08 ޖެނުއަރީ 2023
އޭނާގެ ތޮބީއަތަކީ ވެސް ރަނގަޅު އަޚުލާގެވެ. އެހެންވެ، އޭނާ އަމީނިއްޔާގެ ޕްރިންސިޕަލް ކަމުގައި ކުސުމަތީ ވެލިކަލަ ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ދަރިވަރުންގެ އަޚުލާގެވެ. އަމީނިއްޔާ ސްކޫލުގެ ދިގު ތާރީހުގައި، އެ 12 އަހަރު ވަކިން ކަނޑާނަގައި ހާއްސަ ކުރެވެނީ އޭނާގެ އަމިއްލަ ރީތި ސިފަތަކަކާ އެކު ސްކޫލުގެ ސަގާފަތް ވެސް ބަދަލުކޮށްލީމަ އެވެ. ކިޔެވުމަށް މޮޅު ދަރިވަރުންތަކެއް ނުކުމެ، ރާއްޖޭގެ އެންމެ މަތީ ސަފުގައި މިއަދު ތިބީ އެ ހުރިހާ އާދަތަކެއް އޭގެ ތެރެއަށް ވެއްދީމަ އެވެ. -- އެއީ އެކަކު ވެސް، އަދި އެ 12 އަހަރުގެ ތެރޭގައި އެ ފުރާޅުގެ ދަށުގައި ކިޔެވި އެއްވެސް ދަރިވަރަކަށް ދެކޮޅު ހެދެން ނެތް ހަގީގަތެވެ.
އޭނާގެ ތޮބީއަތަކީ ވެސް ރަނގަޅު އަޚުލާގެވެ. އެހެންވެ، އޭނާ އަމީނިއްޔާގެ ޕްރިންސިޕަލް ކަމުގައި ކުސުމަތީ ވެލިކަލަ ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ދަރިވަރުންގެ އަޚުލާގެވެ. އަމީނިއްޔާ ސްކޫލުގެ ދިގު ތާރީހުގައި، އެ 12 އަހަރު ވަކިން ކަނޑާނަގައި ހާއްސަ ކުރެވެނީ އޭނާގެ އަމިއްލަ ރީތި ސިފަތަކަކާ އެކު ސްކޫލުގެ ސަގާފަތް ވެސް ބަދަލުކޮށްލީމަ އެވެ. ކިޔެވުމަށް މޮޅު ދަރިވަރުންތަކެއް ނުކުމެ، ރާއްޖޭގެ އެންމެ މަތީ ސަފުގައި މިއަދު ތިބީ އެ ހުރިހާ އާދަތަކެއް އޭގެ ތެރެއަށް ވެއްދީމަ އެވެ. -- އެއީ އެކަކު ވެސް، އަދި އެ 12 އަހަރުގެ ތެރޭގައި އެ ފުރާޅުގެ ދަށުގައި ކިޔެވި އެއްވެސް ދަރިވަރަކަށް ދެކޮޅު ހެދެން ނެތް ހަގީގަތެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް، 80ގެ ތެރޭގައި ބޭރުން ގެނައި ޕްރިންސިޕަލުންގެ ތެރޭގައި ހިމެނިވަޑައިގަތް އެންމެ ވަރުގަދަ އެއް ޕްރިންސިޕަލް، ސްރީލަންކާ އަށް އުފަން ވެލިކަލާ، އުމުރުން 92 އަހަރުގައި އިއްޔެ ވަނީ އަވަހާރަވެފަ އެވެ. އެކަމަކު، އޭނާގެ ހަނދާންތައް އަދިވެސް އަމީިނިއްޔާގެ ހަތަރު ފާރުގެ ތެރޭގައި ތާޒާކޮށް އެބަހުއްޓެވެ. އޭގައި ސަބަބުތަކެއް ވެސް އެބަހުއްޓެވެ.
ވެލިކަލަ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމާ ހަވާލުވެ ވަޑައިގަތީ މީގެ 34 އަހަރު ކުރިން 1988ގަ އެވެ. ނުވަ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތީ 1992 ވަނަ އަހަރު އެވެ. އެ ނުވަ އަހަރު ވެގެން ދިޔައީ އަމީނިއްޔާގެ ރަންޒަމާނަށެވެ. ފެނުނީ ތަފާތު ހިންގުންތެރިއަކަށެވެ. "ވެލިކަލަ" މި ނަމަކީ ތައުލީމީ ދާއިރާގައި ވެސް ވަރުގަދަ، އަދި އިހުތިރާމް ލިބޭ ނަމަކަށް ވި އެވެ.
އޭގެ ފަހުން ވެސް ވެލިކަލަ ރާއްޖެ ވަޑައިގެން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަން ކުރެއްވި އެވެ. އެއީ 2003 ގައި، އޭރު އަމީނިއްޔާގެ ޕްރިންސިޕަލް ކަމުގައި ހުންނެވި ޑރ. އާމާލް އަލީ ކިޔަވާވިދާޅުވާން ބޭރަށް ވަޑައިގަތުމުން އޭރުގެ އެޑިއުކޭޝަން މިނިސްޓަރުގެ އެދިވަޑައިގަތުމަކަށެވެ. އެ ފަހަރު ތިން އަހަރު އަމީނިއްޔާގެ ޕްރިންސިޕަލް ކަން ކުރެއްވި އެވެ.
"ވެލިކަލަ އަކީ ވަރަށް އޯގާވެރި ބޭފުޅެއް، ވަރަށް ކެއަރިން ވަރަށް މަދާލީ [މައެއްގެ] ގޮތެއް ހުންނާނީ. އަންހެން ކުދިންގެ ސްކޫލަކަށް ވަރަށް އައިޑިއަލް ބޭފުޅެއް،" ތައުލީމީ ދާއިރާގެ ތަޖުރިބާކާރު، އަދި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވި އެވެ.
ވެލިކަލަ އަމީނިއްޔާ ސްކޫލުގެ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ: ތައުލީމީ ދާއިރާގެ ބޭފުޅުން ވެލިކަލަ ސިފަ ކުރައްވަނީ މަންމައެއްގެ ގޮތުގައި -- ފޮޓޯ: އަމީނިއްޔާ ސްކޫލު
ވެލިކަލަ އަމީނިއްޔާގައި މަސައްކަތް ކުރެއްވި އިރު، އަންވަރު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގައި ސްކޫލުތައް ބެލެހެއްޓުމުގެ ވަރަށް އިސް މަގާމެއްގަ އެވެ. އަންވަރަށް ވެލިކަލަ ފެނިވަޑައިގަތީ ދަރިވަރުންނަށް އޯގާތެރި، އަދި ކިޔެވުމުގެ ކަންކަމުގައި ކުދިންގެ ކުރިމަގަށް ވިސްނެވި ބޭފުޅެއްގެ ގޮތުގަ އެވެ.
"އެއީ ކުދިންގެ ކަންތައްތަކުގައި ވަރަށް ބޮޑަށް އުޅުއްވި ބޭފުޅެއް. ކިޔަވައިދިނުމުގެ ކަންކަމަަށް ވެސް އެހާ ބޮޑަށް އުޅުއްވި، ޓީޗަރުންނަށް އިރުޝާދު ދެއްވާ، ވާނުވާ ބައްލަވާ، އުނިވާ ކަންކަން ބައްލަވާނެ. ފަހަތަށް ޖެހޭ ކަމެއް އޮތް ނަމަ އެކަމަކަށް ވެސް ވާހަކަ ދައްކަވާނެ،" އަންވަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އެއީ އޭރުގެ ހުރިހާ ޕްރިންސިލުންގެ ތެރެއިން ކުދިންގެ ކަންކަމަށް އެންމެ އިސްކަމެއް ދެއްވި ޕްރިންސިޕަލޭ."
މުދައްރިސުންގެ ކަންކަމުގައި ވެލިކަލަ ބަހައްޓަވާ ފަރުވާތެރިކަމާއި ދެއްވާ އިރުޝާދު ވެސް އަންވަރު ފާހަގަ ކުރެއްވި އެވެ.
އަމީނިއްޔާ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާއެއްގައި ވެލިކަލަ އާއި އެ ސްކޫލުގެ ބައެއް މުވައްޒަފުން ބައިވެރިވަނީ
ވެލިކަލާގެ އެންމެ ހާއްސަ އަނެއް ސިފަ އަކީ، އަންވަރު ވިދާޅުވި ގޮތުގައި މުޅި ތައުލީމީ ސިސްޓަމް ރަނގަޅުކުރުމަށް އޭނާ އަމިއްލަ ގޮތުން ވެދެއްވި އެހީތެރި ކަމެވެ. އެއީ، އެހެން ސްކޫލެއްގެ ކަމެއް ވިޔަސް ހެވެވެ.
އޭގެ އެއް މިސާލެއްގެ ގޮތުން އަންވަރު ނެންގެވީ، 1991 ގައި އޭނާ ތައުލީމީ ދާއިރާ އަށް ކޮށްދެއްވި އަގުހުރި ހިދުމަތެކެވެ. ގްރޭޑް 8 އަށް ވަންނަ ކުދިންނަށް، އެ ގްރޭޑަށް ވަންނަ އިރު އެނގެން ޖެހޭ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް އޭރު އެޑިއުކޭޝަނުން ވަރަށް ބޮޑު ހަރަކާތެއް ހިންގި އެވެ. އެ ކަމަށް އުފެއްދި ސަބްޖެކްޓް ކޮމެޓީތަކުގައި ވެލިކަލަ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
"އެއީ ކޮންމެ މާއްދާއެއްގެ ޓީޗަރުންތައް އެއްކޮށް ގްރޫޕެއް ހަދައިގެން ހިންގި ކޮމެޓީއެއް. މި ހުރިހާ ޓީޗަރުން އެއްވާނީ އަމީނިއްޔާ ނޫނީ މަޖީދިއްޔާ ސްކޫލަށް. އޭގައި ބައިވެރިވާނެ އެކި ސްކޫލުތަކުން، އެ ކޮމެޓީތައް އަމީނިއްޔާ ސްކޫލުގައި ބާއްވާއިރު، ވެލިކަލަ ބައިވެރިވެ ވަޑައިގެން އޭނަގެ އިންޕުޓް ދެއްވާނެ ވަރަށް ބޮޑަށް." އަންވަރު ވިދާޅުވި އެވެެ.
"އަމީނިއްޔާގައި އެ އޮތް ކޮމެޓީތަކުގެ ތެރެއިން އެހެން ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައި ހުންނާނީ. އެއީ ހުރިހާ ސްކޫލުތަކަކުން ޓީޗަރުން ބައިވެރިވެގެން ކުރި ކަމެއްވީމަ. ކޮންމެވެސް އެއް ސިފައެއްގައި ކޮންމެ ސްކޫލަކަށް ވެސް ކޮންޓްރިބިއުޓް ކުރެވިފައި ހުންނާނީ."
އަމީނިއްޔާ ސްކޫލުގެ ޖަލްސާއެއްގައި ވެލިކަލަ، ކުރީގެ ރައީސް މައުމޫން އަރިހުގައި -- ފޮޓޯ: އަމީނިއްޔާ ސްކޫލް
ވެލިކަލަ އަކީ، އެއްވެސް އިރެއްގައި ސްކޫލު ހިންގުމުގައި އުޅުއްވި ބޭފުޅެއް ނޫން ކަމަށް އަންވަރު ވިދާޅުވި އެވެ. ސްކޫލު ހިންގުމުގެ ހުރިހާ ކަމެއް އަބަދު ވެސް ބަލަހައްޓަވަނީ ޕްރިންސިޕަލް ކަމަށް އަންވަރު ވިދާޅުވި އެވެ. ވެލިކަލާ އިސްކަން ދެއްވާފައި ހުރީ އަބަދުވެސް، ކިޔެވުމުގެ ކަންކަމަށެވެ.
އަންވަރު ވިދާޅުވި ގޮތުގައި، ބިދޭސީ ޓީޗަރުން ހޯދުމުގައި ވެސް ވެލިކަލާ އަކީ މުހިންމު ބައިވެރިއެކެވެ. ލަންކާ އިން ރަނގަޅު ޓީޗަރުން ހޯދުމުގައި ވެލިކަލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދުވަސްވަރު ރާއްޖެ އަށް ޓީޗަރުން ގެންނާނީ ލަންކާއިން އެކަނި. ލަންކާއިން ޓީޗަރުން ގެނައުމަށްދާ ދަތުރުތަކުގައި މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ވަޑައިގަންނަވަނީ އަމީނިއްޔާ އަދި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލުން. އެހެންވީމަ އެއީ ވެސް ވެލިކަލަ މި ގައުމަށް ކޮށްދެއްވި ވަރަށް މުހިންމު ހިދުމަތެއް."
އަންވަރު ވިދާޅުވި ގޮތުގައި، ވެލިކަލާގެ މިޒާޖަކީ ގިނަ ވަގުތު ސްކޫލުގައި ހޭދަކުރެއްވުމެވެ. އަދި މާދަމާ އަށް ކަންކަން ފަސް ނުކުރެއްވުމެވެ.
"ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވާނެ ސްކޫލުގައި. ހަވީރުގެ ސެޝަން ނިމިގެން ވެސް އުޅުއްވާނެ. ވަރަށް ހީވާގިވާނެ. އެއީ ސްކޫލުގެ ކިޔަވައިދިނުމުގެ ކަންކަން ނިމުނަސް ކުރަން ހުންނަ ކަންކަން ކުރެއްވުމަށް މަޑުކުރައްވާނެ."
އަމީނިއްޔާގެ ޖަލްސާއެއްގައި ވެލިކަލަ: ތަފާތު ޕްރިންސިޕަލްއެއް -- ފޮޓޯ: އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަދި ވެލިކަލައާ އެކު ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ ޑރ. އާމާލް އަލީ ވިދާޅުވި ގޮތުގައި ވެލިކަލާ އަކީ ދަރިވަރުންގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
"ވެލިކަލަ އަކީ ވަރަށް ތަރުތީބުން އުސޫލު ކުރިއަށް ގެންދެވި ބޭފުޅެއް. އަބަދުވެސް ކުދިންގެ ކަންކަން ރަނގަޅުކޮށް ކުދިން ކުރިއެރުވުމަށާއި ސްކޫލުން ދެވޭ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނީ،" އާމާލް ވިދާޅުވި އެވެ.
އަމީނިއްޔާ ސްކޫލުގައި ވެލިކަލަ ޕްރިންސިޕަލްކަން ކުރެއްވިއިރު އެ ސްކޫލުގައި އޮންނަނީ ސެކަންޑްރީ ގްރޭޑްތަކެވެ. އޭރު އެ ސްކޫލުގައި 3000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދިޔަ ކަމަށް އާމާލް ވިދާޅުވި އެވެ.
ވެލިކަލަ އަވަހާރަވުމާ ގުޅިގެން، އަމީނިއްޔާގެ އެސެމްބްލީގައި ވެސް މިއަދު ވަނީ އެކަން ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ހިތާމައިގައި ބައިވެރިވެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެން ކުދިންގެ ތައުލީމުގައި ވެލިކަލަގެ ހިއްސާ ބޮޑު ކަމަށެވެ. އަމީނިއްޔާ ސްކޫލުގެ ތައުލީމަށް ގިނަ ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދައިދީފައިވާކަން ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ މިއަދު މިއޮތީ މަތީ ފެންވަރުގަ އެވެ. އެކަމަކު، 80ގެ އަހަރުތަކަކީ، އެ ތައުލީމު ފުޅާކުރުމަށް އެތައް ހުރަހެއް ކުރިމަތިވަމުން އައި އަހަރުތަކެކެވެ. ރަނގަޅު ޕްރިންސިޕަލުންނާއި ރަނގަޅު ޓީޗަރުން ހޯދުމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވި އެވެ. އެ ދަތިކަން ފިލުވައިދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކުރީ ލަންކާ އިން އައި ޓީޗަރުންނާއި ޕްރިންސިޕަލުންނެވެ. ވެލިކަލާ އަކީ އޭގެ ތެރެއިން އެއް ބޭފުޅާ އެވެ. އެކަމަކު އޭނާ އަކީ ހަމައެކަނި ވަޒީފާއެއް އަދާކުރި ޕްރިންސިޕަލެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އަކީ، މުޅި ތައުލީމީ ނިޒާމު ފައްކާ ކޮށްދިން ޕްރިންސިޕަލެކެވެ. އެއީ ފޮހެވޭނެ ހަނދާންތަކަކަށް ވުރެ މާ ވަރުގަދަ ހިދުމަތެކެވެ.
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
އަފްހާމް މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ލަންކާއަށް
ގެއްލުނު ދިވެހި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ
ކޮވިޑްގައި 37 އަހަރުގެ މީހަކު މަރުވެއްޖެ
ލަންކާ މުސްލިމުންގެ ކަންބޮޑުވުން ދިވެހި ސަރުކާރަށް
ލަންކާ މުސްލިމުން އަންދާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް
މިނިސްޓަރުގެ ތާއީދު ލަންކާ ސަރުކާރުން އެދުނު ގޮތަށް!
ރާއްޖޭގައި މަރުވި ލަންކާގެ މީހާގެ މައްސަލަ ބަލަނީ
ސަފާރީއަކުން ފީނަން ފޭބި ލަންކާ މީހަކު މަރުވެއްޖެ
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: އުފާވެރި މޫނުތަކެއް