13 ޑިސެމްބަރ 2020
ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން މޮޅުވި ނަމަވެސް އީގަލްސް އިން ދެން ހުރި މެޗުތައް ފަސޭހަކޮށްނުލާނެ ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން މޮޅުވި ނަމަވެސް އީގަލްސް އިން ދެން ހުރި މެޗުތައް ފަސޭހަކޮށްނުލާނެ ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ލީގުގެ ރަނަރަޕް އީގަލްސް އިން ވަނީ މި ފަހަރު ސީޒަން ހުޅުވި މެޗުގައި ފަހަތުން އަރައި މާޒިޔާ އަތުން 3-2 އިން މޮޅުވެފަ އެވެ. އެ މެޗުން އީގަލްސް އިން ނެރުނު ނަތީޖާ އާއި ދެއްކި ކުޅުން މޯހަން ހީކުރި ވަރަށް ވުރެ ވެސް ރަނގަޅެވެ. އެ މެޗަށް ފަހު މީހުންގެ ނަޒަރުގައި އީގަލްސްއާ މެދު ދެކޭ ގޮތް ބަދަލުވެ އެ ޓީމާ މެދު ކުރެވޭ އުއްމީދުތައް މައްޗަށް ޖެހިފައިވާއިރު، މޯހަން ހުރީ އެ ލެވަލްގައި ހިފެހެއްޓޭނެ ގޮތަށް ޓީމު ބައްޓަންކުރަން އަމާޒުހިފައިގެންނެވެ.
"ޗެލެންޖް ބޮޑު. ހަމައެކަނި ނަތީޖާއެއް ނޫން ކުޅުން ވެސް ވީ އެންމެ ރަނގަޅަށް ދައްކައިދެވޭތޯ ބަލަން އެބަޖެހޭ. ފުރަތަމަ ފޯކަސް އަކަށް މި ވަނީ މި ކަހަލަ މުބާރާތެއްގައި ނަތީޖާ ނެރުން. ދެން އޭގެ ފަހުން ވީހާވެސް ރީތި ބޯޅައެއް ކުޅުން،" މޯހަން ބުންޏެވެ.
ކާމިޔާބީއަކާ އެކު ސީޒަން ފެށުނު ނަމަވެސް އޭގެ ސަަބަބުން ގޯސް އަސަރެއް ޓީމަށް ކުރިޔަނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މޯހަން ހުރީ ތައްޔާރަށެވެ. އަދި ކުޅުންތެރިންނަށް މެޗުތަކަށް ތައްޔާރުވާއިރު ފަސޭހަކޮށްނުލުމަށާއި ރަނގަޅު ރޫހެއްގައި މެޗުތަކަށް ކުރިމަތިލުން މުހިއްމުކަމަށް މޯހަން ގަބޫލުކުރެ އެވެ.
"ޓީމު ކުޅުންތެރިން އެ ހިސާބަކަށް ނުދޭ އެ އަށް ވުރެން ބޮޑަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފައިތައް ހުރީ ހަމަބިމުގައި ރަނގަޅަށް ހަރުލާފައި. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ފެންވަރާއި ހާލަތާއި ހުރިހާ އެއްޗެއް. މާޒިޔާ އަކީ ކިހާ ވަރެއްގެ ޓީމެއް ކަމާ ހުރިހާ އެއްޗެއް އެނގޭ. އަހަރެމެންގެ ފެންވަރު އެނގިގެން މި ތައްޔާރުވަނީ. އިދިކޮޅަށް ނުކުންނަ ޓީމަކީ އާދައިގެ މާ ފެންވަރެއް ނެތް ޓީމެއް ކަމަށް ބަަލައިގެނެއްނޫން. ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި،" ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން މޯހަން ބުންޏެވެ.
ބިދޭސީ ކުޅުންތެރިން ޓީމު ލިސްޓުގައި ހިމަނާފައިވީ ނަމަވެސް އެ ކުޅުންތެރިން އަދި ޓީމާ ނުގުޅޭތީ އީގަލްސް އިން ކުޅެމުން ދަނީ މުޅިން ދިވެހި ކުޅުންތެރިންނާ އެކު އެވެ. މޯހަން ބުނީ ހަގީގަތުގައި މިއީ މުޅިން ދިވެހި ކުޅުންތެރިން ލައިގެން ކުޅެވިދާނެ އަހަރެއް ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތީ އޭއެފްސީ ކަޕްގައި ވެސް ވާދަކުރަން ޖެހިފައި އޮތުމުން ކަމަށެވެ.
ޝީލްޑް މެޗުގައި އީގަލްސްގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު އިބްރާހިމް ސިނާހު އެވެ. އީގަލްސްގައި ދެން ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ހަސަން އަލީފް އެވެ. މޯހަން ބުނީ ދެ ކީޕަރުން ވެސް ޓީމަށް އަރަން ކުރާ މަސައްކަތް ރަނގަޅުކަމަށާއި މެޗުގައި ކުޅޭނެ ކީޕަރެއް ނިންމާނީ ކީޕަރު ޓްރެއިނަރު ކަމަށެވެ.
ޝީލްޑް މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އީގަލްސްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި ހަސަން ރާއިފް (ހަންނަ) އަށް ލީގުގެ ފުރަތަމަ މެޗު ގެއްލިދާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އެ ދެ ކުޅުންތެރިންނާ މެދު އެންމެ ފަހު ގޮތެއް ނިންމާނީ ފަހު ޕްރެކްޓިހަށް ފަހު އެވެ.
މިއީ މިދިޔަ ސީޒަނު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ފުރަތަމަ މެޗެވެ. ރަނގަޅު ސްކޮޑެއް އެކުލަވާލާފައިވާ ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގައި މަސައްކަތްކޮށްފައިވާ އަހުމަދު ނާޝިދު (ނާދު) އެވެ.
ސަސް އިން ގެނައި ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާއިރު އަހުމަދު ޝާފިއު (ޝާފީ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފައްރާހު (ފައްރަ) އަދި މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެ އެވެ. އެ ޓީމުން ވަނީ އުޒްބެކިސްތާން ގޯލްކީޕަރަކާއި ޖަޕާނުގެ ދެ މިޑްފީލްޑަރުންގެ އިތުރުން ސްޕެއިނުގެ ފޯވާޑެއް ވެސް ގެނެސްފަ އެވެ.
"ބޭރު ކުޅުންތެރިންނާއި އެކްސްޕީރިއަންސް ކުޅުންތެރިން ވީ އެންމެ ބޮޑަށް ބޭނުންކޮށްގެން މި ކަން ކުރެވޭނީ. ހާއްސަކޮށް މިހާރު ޓީމުގައި ތިބި އެކްސްޕީރިއަންސް ކުޅުންތެރިން ދަނޑުމައްޗަށް ލެވޭތޯ މަސައްކަތްކުރާަނަން. ދެން އެހެން ބުންޏަސް އީގަލްސްގެ ފެންވަރު ވެސް ފެނިއްޖެ. އެ ޓީމާ ދެކޮޅަށް ތިބި ކުޅުންތެރިންގެ އެކްސްޕީރިއަންސް ބޭނުންކުރުން މުހިއްމު. އުއްމީދު ކުރަނީ ނަތީޖާއެއް ނެރެވޭނެ،" ނާދު ބުންޏެވެ.
ސަސް އަށް ގެނައި ބިދޭސީ ކުޅުންތެރިން އާންމުކޮށް ރާއްޖޭގެ ޓީމުތަކަށް ގެންނަ ކުޅުންތެރިންނާ އަޅާކިޔާއިރު ފެންވަރު ރަނގަޅު ކަމަށާއި ލޯކަލް ކުޅުންތެރިންގެ އެހީއާ އެކު ބިދޭސީ ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށެވެ.
އީގަލްސް އާއި ސަސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް
އީގަލްސް އަށް ނޫނެކޭ ބުނަން ޝާޒަށް އުނދަގޫ
އަދިވެސް އީގަލްސް އަށް ޕްރެޝަރު އެބައޮތް: މޯހަން
އީގަލްސްގެ ވިސްނުން ރެލިގޭޝަނުން ސަލާމަތްވުމަށް؟!
ވެލެންސިއާ ވަރުގަދަ ވިޔަސް ބިރެއް ނެތް: މޯހަން
ލީގު ހޯދަން ބަލާއިރު މިއީ މަރުގެ މެޗެއް: މޯހަން
ރިޒޭގެ އަނިޔާ ސީރިއަސް، އޭނާ ނެތްތަން ދައްކާ: މޯހަން
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
އީގަލްސް އޮތީ ރަނގަޅަށް ތައްޔާރު ވެފަ: މޯހަން
ސާންތީ ބަލިވެ އުޅޭތީ އީގަލްސްގެ ކޯޗުކަށް މޯހަން