14 ޑިސެމްބަރ 2020
ކޮވިޑް-19 ފެތުރޭތީ މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ބަންދުކުރުމަށް ފަހު މިއަދުން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ދިނުމާ އެކު 15 ގެސްޓްހައުސެއް ހުޅުވައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ބަންދުކުރުމަށް ފަހު މިއަދުން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ދިނުމާ އެކު 15 ގެސްޓްހައުސެއް ހުޅުވައިފި އެވެ.
ނުވަ މަހަށް ފަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މިއަދުން ފެށިގެން ހުޅުވަން ހުއްދަ ދީ އެކަން އިއުލާނުކުރީ މިދިޔަ ހަފުތާގަ އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން މާލެ ސަރަހައްދުގައި 82 ގެސްޓް ހައުސެއް އައީ ހިންގަމުންނެވެ. އެއީ 2،342 އެނދެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މިިދިޔަ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވަން ހުއްދަ ދީފަ އެވެ. އެއީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ތެރެއިންނެވެ. މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވައި ހިންގުމުގެ ހުއްދަ ދިނުމާ އެކު، އެކަމަށް ހާއްސަކޮށްގެން ވެސް އެޗްޕީއޭ އިން ވަނީ ގައިޑްލައިނެއް ހަދައިފަ އެވެ.
ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭ އިރު، ގެސްޓް ހައުސްތަކުގެ ހުރިހާ މުވައްޒަފުން ކޮންމެ މަހަކު އެއްފަހަރު ޕީސީއާރް ޓެސްޓް ހަދަން ގައިޑްލައިންގައިވެ އެވެ.
ރަށްރަށުގައި ގެސްޓު ހައުސްތައް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަަ ދެނީ އެޗްޕީއޭ އިން ކަނޑައަޅައިފައިވާ މިންގަޑުތަކަށް ފެތޭ ކަމުގެ ޔަގީންކަން އެ ރަށެއްގެ ކައުންސިލުން ދިނުމުންނެވެ. ރަށުގައި ފްލޫ ކުލިނިކާއި ކަރަންޓީން ފެސިލިޓީ އަދި ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމްކޮށްފައި ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން ގެސްޓު ހައުސްތައް ހުޅުވާ ރަށްރަށުގައި އުޅޭ އެންމެން މާސްކު އެޅުން މަޖުބޫރު ވާނެ އެވެ. އަދި އެ ރަށެއްގައި އުޅޭ ބަޔަކު ކޮވިޑް-19 ފެތުރިފައި ނެތް ރަށަކަށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ދާ ނަމަ ކަރަންޓީނުގެ މުއްދަތު ވެސް ފުރިހަމަކުރަން ޖެހެ އެވެ.
ގެސްޓް ހައުސްތައް އަލުން ހިންގަން ފަށާފައި ވާއިރު، ކޮވިޑާ ހެދި ބަންދުކުރަން ޖެހުނު ރިސޯޓްތައް އަލުން ހުޅުވައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ކާނި ހޮޓަލުގެ ސާވިސް ޗާޖަށް 1.1 މިލިއަން ރުފިޔާ
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ހޯމް ސްޓޭ: މެހުމާންދާރީން ރަށަށް ޑޮލަރު!
އޮޅުވާލައިގެން ހިދުމަތް ދޭ ތިން ގެސްޓްހައުސްއެއް ބަންދު
ހުރިހާ ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފި