކޮވިޑްގައި މަރުވާ މުސްލިމުން] ވަޅުލުމުގެ ފުރުސަތު އަހަރެމެންނަށް ދީފިއްޔާ އެއީ ސިޔާސީ ގޮތުން އެމީހުން ބަލިވުމެއް،" ބޮޑުދައިތައެއްގެ ހަށިގަނޑު އަންދައިލުމުން ހިތާމައިން ހުރި މުހިއްދީން ނަމަކަށް ކިޔާ މީހަކު އަލްޖަޒީރާ އަށް ބުނެފައިވެ އެވެ.
އުމުރުން އެންމެ 20 ދުވަސްވީ ދަރިފުޅުގެ ހަށިގަނޑު ވަޅުލިޔަނުދީ އަންދައިލުމުން އެކަަމުގެ ހިތާމައިގައި ހުރި އެންއެފްއެމް ފަހީމް އަލްޖަޒީރާ އަށް ބުނި ގޮތުގައި އޭނާގެ ހިތާމާއަށް ލުޔެއް ލިބެން ފަަށާނީ މަޖުބޫރުކޮށްގެން ހަށިތައް އެންދުން ހުއްޓުމަކަށް އައި ދުވަހަކުންނެވެ. އޭނާގެ ދަރިފުޅު ހިމެނެނީ އަލްޖަޒީރާ ބުނިގޮތުގައި އާއިލާގެ ރުހުމެއް ނެތި އަންދައިލި 19 ހަށިގަނޑުގެ ތެރޭގަ އެވެ.
ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިތައް އެންދުން ހުއްޓުވައިދިނުން އެދި ލަންކާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަަލައެއް އެ ކޯޓުން ވަނީ ބަލައިނުގެންފަ އެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ނުބުނެ އެވެ.
ލަންކާ މުސްލިމުންގެ ކަންބޮޑުވުން ދިވެހި ސަރުކާރަށް
އެތައް އަހަރެއް ފަހުން ވެސް ވެލިކަލަގެ ހަނދާންތައް!
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
އަފްހާމް މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ލަންކާއަށް
ގެއްލުނު ދިވެހި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ
ކޮވިޑްގައި 37 އަހަރުގެ މީހަކު މަރުވެއްޖެ
ޑރ. މުނައްވަރު ޖެއްސެވި ޖޯކަށް މައުމޫނު ތާއީދު
މިނިސްޓަރުގެ ތާއީދު ލަންކާ ސަރުކާރުން އެދުނު ގޮތަށް!
ލުތުފީއަކީ އެންމެ ބޮޑު ޚާއިނު، މާފެއް ނުދެވޭނެ:ރައީސް
ރާއްޖޭގައި މަރުވި ލަންކާގެ މީހާގެ މައްސަލަ ބަލަނީ