28 ޖެނުއަރީ 2021
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަށް ހާއްސަވާ ސަބަބަކީ ކުރީގެ ޓީމާ ދެކޮޅަށް އޭނާ ނުކުންނަ ފުރަތަމަ ފަހަރު ކަމަށްވުމެވެ. އީގަލްސް އަށް ސާންތީގެ ހިތުގައި ހާއްސަ ގަދަރެއް އޮތަސް މި މެޗުން އޭނާ ބޭނުންވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ލީގުގެ ފުރަތަމަ މޮޅު ހޯދައިދޭށެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަށް ހާއްސަވާ ސަބަބަކީ ކުރީގެ ޓީމާ ދެކޮޅަށް އޭނާ ނުކުންނަ ފުރަތަމަ ފަހަރު ކަމަށްވުމެވެ. އީގަލްސް އަށް ސާންތީގެ ހިތުގައި ހާއްސަ ގަދަރެއް އޮތަސް މި މެޗުން އޭނާ ބޭނުންވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ލީގުގެ ފުރަތަމަ މޮޅު ހޯދައިދޭށެވެ.
ގައުމީ ޓީމުގައި އަށް އަހަރު ހޭދަކުރުމަށް ފަހު ސާންތީ އޭނާގެ ކޯޗިން ކެރިއަރުގެ ބޮޑު މަސައްކަތް ފެށީ 2011 ވަނަ އަހަރު އީގަލްސް އިންނެވެ. އެ ޓީމުގައި 2017 ވަނަ އަހަރުގެ މެދަކާ ހަމައަށް ހުރިއިރު، އޭނާ ވަނީ ޒުވާން ޓީމެއް ބިނާކޮށް 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ސާންތީ ބުނީ އީގަލްސް އަށް އޭނާގެ ހިތުގައި އަބަދުވެސް ހާއްސަ ގަދަރެއް އޮންނަ އެންމެ ބޮޑު ސަބަބަކީ ކޯޗެއްގެ ގޮތުގައި ގިނަ ބަޔަކު އޭނާ ބަލައިގަތީ އީގަލްސްގައި ހުއްޓައި ކަމަށްވާތީ އެވެ. އެ ގޮތަށް ވިސްނާއިރު ގިނަ ބަޔަކު އޭނާ ލޭބަލްކުރަނީ ވެސް އީގަލްސް މީހެއްގެ ގޮތުގައި ކަމަށް ސާންތީ ބުންޏެވެ.
"ބަޔަކު އަބަދުވެސް އަޅުގަނޑު ލޭބަލްކޮށްފައި މި އޮންނަނީ އަޅުގަނޑު އީގަލްސް އިން ނުކުތީންސުރެން އީގަލްސް މީހެއްގެ ގޮތުގައި. އީގަލްސް އަށް ހާއްސަ ލޯތްބެއް އޮންނާނެ. މީގެ ކޯޗިންގެ މި އޮންނަ ގޮތަކީ އިދިކޮޅުގައި ހުންނައިރު އެ އިހުސާސް ނުކުރެވޭނެ. ހަމަބަަލާނީ އެ މީހުންގެ ބަލިފައިތައް ބަލައި ކިހިނެއްތޯ އެ މީހުން ބަލިކުރާނީ،" ސާންތީ ބުންޏެވެ.
އީގަލްސްގެ ކޯޗުކަމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވުމުން ސާންތީ އަށް ހުށަހެޅުން ލިބުނެވެ. އެކަމަކު އޭނާ ޔުނައިޓެޑް ވިކްޓްރީ އަށް ދީފައިވާ ބަހުގެ އިތުބާރު ދަމަހައްޓައި އެ ޓީމުގައި މަޑުކުރަން ނިންމީ އެވެ. އީގަލްސްގެ ކޯޗުގެ ޒިންމާއާ މި ވަގުތު ހަވާލުވެހުރި އަހުމަދު ނިމާދު (ނިމާ) ވަނީ ސާންތީއާ އެކު ވެސް ގިނަ ދުވަހު މަސައްކަތްކޮށްފަ އެވެ. ސާންތީ ބުނީ މި ވަގުތަށް ބަލާއިރު ނިމާއާ ދެކޮޅަށް ނުކުންނައިރު އެޑްވާންޓޭޖަކަށް ވުރެން ބޮޑަށް އޭނާ އަށް ފެންނަނީ ޑިސެޑްވާންޓޭޖް ކަމަށެވެ.
"އީގަލްސް އެންމެ ރަނގަޅަށް ދަންނަ އެކަކީ ނިމާ. ފެށުނުއިރުއްސުރެން ވެސް އީގަލްސް އީގަލްސް އަކަށް ނުވާއިރު ވެސް ނިމާ ހުރި. އަޅުގަނޑަށް ހަނދާން ހުރޭ. ދެން އޭނަ އަކީ އެއްވެސް ގޮތަކަށް ބަލިވާން ބޭނުންވާ މީހެއް ނޫން. 100 ޕަސެންޓް ނޫނީ 200 ޕަސެންޓް ކޮމިޓްމަންޓް ދޭ މީހެއް އީގަލްސް އަށް. ދެން މީގެ އިން އަނެއް އެޑްވާންޓޭޖަކީ މާޒިޔާއާ އެކު އީގަލްސް ނިންމާލާފައި އޭނދީ ވަރަށް ރަނގަޅު ރިޒަލްޓަކާ އެކީ. ޓެކްޓިކަލީ ރަނގަޅު ފުޓްބޯޅައެއް ކުޅެލީ. މިހާރު ކުޅުންތެރިން ވެސް އޭނީ ނިމާ އަށް ހާއްސަ ލޯތްބެއް. ވަރަށް ގިނަ ކުޅުންތެރިން އޭނައާ މެދު ތަފާތުކޮށް ދެކޭ،" ސާންތީ ބުންޏެވެ.
މާޒިޔާއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގެ ތެރެއިން ނިމާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"(ނިމާ އަށް) އަޅުގަނޑު ހުރެގެން ކުރި މަސައްކަތް ފެންނާނެ. މޯހަން ހުރެގެން ކުރި މަސައްކަތް ފެންނާނެ. އަދި އޭނަ (ނިމާ) އަކީ ބީ ލައިސަންސް ކޯޗެއްވީމަ އޭނަގެ މި ތިނެތި އެއްވެގެން އަޅުގަނޑަށް ޑިސެޑްވާންޓޭޖަކަށް ވާނީ މި ވަގުތު ނިމާ އެތާގައި ހުރުން. އެހެން ކޯޗެއް ހުރި ނަމަ އެޑްވާންޓޭޖަކަށްވާނެ،"
ނިމާ ބުނީ އޭނާގެ ނަޒަރުގައި ސާންތީ ކޯޗަކީ ރާއްޖޭގެ އެންމެ ރަނގަޅު އެއް ކޯޗު ކަމަށެވެ. ސާންތީއާ އެކު ގިނަ އަހަރުތަކެއް މަސައްކަތްކުރެވުނު ކަމަށާއި އޭނާގެ ޓްރެއިނިންތަކާއި ޓެކްޓިކްސްތައް ވެސް ރަނގަޅު ކަމަށް ބުންޏެވެ.
ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ސާންތީ ހަވާލުވި ފަހުން ޔުނައިޓެޑް ވިކްޓްރީ ކުޅުނު ހަމައެކަނި މެޗުން އެ ޓީމު ވަނީ 2-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ސާންތީ ބުނީ ޔުނައިޓެޑް ވިކްޓްރީގެ މެޗުތައް ބަލާލިއިރު ޖުމްލަކޮށް ގިނަ މެޗުތަކުގައި ރަނގަޅަށް ކުޅެފައި އެބަހުރި ކަމަށެވެ.
"މިހާރު އުނދަގޫވެގެން މި އުޅެނީ ހަަމަ ތިން ޕޮއިންޓް ނުލިބުން. މޮޅެއްނުވެގެން މި އުޅެނީ. މޮޅެއް އަންނަ ހިސާބުން ތަފާތު ޔޫވީއެއް އެއީ. އަޅުގަނޑުމެން ޓީމަކީ މިހިސާބު އޮންނަންޖެހޭ ޓީމެއް ނޫން. އެކަން ކުޅުންތެރިން ވެސް މެނޭޖްމަންޓް ވެސް އަޅުގަނޑު ވެސް ގަބޫލުކުރަން،" ސާންތީ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުުރުގައި އީގަލްސް އިން ޔުނައިޓެޑް ވިކްޓްރީ ބަލިކުރީ 3-2 އިންނެވެ. ނިމާ ބުނީ އެ މެޗުގައި އީގަލްސް އަށް މޮޅުވެވުނީ ކިރިޔާ ކަމަށާއި އެ މެޗުގައި ދެއްކި ކުޅުން ތަކުރާރުކޮށް މޮޅުވާން މަސައްކަތްކުރާއިރު، އީގަލްސް އަށް އޮތް ހިތްވަރަކީ މާޒިޔާ އަތުން އެންމެ ފަހުން ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ދެއްކި ކުޅުން ކަމަށެވެ.
"އީގަލްސް އިން މާޒިޔާއާ ދެކޮޅަށް ދެއްކި ކުޅުން ތަކުރާރުކުރެވޭތޯ މި ބަލަނީ. އެ އަށް ވުރެން އެޓޭކް ވަރުގަދަކޮށް ކުޅެން. ޔޫވީ އަތުން ކުރިން ވެސް މޮޅުވެވިފައި މީނީ. އެކަން ތަކުރާރުކުރެވޭތޯ ވެސް ބަލަންޖެހޭ،" ނިމާ ބުންޏެވެ.
އަނިޔާގެ މައްސަލަތަކާ ހެދި އީގަލްސްގެ ތައްޔާރީތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ނިމާ ބުންޏެެވެ. އެކަމަކު މެޗުން މޮޅުވެވޭ ވަރަށް ޓީމު ތައްޔާރުކުރެވޭނެ ކަމުގެ އިތުބާރު ބޮޑުވަނީ ކުޅުންތެރިންގެ މެދުގައި އެ އޮތް ރޫހު ރަނގަޅުވުން ކަމަށް ނިމާ ގަބޫލުކުރެ އެވެ.
އަށް ޓީމު ވާދަކުރާ ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ހަތް ވަނައިގައި އޮތް އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ޓީސީ ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.
ބިދޭސީ މޮޅު ކުޅުންތެރިންނެއް މިހާރަކު ނުހޯދޭ: ސާންތީ
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ޔޫވީ ބަލިކޮށް އީގަލްސް އަށް ހިތްހަމަޖެހުމެއް
ޔޫވީގެ ޓާގެޓަކީ ފުރަތަމަ ޑިވިޝަންގައި އޮތުން: ސާންތީ
ސީޒަނުގެ ނިޔަަލަށް ޔޫވީގައި މަޑުކުރަން ސާންތީ ނިންމައިފި
އީގަލްސް ލީގުގައި ފުރަތަމަ މޮޅު ހޯދައިފި
އީގަލްސްގެ ވިސްނުން ރެލިގޭޝަނުން ސަލާމަތްވުމަށް؟!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު