08 ޖެނުއަރީ 2021
ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރި ނަމަވެސް މިހާރުގެ ހާލަތަށް ބަލާނަމަ މަސައްކަތްކުރަން ޖެހެނީ ރެލިގޭޝަނުން ސަލާމަތްވާން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރި ނަމަވެސް މިހާރުގެ ހާލަތަށް ބަލާނަމަ މަސައްކަތްކުރަން ޖެހެނީ ރެލިގޭޝަނުން ސަލާމަތްވާން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު އީގަލްސް ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު، އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ މި ލީގުގެ އެންމެ ފުލުގަ އެވެ.
އީގަލްސް އަށް ނަތީޖާ ނެރުމުގައި މި ވަގުތު ދިމާވެފައި އޮތް ޗެލެންޖަކީ އަނިޔާގެ މައްސަަލަތަކެވެ. އީގަލްސްގެ ތަރި އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން މި ސީޒަނުގައި ނުކުޅޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރީ. އެހެން ނަމަވެސް މި ވަގުތު މި ބަލަންޖެހެނީ މިހާރުގެ ހާލަތަށް ބަލާނަމަ ރެލިގޭޝަނުން ސަލާމަތްވާން. އެހެން ނަމަވެސް ވަރަށް ދިގު ލީގެއް މިއީ. ވަރަށް ގިނަ މެޗުތަކެއް އެބަހުރި ކުޅެން. ވަރަށް ގިނަ ގޮތްގޮތް ވެގެންދާނެ. ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމުގެ އުއްމީދު އެބައޮތް. ރީތި ބޯޅައެއް ކުޅުމަށް ވުރެ ހާލަތުގެ ގޮތުން މުހިއްމީ ނަތީޖާ ނެރުން،" ކުރިން ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބުކުރި މޯހަން ބުންޏެވެ.
މޯހަން ބުނީ އެންމެ ފަހުން ކުޅުނު ވެލެންސިއާ މެޗުން އީގަލްސް އަށް ލިބުނީ ހައްގު ބައްޔެކޭ ބުނެވިދާނެ ކަމަށާއި އޭގެ ކުރިން ކުޅުނު ތިން މެޗަަކީ އީގަލްސް އިން ރަނގަޅަށް ކުޅެ އެކި ސަބަބުތަކާ ހުރެ އަތުން ގެއްލުނު މެޗުތަކެއް ކަމަށެވެ.
"ކުޅުމަށް ބަލާއިރު (އެ މެޗުތަކުގައި) ވަރަށް ރަނގަޅު. ރިޒަލްޓެއް ނުލިބިގެން މި ހުރިހާ މައްސަލަ އަކަށް މި ދިމާވީ. މި ވަގުތު ހުރިހާ ކަމަކަށް ވުރެން މުހިއްމީ ނަތީޖާ. އެ ލިބިއްޖިއްޔާ އެއީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ހަގީގަތުގައި. މަސައްކަތުގެ ރޭޓް ރަނގަޅު. މި ސިޓުއޭޝަނުން އަރައިގަންނަން ހުރިހާ ކުޅުންތެރިންގެ އެއްބާރުލުން ވެސް ބޭނުންވާނެ. ޅަ ކުޅުންތެރިން މެޗުއާވާން އަމިއްލަ އަށްކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭ،" މޯހަން ބުންޏެވެ.
އީގަލްސްއާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ވެސް މި ވަގުތު އޮތީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ވަރަށް ހާލަތު ގޯސްކޮށެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޓީމުގެ މުހިއްމު ހަތް ވަރަކަށް ކުޅުންތެރިން ތިބީ އަނިޔާގައި ކަަމަށާއި އެހެންވެ އީގަލްސްއާ ދެކޮޅަށް މާ ރަނގަޅު ޓީމެއް ނެރެވޭނެކަމުގެ އުއްމީދު ކުޑަކަމަށެވެ.
"އަނެއްހެން ފުދޭ ވަރެއްގެ ދެރަކަމެއް. ޔޫވީ ކަހަލަ ބެންޗުގައި މާ ރަނގަޅު ކުޅުންތެރިން ނެތް ޓީމެއްގައި ފުދޭ ވަރަކަށް އުނދަގޫ ސިޓުއޭޝަނެއް،" މުހައްމަދު ބުންޏެވެ.
ޗެރިޓީ ޝީލްޑް މެޗުން މޮޅުވިފަހުން އީގަލްސްގެ މޮޅު ކުޅުން އަދި ނުފެންނަ ކަމަށާއި އީގަލްސް އަށް ވެސް މިހާރު ކުރިމަތިވެފައި އޮތީ އަނިޔާގެ މައްސަލަކަން ފެންނަން އޮތް ކަމަށް މުހައްމަދު ބުންޏެވެ. އެހެން ނަމަވެސް ދެ ޓީމު އަޅާކިޔާއިރު ޔުނައިޓެޑް ވިކްޓްރީ އަށް ނެތް އެޑްވާންޓޭޖެއް އީގަލްސް އަށް އޮތް ކަމަށް އޭނާ ދެކެ އެވެ.
"އީގަލްސް އަށް މި ހާލަތުގައި ވެސް އިން އެޑްވާންޓޭޖެއް އެއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކީގައި ކުޅޭ ކުޅުންތެރިންތަކެއް ތިބުން. އެގޮތަށް ބަލާއިރު ޔޫވީގެ މައްސަލައަކީ އެބަތިބި ހައެއް ނޫނީ ހަތް ވަރަކަށް ކުޅުންތެރިން އަލަށް ޖޮއިންކޮށްގެން ފުރަތަމަ އެގާރައިގައި ކުޅޭ. އެއީ އިން ޑިސެޑްވާންޓޭޖެއް ޔޫވީ އަށް އެ ގޮތުން ބަލާއިރު،" މުހައްމަދު ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ކުޅުނު މެޗު ދިޔައީ ދެ ގޮތަކަށެވެ. ގްރީން ސްޓްރީޓްސްއާ 1-1 އިން ފަހު ވަގުތު ލަނޑު ޖަަހައިގެން ޔުނައިޓެޑް ވިކްޓްރީން އެއްވަރުކުރިއިރު، އެންމެ ފަހުން ޓީސީއާ އެއްވަރުވީ ފަހު ވަގުތު އެ މީހުން ލަނޑު ޖަހައި 1-1 ކުރުމުންނެވެ. މުހައްމަދު ބުނީ އެކަން އެގޮތަށް ދިޔައީ ޓީމެއްގެ ގޮތުގައި ފޯކަސް ނެތިގެން ކަމަށެވެ.
އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އަކީ މި ފަަހަރުގެ ލީގުގައި މޮޅެއް ނުލިބި އޮތް ތިން ޓީމުގެ ތެރެއިން ދެ ޓީމެވެ. އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
އީގަލްސް އަށް ނޫނެކޭ ބުނަން ޝާޒަށް އުނދަގޫ
ޔޫވީ ބަލިކޮށް އީގަލްސް އަށް ހިތްހަމަޖެހުމެއް
"އީގަލްސް ހާއްސަވާނެ، އެކަމަކު ބޭނުމީ ޔޫވީ މޮޅުވާން"
އަދިވެސް އީގަލްސް އަށް ޕްރެޝަރު އެބައޮތް: މޯހަން
އީގަލްސް ލީގުގައި ފުރަތަމަ މޮޅު ހޯދައިފި
ވެލެންސިއާ ވަރުގަދަ ވިޔަސް ބިރެއް ނެތް: މޯހަން